ގެއްލިގެން ހޯދަމުންދިޔަ ޢާތިފް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ފެނިއްޖެއެވެ.

މާލެއިން ގެއްލިގެން ހޯދަމުން ދިޔައީ ދ.ކުޑަހުވަދޫ/ދިލްކަޝްވިލާ ޢަލީ ޢާތިފް ސާފީ (30އ) އެވެ.

ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެ, ގެއްލިގެން އާއިލާގެ ފަރާތުން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 15 ވަނަ ދުވަހު ރިޕޯޓުކުރުމުންނެވެ.

އޭނާ ހޯދަމުންދާކަން ފުލުހުންގެ އިދާރާއިން ހާމަކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފުލުހުންގެ އިދާރާއިން މެންދުރުފަހު 13:40 ގައި ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ޢަލީ ޢާތިފް ސާފީ މާލެއިން ފެނިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް