މީހުން ޓްރެފިކް ކުރުމުގެ ތުހުމަތުގައި މިދިޔަ މާޗުމަހުގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ ދަމަހައްޓަވައިފިއެވެ.
އުމުރުން 20 އަހަރުގެ ވެންކަޓަރަމަނާ ޕައްލާ ހައްޔަރުކުރީ މިދިޔަ މާޗުމަހުގެ 16 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިނީ 15 ދުވަހެވެ.
ހެންވޭރު ސަލީމް ގެސްޓުހައުސްގައި އުޅެމުން ވެންކަޓަރަމަނާގެ މައްޗަށް ފުލުހުން ކުރަނީ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމުވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މީހުން ޓްެރެފިކް ކުރުން ނުވަތަ ޓްރެފިކް ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ.
މި ކުށުގެ އަމަލުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާނެ ކަމަށް ބެލެވޭ ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.
ވެންކަޓަރަމަނާގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން އިއްޔެ ވަނީ އޭނާ ކޯޓަށް ހާޒިރުކޮށްފައެވެ.
ވެންކަޓަރަމަނާއަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއްކަމަށްވާތީއާއި, މި މައްސަލައަކީ ޖިނާއީ ބޮޑު ކުށެއް ކަމަށްވާތީއާއި, އޭނާ ބަންދުން ދޫކޮށްލައިފިނަމަ ފިލުމުގެ އިހުތިމާލާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ އިހުތިމާލު އޮތް ކަމަށް ބެލެވޭތީ ކޯޓުން އަމުރު ކުރެއްވީ އިތުރު 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.