ދައުލަތުގެ ދަރަނި އަތްނުފޯހިސާބަށް ދުއްވާލައިފި

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ހަދާނެގޮތް ހުސްވެ މިހާރު ފިހާތަށް މެދުވެރި ކޮށް ރައްޔިތުންނަށް ކޮތަޅު ވިއްކަން ފެށުމަކީ މިހާތަނަށް ރާއްޖޭގައިދައުލަތް ހިންގަދޭން އުފެއްދި އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާފަދަ ހުތުރުކަން ބޮޑު ޢަމަލެކެވެ.

ރާއްޖޭގެ ރައްޔިތުން ނުހަނު ދަތި ޙާލުގައި އުޅެން ޖެހިފައިވާ މި ދަނޑިވަޅު ރައްޔިތުންނަށް ކޮތަޅުވިއްކައިގެން މިސަރުކާރުން ދައުލަތުގެ ދަރަނި ފިލުވަން އުޅުމަކީ ލަދުުގަންނަން ޖެހޭނެވަރުގެ ޢަމަލެކެވެ. 

ފިހާރައިގެ ބޮސްެގެ އަތުން ދެރުފިޔާ ފިހާރައިން ވިޔާފާރި ކުރަން ދާމީހާގެ އަތުން ވެސް ދެރުފިޔާ ކޮންމެ ކޮތަޅަކުން ސަރުކާރަށް ނަގަން ނިންމެވީ ކޮންފަދަ ދިރާސާއެއް ކޮށްފަބާވައެވެ. މީ ބޮޑުވަރެއް ތާއެވެ. 

ސަރުކާރުން ދައުލަތުގެ މާލިއްޔާއިން ކުރާ އިސްރާފުޚަރަދު ތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ކުރާވައްކަމާއި ކުޑަރަށެއް ފަޅުރަށެއް ބޮޑުރަށެއް ނުބަލާ ތަރައްގީގެ ނަމުގައި ސަރުކާރުގެ ވެރިންގެ ޖީބުތައް ފުރާލާ ރައްޔިތުންގެ ފައިސާ ހަބޭހަށް ޚަރަދުކުރަމުން ގެންދަނީ ލަދެއް ހަޔާތެއްނެތިއޭ ދެންނެވުން ދޮގަކަށް ވާނެތޮއެވެ. 

ރައްޔަތުންގެ މަޖިލިސްގެ ތަޅުމުގައިވެސް މި ޚިޔާނާތާއި ވައްކަމުގެ ވާހަކަތައް ގޮވާއިރުވެސް ފެންނަނީ ރައީސުލް ޖުމްހޫރިއްޔާ އެބުނާ ޚިޔާނާތްގެރިންނާއި ވަގުންނާއި މަސްތުގައި ތިބޭމީހުންގެ ކޯލިޝަނެއް އުފައްދަވާ ދެވަނަ ދައުރެއްގެ ހުވަފެނުގައި އުޅުއްވާ މަންޒަރެވެ. 

ހޭވެސް އަހާލާނެ ފަރާތެއް ނެތެވެ. ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތައް އޮތީ ހޮނުގުގުރީގައި ނިދާފައެވެ. ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމުގެ ނަމުގައި ބޭސްފަރުވާ ކުރަން ބަޖެޓްގައި ހިމެނި ފައިސާކޮޅުންވެސް ކުރަނީ ވައްކަމެވެ. ޢަދުލު އިންޞާފެއް ނެތެވެ. އެެއްޗެއް ބުނެފިމީހަކަށް ބޯންދީފާވެސް ހަމަ ކުފަރަނީ އިސްރާފައި ވައްކަމެވެ. އެހެންނަފަހެ 13 ދުވަހުން 175 މިލިޔަން ރުފިޔާ އާސަންދައިން ގެސްޓްހައުސްގައި ކައުންޓެރެއް ބަހަށްޓައިގެން ތަޅާއެލީ ކިހާނުލަފާ ގޮތެއްނެތީމާތޯއެވެ؟ 

ހަމަ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ. އެނޫންނަމަ މިހުރިހާ ޚިޔާނާތުގެ ވާހަކަތައް ރައްޔަތުން އިސްކޮށްފާތިބޭ މަޖިލިސް މެމްބަރު މަޖިލސްގޭގައި ގޮވަމުންދާއިރު ބީރުކަންފަތެއްދީ ރައީސްމީހާ ހަނުހުރުމަކީ މާތްﷲ ގަންދީ ކޮށްފާހުރި ހުވަޔަށް ގޮންޖެއްސެވުމެވެ. މާތްﷲއީ އަޑުއައްސަވާ ބައްލަވާވޮޑިގެންވާ އިލާހް ކަމާމެދު މިވަގުންތައް މި ޚިޔާނާތްތެރިންތައް ޝައްކުރަނީ ހެއްޔެވެ؟ 

    ދެން އިވޭނީ ދައުލަތުގެ ދަރަނި ފިލުވަން ކިއްލިވިއްކަން ގާނޫނު ފާސް ކުރާ ވާހަކަ ނޫންކަމެއްވެސް ނޭނގެއެވެ. މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ ހަމައިގާ ތޯ ވެސް ބަލަން ޖެހިއްޖެ ނޫން ހެއްޔެވެ. އެހެން މިދެންނެވީ އެމަނިކުފާނަށް ގާނުން ބާރުލިބިގެންކަމަށް ވިދާޅުވެ އުފައްދާ ގިނަގުނަ ވަޒީފާތަކުގައި ތިބޭ މީހުން ދައުލަތުގެ ކުންފުނިތައް އެމީހުން ޒިންމާވާން ނުޖެހޭ ބޭނުންވާހާ ގޮަތަކަށް ހިންގައި ކުންފުނިތައް ދަރުވާލައި ކަޓްނަގަމުން ދާއިރު ޒީރޯޓޮލެރެންސުން ދައުލަތް ހިންގަދެއްވަން ވިދާޅުވި ދޫފުޅު ކޮބައިތޯއެވެ؟ މިގޮތައް ކަންތައް ހިންގީމަ ޒިންމާނަގަން ޖެހޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަޅުގަނޑު ދެކެމެވެ.

މިފަދަ ސުމްޕާ ޢަމަލުތަކާއިހެދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު ”ބޮންޑޭ“ ވަނީ މިސަރުކާރަށް ނަމެއްވެސް ދެއްވާފައެވެ. އެ ނަމަކީ ކޮތަޅު ސަރުކާރެވެ އަދި ޗާގޯސް އާއި މަސްވެރީންގެ އީއީޒެޑް ޒޯންވެސް ވިއްކާލި ސަރުކާރެވެ.

    ދައުލަތުގެ މާލިއްޔާގައި ހުންނަފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމެއް މިސަރުކާރުގެ ވެރިންނަށް އެނގިވަޑައި ނުގަންނަވަނީ ހެއްޔެވެ. ރައްޔިތުންގެ ލޯބޯފިއްސައިގެން އަތްވާއި ވާރޭގައި ކުރާ ބުރަމަސައްކަތުން ހޯދާފައިސާކޮޅު އެކިނަންނަމުގައި ވާރުގެ ގޮތުގައި ނަގަމުންގޮސް ރައްޔިތުން މިވަނީ ބިކަޙާލު ޖައްސާފައެވެ. 

ރައްޔިތުންގެ ތެރޭގައި ތިންއިރު ކެވޭނޭ ފެންވަރުގެ އުޅެނީ މިހާރު މަދުބައެކެވެ. އެހެން އެންމެން ކައިބޮއި އުޅެނީ ދެއިރުއެވެ. އެގޮތުން ދެއިރުވެސް ނުކެވޭ މިންވަރަށް ފަގީރު ޙާލުގައި އުޅޭ ރައްޔިތުން ވަނީހައްތާ އިތުރެވެ. 

މިސަރުކާރަށް ވުރެ ސިޔާސީ މަގާމުތައް ގިނަ އެހެން ސަރުކާރެއް އަދި ވުޖޫދުވެފައެއް ނުވެއެވެ.

އެހެނަސް ވެރިކަން ހޯއްދަވަންވެގެން އުޅުއްވި އިރު އިބޫ ސޯލިޙް ދެއްކެވި ވާހަކަތައް ރާއްޖެ ޓީވީއިން އަޑުއެހީމެވެ. ވަރަށް ފާޑުކިޔުންތައް ރައީސް ޔާމީނުގެ ސަރުކާރަށް ރައްދު ކުރެއްވިއެވެ.

ކޯޑިނޭޓަރުންގެ މައްޗައް ކޯޑިނޭޓަރުން ލައްވައިގެން ރައްޔަތުން ފައިސާ ބޭކާރުގޮތުގައި ތަޅާދުއްވާލާ ކަމުގެ ޝަކުވާތަކެވެ. ސަރުކާރުގެ ބަރުބޮޑުވާހަކަ ތަކެވެ. މިހާރުގެ ޙާލަތު ރައީސް އިބޫ ސޯލިޙްއަށް ނޭގެނީ ރައީސްކަން ލިބުމުން ބޭނުންހާގޮތަކަށް ކަންތައްތައްކުރެވިދާނެ ކަމަށް ވިސްނިވަޑައިގެން ތޯއެވެ. އެޓޯނީ ޖެނެރަލް ޗާގޯސްވިއްކާލަން ލަފާދިން ލޯޔަރުގެ ލަފާފުޅުގެ މަތީންތޯއެވެ؟

މާތްﷲ ގަންދީ ހުވާކޮށްގެ ހުންނަވައި މިފަދައިން ޢަމަލުކުރެއްވުމުން އެވާނީ ދޮގުހުވަޔަކަށެވެ. ދޮގުހުވާ މާތްﷲ ގަންދީ ކުރުމަކީ ކުޑަކަމެއްކަމުގައި ދެކެވަޑައިގަންނަވާކަށް ނުވާނެއެވެ. އަދާލަތުގެ ތިން ޝޭޚުންނަކަށް ގިޔާމަތްދުވަހުން ދޮގުވެރި ރައީސެއް ސަލާމަތްކޮށެއް ނުދެވޭނެއެވެ.

ރައްޔިތުން ބިކަޙާލުގައި ޖެއްސުމަށްފަހު ރައްޔިތުން ކާންބޯން ހުރި މަދު ފައިސާކޮޅުން ވެރިކަމުގެ ދަހިވެތި ކަމުގައި ދެވަނަ ދައުރެއް ހޯދުމަށްޓަކައިއެތައްސަތޭކަ ސިޔާސީމަގާތަށް އުފައްދާ ރާއްޖޭގެ ބޮޑެތި ޢާއިލާތަކަށް އެދަނީ އަދިވެސް ބަހަމުންނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!

ރައްޔިތުން ބިކަހާކުގައި ޖެހިފައިވާ ވާހަކަ އަކީ ސަމާސާ ވާހަކައެއް ނޫނެވެ.

ދުޅަ ހެޔޮ ފުދުންތެރި ރައްޔިތު މީހާ އުފެއްދުމަކީ މިސަރުކާރުގެ ވަޢުދެކެވެ. ނަމަވެސް އެވަޢުދު ފުއްދުމުގެ ބަދަލުގައި ދައުލަތަށް ލިބޭ އާންދަނީއަށް ބެލުމެއްނެތި ފެނިގެންދަނީ ރައްޔިތު މީހާ ނުފޯރާފޮތިން ފޫގަޅުވާލާތަނެވެ. 

އެހެން ކަމުން ފެނިގެންދަނީ ބަލަން ނުކުރޭފަދަ ލަދުގަންޖެހޭ މަންޒަރެކެވެ. ދައުލަތަށް ލިބޭ އާމްދަނީގެ މިންވަރަށް ބާލުމެއް ނެތި ތަރައްގީގެ ނަމުގައި ވައްކަން ކޮށްކޮށް އާންނާން އޮތް ޖީލުތަކާއިހަމައަށް ދައުލަތުގެ ދަރަނި ބޮޑުވެ މިވަނީ އަތްނުފޯރާހިސާބަށް ދަރާވިއްކާލާފައެވެ.

    ރައްޔިތުމީހާއަށް ފުލެޓާއި ގޯތިވެސް ދެނީ ވިޔާފާރި އުޞޫލުންނެވެ. ލިބޭ މުސާރައިން ފުލެޓްކުށްޔާއި އަސާސީ ޚިދުމަތް ތަކުން ނަގާ ފީ ނުދެއްކި ރައްޔިތު މީހާ ދައުލަތަށް ދަރާވިކެނީއެވެ. ކުރާ ބޮޑެތި ވައްކަމާއި ހެދި ދައުލަތުން ރައްޔަތުމީހާއަށް ސަބުސިޑީއެއް ނުދޭ ތާނގައި ބާޒާރުގެ ތަކެތީގެ އަގުވެސް ދަނީ ދުވަހެއް ދުވަހެއް ބޮޑުވަމުންނެވެ.

    ކަރަންޓް ބިލާއި ފެންބިލް ނުދެއްކިގެން އުޅޭ ރައްޔިތުން ވަނީ ހައްތާ ގިނައެވެ. 500 މީހުން ހަމަނުވާ ރަށެއްގައިވެސް ފުރަތަމަ ޒަމީނީ އިންޖީނުގެ ގެއެއް ލޯންނަގައިވެސް އެޅޭތޯބެލުމީ ސީދާ ވައްކަމަށް މަގުފަހިކުރުމެވެ.

އެނޫންނަމަ ފުރަތަމަ ބަލާނީ އެ ރަށަކަށް ބޭނުންވާ ޖެނެރޭޓަރު ފެންވަރު ރަނގަޅުކޮށް ހެޔޮއަގެއްގާ ރައްޔަތުންނަށް ކަރަންޓް ދެވޭނޭ ގޮތެއް ނޫންތޯއެވެ؟ ފުލެޓް ތަކުގެ ކުލިބޮޑުކަމުން މަހުންމަހަށް ކުލިނުދެއްކި ސަލާމްޖަހަނީ ކިތައް މީހުންތޯއެވެ؟

އެހެންކަމުން ކުލިނުދެއްކި ހުރި ދުވަސްތަކުގެ ޖުރިމާނާއާއި އެކު

 ރައްޔިތުމީހާ ވަނީ ސަލާމަތް ނުވާ މިންވަރަށް ދަރުވާލާފައެވެ. ރައްޔިތުމީހާ ޙާލުގައި ޖެއްސޭނީ މިފަދަ މިންވަރަކަށެވެ. 

އަސާސީ ހުރިހާ ޚިދުމަތެއް ރަނގަޅުކޮށްދީ އަތްފޯރާ ފަށުގައި ބެހެއްޓުމަށޭ ކިޔައި ދައުލަތުގެ ކުންފުނިތަކެކޭ ބުނެ ސަރުކާރުން ކުންފުނިތަކެއް ހަދައި އެކުންފުނިތަކުން ނާޖާއިޒް ފައިދާނަގައި އެ އޮންން ސަރުކާރެއް ދެމެހެއްޓުމަށް މިފަދަ ބޮޑެތި ޚިޔާނާތައްވާން ހެޔޮނުވާނެއެވެ. އަދި މިފަދަ ޚިޔާނާތާއި ވައްކަމަށް ކަނުލޮލަކާއި ބީރުކަންފަތެއްދީގެން ދޮގުހަދަހަދާ ގައުމުގެ ރައީސުލް ޖުމްހޫރިއްޔާ ހުންނެވުމަކީ ލައުނަތްލައްވާފަދަ ޢަމަލެކެވެ.

އަސާސީ ޚިދުމަތުގެ ފީއާއި ކުނީގެފީ ނުދެއްކިގެން އުޅޭ އެތަށްހާސް ރައްޔިތުން ތިބިއިރު މިފަދަ ފަގީރުންނަށް ސަބުސިޑީ އެއްވެސް ދިނުމުގެ ވިސްނުމެއްވެސް ނތީއެވެ. ވާނީވެސް އެހެންތާއެވެ. ސަރުކާރާއި ޙަވާލުވެތިބި މީހުންގެ މުހުދާތުތައް ފުރިހަމަވެ ބާކީ އޮތީ 100% ގައުމު ދަރުވާލެވިފައެވެ.

އެހެން ކަމުން އޯގާވެރި ސަރުކާރަކަށް ރައްޔިތުން ކުރި އުންމީދުތައް އެވަނީ ފުނޑު ފުނޑުވެފައެވެ. ކަން މިހެން ހުރުމާއެކު މިފަދަ ރަހުމް ކުޑަ ސަރުކާރަކަށް ރައްޔިތުން ދެވަނަ ފުރުޞަތެއް ދޭނެހެއްޔެވެ؟ ވިސްނާށެވެ! ސަރުކާރަށް ރައްޔިތުމީހާގެ ބޭނުންޖެހޭ ވަގުތު މިއޮއްގެން ތުރަވަނީއެވެ. 9 ސެޕްޓެމްބަރަށްރައްޔިތުން ތިބީ އިންތިޒާރުގައި ވިސްނައިގެނެވެ!

   

Loading

2 Responses

  1. ދައުލަތުން ޖެހުނުގޮތަކަށް އެމީހަކަށް މަންފާ ހޯދުމަށް އަބަދުވެސް ގުރޫޕް ގުރޫޕުން ބައިޢަރު ހިފާނެއެވެ. ކުރީފަހަރުތަކެކޭ އެއްފަދައިންނެވެ. މިމީހުންގެ ބަސްމަގު އެފަހަރެއްގެ އިލެކްޝަން ކާމިޔާބުކުރުމަށްޓަކާ ބަދަލުކޮށްލައެވެ. ދެރައީ ރައްޔަތުމީހާގެ ޖީބު ކަނޑައިގެން އައިސް އެފައިސާއިން ކުޑަމިންވަރެއްދީގެން ވޯޓް ގަނެލެވޭތީއެވެ. ޚިޔާނާތެރި ބޮޑުވަރިހަމަ މެޖޯރެޓީއެއް އޮތްތަނެއްގާ ވެރިކަން ކުރާނީވެސް އެފަދަ ނުބައި މީހުންނެވެ. އެހެނީ މެޖޯރެޓީވޯޓުން މީހަކު ހޮވޭތީއެވެ. އެހެޔޮ ފައިސާދީގެން ބިރުދައްކައިގެން ކުޑަކާފު ބޮޑުކާފު ޖަހައިގެން ވިޔަސް.

  2. ދަތި އުނދަގޫ އުފުލަނީ ރައްޔިތުންނެވެ. އެ ރައްޔިތުން ތިބީ ވަރިހަމައިގައެވެ. ހިނގަމުންދާ ކަންތަކާ ދޭތެރޭ ވިސްނާކަށް ބޭނުމެއްވެސް ނުވާކަހަލައެވެ. މަގުމަތިން ދިމާވާ ބައެއް ރައްޓެހިންނާ ސުވާލު ކޮށްލީމާ ލިބޭ ޖަވާބަކީ އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ ؟ ސަރުކާރުން ކުރާ ކަންތަކަށް ފާޑުކިޔަސް އެއްވެސް ކަމެއް ރަނގަޅުގޮތަކަށް ބަދަލެއް ނުވާނެއެވެ. ބަދަލު ކުރަންވީ މި ވިސްނުމެވެ. އަހަރެމެން ބޭނުންވާގޮތަށް ނޫނީ މި ދައުލަތް ހިންގުމުގެ ފުރުސަތު ހަމަ އެކަކަށްވެސް ނުލިބޭނެއެވެ. ފާޅު ކުރަންވީ މި ޝުއޫރެވެ. އަޅުގަނޑުމެންގެ ހާނދާނަށް ގެންނަންވީ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދަ ބޭފުޅުންގެ ޖިހާދެވެ. އޭރުވެސް ގިނަ ރައްޔިތުން ތިބީ ސަރުކާރުދެކެ ބިރުންނެވެ. ހައެއްކަ ފަހުލަވާނުންނާއެކު ކުރި ޖިހާދުން ބޮޑުތަކުރުފާނު ދިވެހިންނަށް ދިވެހި ގައުމު އަނބުރާ ހޯއްދަވާ ދެއްވީއެވެ. ދޮންބަންޑާރައިން ކުރެއްވި ކަމަކީ ނިދާފާތިބި ހޮޅިންނަށް ގަނޑި އޮޅުވާލީއެެވެ. ދިވެހިންވެސް މިފަހަރު ރައްޔިތުން ބޭނުންވާގޮތަކަށް ވޯޓު އޮޅުވާލާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް