ރާއްޖެއިން ކޮވިޑު ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑު ޖެހުނު އިތުރު މީހަކު މިިދިޔަ ހަފުތާގައި ވަނީ ނިޔާވެފައެވެ.
އެހެންކަމުން ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 315 އަށް އަރައިފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގައި (މެއި 14 އިން 20 އަށް) އިތުރު 36 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތަފްސީލް:
ގްރޭޓަރ މާލެ ސަރަހައްދުން 18 މީހުން.
މީހުން ދިރިއުޅޭ އެހެނިހެން ރަށްރަށުން 11 މީހުން.
އެހެނިހެން 7 މީހުން.
އެއާއެކު ރާއްޖެއިން މިހާތަނަށް 186,625 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.