އެމެރިކާގެ ގިނަ އަދަދެއްގެ މުއައްސަސާތަކަށް ”އަންހެން“ މި ލަފްޒު މާނަކޮށްދޭކަށް ނޭނގުނެވެ. އަދި ޚާއްސަކޮށް ”އަންހެނުންގެ ސިއްހަތު“ ފަދަ ދައުލަތުގެ މުހިންމު ސިޔާސަތުތަކާއި ގުޅުވައިގެންވެސް އެބަހުގެ ލަފްޒީ މާނައެއް އަންގައެއް ނުދެވުނެވެ.
ފޮކްސް ނިއުސް ޑިޖިޓަލްއިން އިސްނަގައި، ބައިޑެން ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ)، ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަން، ޑިޕާޓްމަންޓް އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް (އެޗްޔޫޑީ) އަދި ފެޑަރަލް ބިއުރޯ އޮފް ޕްރިޒަންސް ގާތުން ”އަންހެން“ މިލަފްޒު މާނަކޮށްދިނުމަށް އެދިފައިވާއިރު، އެއިން އެއްވެސް މުއައްސަސާއަކުން އެއަށް ޖަވާބެއް ދީފައެއްނުވެއެވެ. އަދި އަންހެނެއްގެ ގޮތުގައި ބަލަނީ ކޮން ސިފަތަކެއް ހުރި ފަރާތްތަކެއް ކަންވެސް ބުނެދީފައި ނުވެއެވެ. މިއިން ކޮންމެ މުއައްސަސާއަކީވެސް އަންހެނުން ކުރިއަރުވާ ބާރުވެރިކުރުމުގެ ވާހަކަތައް ދައްކާ ތަންތަނަށްވީއިރު، ޑީއޯޖޭއިން ވަނީ ޖަވާބެއް ދިނުމަށް ދެކޮޅުހަދާފައެވެ.
އަންހެނެއްކަމަށް ދައުވާކުރާ ކޮންމެ މީހަކީވެސް އަންހެނެއްގެ ގޮތުގައި ދެކޭގޮތަށް އެމެރިކާގެ ގާނޫނުތައް ބަދަލުކުރުމަށް، ޖިންސު ބަދަލުކުރާ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަތާ 3 އަހަރުވެފައިވާއިރު، އަންހެނުންގެ ފާހާނާއަށް ފިރިހެނުން ވަނުމާއި، އަންހެނުންގެ ކުޅިވަރު މުބާރާތްތަކުގެ ފިރިހެނުންނަށް ވާދަކުރުން ވަނީ ހުއްދަކޮށްފައެވެ.
އެންސީއޭއޭ އަންހެނުންގެ ފެތުމުގެ މުބާރާތުގައި ބައިވެރިވި ޖިންސު ބަދަލުކޮށްގެން އުޅޭ ފިރިހެން ފެތުންތެރިއެއް ކަމަށްވާ ލިއާ ތޯމަސްގެ މައްސަލަ މިދިޔަ މަހު ފެންމަތިވުމާއެކު، މިމައްސަލައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. އަންހެނުންގެ މުބާރާތެއްގައި ބައިވެރިވެ ގިނަ އަންހެނުން ބަލިކުރުމަށްފަހު އޭނާވަނީ އެތައް ވަނަތަކެއް ހާސިލުކޮށްފައެވެ. އަދި މިއީ އޭނާގެ އުފަން ޖިންސުކަމުގައިވާ ފިރިހެން ޖިންސުގެ ސަބަބުން އޭނާއަށް ލިބުނު މޮޅުތަކެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ފާއިތުވެދިޔަ ހަފްތާގައި އިންޑެޕެންޑެންޓް ވިމެންސް ވޮއިސް އާއި، އިންޑެޕެންޑެންޓް ވިމެންސް ލޯ ސެންޓަރ، ވިމެންސް ލިބަރޭޝަން ފްރޮންޓް އަދި އިތުރު ވަކީލުން ގުޅިގެން ”ވިމެންސް ބިލް އޮފް ރައިޓްސް“ގެ ނަމުގައި ހާއްސަ ގާނޫނެއް ތަސްދީޤުކުރުމަށް ވަނީ ހުށައަޅާފައެވެ. އެ ބިލުގައި އެދިފައިވަނީ އުފަންވާ ޖިންސަކީ ގާނޫނީ ވަކި ކެޓެގަރީއެއްކަމަށް ކަނޑައަޅާއިދިނުމަށެވެ.
ޖިންސު ބަދަލުކުރުމާއި އެއްކޮޅު ފިކުރެއް އެންމެންގެ މައްޗަށް މަޖުބޫރުކުރުވަން އުޅޭކަމަށް ގޮވައިލާ އެމެރިކާގައި ދިރިއުޅެމުންދާ ކްރިސްޓިއަނުންނާއި މުސްލިމުން ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި މިޝިގަންގެ ސްކޫލެއްގެ މަންޙަޖުގައި ޖިންސުބަދަލުކުރުން ކުރިއަރުވާ ލިޔުންތަކެއް ހިމަނާފައިވާތީ އެކަމާއި ދެކޮޅަށް އެ ސްކޫލުގެ މުސްލިމް ބެލެނިވެރިންތަކެއް މުޒާހަރާވެސް ކޮށްފައިވެއެވެ.
އެމެރިކާގެ މިއަދުގެ ސިޔާސީ މަސްރަހުގައި މި މައްސަލަ ހޫނުވެފައިވާއިރު، އެގައުމުގެ ރިޕަބްލިކަން ޕާޓީއިން ދަނީ ފާޅުގައި އެކަމާ ދެކޮޅު ހަދަމުންނެވެ. އެ ޕާޓީއިން ބުނާގޮތުގައި މިއީ އިންސާނީ އުފެދުމުގެ ހަގީގަތް އޮޅުވައިލާ، ސަރުކާރަށް ފެންނަ ގޮތަކަށް ކަންކަން ބަދަލުކޮށް، މުޖުތަމަޢު ހަލާކުކޮށް ސުންނާފަތިކުރުމަށް ކުރަމުންދާ ވިޔާނުދާ މަސައްކަތެކެވެ.
It’s the movie they really don’t want you to see: #WhatIsAWoman?
— Daily Wire (@realDailyWire) June 2, 2023
Watch the explosive documentary starring @MattWalshBlog FREE on Twitter for 24 hrs. https://t.co/qDi7thCNid
One Response
ދުވަސްކޮޅަކުން ފިރިހެނުން މާނަކޮށްދޭކަށްވެސް ނޭންގޭނެ. އޭގެ ފަހުން މައިން ބަފައިންނާއި ދަރިން މާނަކޮށްދޭކަށްވެސް ނޭންގޭނެ. މިއީ އެމީހުން ބޭނުންވާ ތަރައްގީގެ މަންޒިލް މަގްސޫދު