ރައީސް ނަޝީދުއަށް ތާއީދު ކުރާ މެނަބަރުން ހުށަހަޅާ ބިލްތައް ބޭރުކުރާތީ އެޕާޓީގެ މެންބަރުން ރަތަށް

Loading

Facebook
Twitter
WhatsApp


     ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ މެދުގައި އުފެދިފައިވާ ދެފެކްޝަންގެ ޚިޔާލު ތަފާތުވެ ނަޝީދަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ހުށަލަޅާ ބިލްތައް މަޖިލީހުން ބޭރުކުރަމުން ދާތީ އެމްޑީގެ މެންބަރުން އިންތިހާއަށަ ކަންބޮޑުވާކަމަށް ބުނެފިއެވެ.

     ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންވަނީ ދެބައިވެފައެވެ. އެއީ ރައީސް ނަޝީދަށް ތާއީދު ކުރާމެންބަރުންނާއި ރައީސް ޞާލިހަށް ތާއީދު ކުރާ މެންބަރުންނެވެ.

    މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ޒުވާނުން ރަނގަޅުކޮށް ޒުވާނުންނަކީ މުޖުޖުތަމަޢަށް ފައިދާ ކުރަނިވި ބަޔަކަށް ހެދުމަކީ އެމްޑީޕީގެ އަބަދުގެ ވަޢުދެކެވެ. އެހެން ކަމާއިއެކު ދައުރު ނިމުމުގެ ކުރިން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ޒުވާނުންނަށް މިހާރު ދެމުން އަންނަ ފަރުވާގެ ނިޒާމު ބަދަލުކޮށް މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ރަނގަޅު ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި މިފަހަރުވެސް ވަނީ ބަޔާން ކުރެވިފައެވެ.

     ކަން މިހެން ހުރުމާއިއެކު މަސްތުވާ ތަކެއްޗަށް ދެވި ދެވިހިފާފައިވާ ޒުވާނުންނަށް ދެވޭ ފަރުވާގެ ނިޒާމު ބަދަލުކުރުމަށްޓަކައި ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިންބަތްވާ ރައީސް ނަޝީދަށް ތާއީދުކުރާ ފެކްޝަނުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްވެސް ވަނީ އެމަޖިލީހުން ބޭރުކޮށްލާފައެވެ. 

މިބިލް ބަލައިގަތުމަށް 11މެންބަރުން ވޯޓު ދިންއިރު ބިލްބަލައި ނުގަތުމަށް 30 މެންބަރުން ވަނީ ވޯޓުދީފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މުޅި މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދީފައިވާއިރު މެންބަރުން ފައިސާއަށްވިކި މަޖިލީހަށް ހުށަހަޅާ ރަށްޔިތުންނަށް ފައިދާ ކުރަނިވި ބިލްތަށްވެސް އެދަނީ ބޭރުކުރަމުން ކަމުގެ ޝަކުުވާތައް އިތުރުވެއްޖެއެވެ. ވީމާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެއްޕާޓީއަކަށް ދިނުމާއިމެދު ރައްޔިތުން ދެވަނަ ވިސްނުމަކަށް ދާން އެބަޖެހޭކަމަށް ރައްޔަތުންވެސް ބުނަންފަށައިިފިއެވެ. 

އެހެނީ ރައީސްކަމާއި މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ދީގެން ރައްޔަތުންނަށްލިބެމުންދާ ދަތިތައް ދުވަހަކަށްވުރެ ދުވަހަކަށް ބޮޑުވަމުންދާތީއެވެ. 

  

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް