މާލޭގެ މަގުތަކުގަި ފެންބޮޑުވިޔަ ނުދިނުމަށް ކުރާމަސައްކަތުގެ ނަތީޖާ  ޒީރޯ

Loading

Facebook
Twitter
WhatsApp

މާލޭގެ ބައެއް ސަރަޙައްދު ތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަކީ 1965 ވަނައަހަރުންފެށިގެން އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވުނު ކަމެކެވެ.

     މާލޭގެ ޒަމާންވީ މުސްކުޅިއަކު ބުންޏެވެ. އަހުރެމެން ހޭލީއްސުރެ މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ ގިނަ ސަރަޙައްދު ތަކުގައި ފެންބޮޑުވެއެވެ.

    ކަން މިހެން ހުރުމާއި އެކު ފޮނިކަނޑާފަ އަންނަ ކޮންމެސަރުކާރަކުން ވެސް މިކަން ޙައްލުކުރާނެ ކަމަށްބުނެއެވެ. އެކަމަށް ބޭނުން ނުވާވަރުގެ ބޮޑު ބަޖެޓެއް ހޯދައެވެ. ނަމަވެސް ސަރުކާރުތައް ބަދަލުވެ ދަނީ މިކަން ހައްލު ނުކޮށެވެ. 

އެހެން ކަމުން މާލޭގެ ބައެއް ސަރަޙައްދު ތަކުގެ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުން ވަމުން އަންނަކަން ފާހަގަކުރެވެއެވެ. އިހަށްދުވަހުގެ ފެންބޮޑުވުމުން ކުރީހުރިހާ ފަހަރަކަށްވުރެ ބޮޑަށް ރައްޔަތުންނަށް ގެއްލުން ދީފިއެވެ.

     އަހުރެން ގަބޫލު ކުރާގޮތުގައި މާލޭގެ ސަރަޙައްދު ތަކުގައި ފެން ބޮޑުނުވާނެ ގޮތެއް އޮންނާނެއެވެ.

     ކަން މިހެން ހުރިނަމަވެސް ބުނެވެން އޮތީ ރައްޔިތުންނަށް އިޚުލާސްތެރި ވެރިޔަކު މިގައުމަށް އުފަން ވެފައި ނުވުމުގެ ސަބަބުން ވާރޭކޮޅެއް ވެހިލާރަށް ފެންބޮޑުވުން އެވަނީ އަދި މިހާރުވެސް އިހު އޮތް ގޮތަށެވެ. 

     ވެހިކަލް ތަކުން ފުރި ބާރު ވެފައިވާ މާލޭއާއި މާލެހިމެނޭ ސަރަޙައްދު ގެ މަގުތަކުގައި ފެންބޮޑު ނުވާނޭ ފަދަ މެކެނިޒަމެއް އެކުލަވާ ލަން އެއްވެސް ސަރުކާރަކަށް އެނގުނުކަމަކަށް ނުވިއެވެ. ނޫން ނަމަ އެނގޭ ކަމަކަށް ނުހަދަނީއެވެ.

    މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރުނަސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ވިއްސާރައެއް ކުރަންޏާ މެޓްރިޕޯޓަށް ބެލުމަށްފަހު އެމްއެންޑީއެފް ގެ ބޭކަލުން މަގުތަކުގައި ޕަންޕު ބަހައްޓައިގެން ތިބެންވީކަހަލައެވެ. 

ފެން ހިންދާ ލެވޭނެ އެހެން ގޮތެއް ސަރުކާރަށް ހޯދިފައެއް ނެތެވެ.

   ހަމަ ވާރޭކޮޅެއް ވެހިލާއިރަށް ޚާއްސަކޮށް މާލޭގައި ފެންބޮޑުވެ ގޭގެޔަށާއި ފިހާރަތަކަށް ގެން ވަދެ ބޮޑެތި ގެއްލުން ލިބެމުން ދަނީއެވެ. ހަމަ ކުރިއެކޭވެސް އެއްގޮތަށް ދެން އެޖެހުނީ އެމްއެންޑީއެފްގެ ބޭކަލުންތައް ޕަމްޕުތައް ހިފައިގެން މަގުތަކަށް ނެރޭށެވެ. ކަމެއްކުރާއިރު އެކަމެއްގެ މާހިރުންގެ އެޑްވައިޒް ހޯދައިގެން އަދި މަސައްކަތް ކުރެވޭގޮތް ރަނގަޅުތޯ ސްޕަވައިޒް ކުރެވިގެން މަގުތައްވެސް ހެދޭނަމަ މިފަދަ ކުޑަކުޑަ ސިޓީއެއްގެ މަގުތަކުގައި އަބަދު ފަތާކަށް ނުޖެހުނީސްކަން ޔަގީނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް