އަންނަ ރިޔާަސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެމްޑީީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން މިރޭ ޖުމްހޫރީ ޕާޓީއާ ބައްދަލު ކުރުމަށް ނިންމައިފިއެވެ.
ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެެރިވެވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް އެމްޑީޕީގެ ފަރާތުން އޭނާއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މިރޭ ޖޭޕީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ޖޭޕީއާއެކު ބާއްވާ މި ބައްދަލުވުން އޮންނާނީ މިރޭ 21:30 ގައި މާފަންނު ކުނޫޒުގައެވެ.
ރައީސް ނަޝީދާއި އެމަނިކުފާކުގެ ފެކްޝަނުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މީގެ ކުރިން ވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙްމަދާއެކު ވެސް ބައްދަލުވުމެއް ބާއްވަވައިފައެވެ. އެކަމަކު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމެއް ހާމަކުރައްވައިފައެއް ނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމާއެކު ނަޝީދު ގެންދަވަނީ “ފިކުރެއްގެ ދިރުން“ ގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވައި ރައީސް ޞާލިޙާ ދެކޮޅަށް ކެމްޕޭން ކުރައްވަމުންނެވެ.
ރައީސް ނަޝީދުގެ އަމާޒަކީ “ފިކުރެއްގެ ދިރުން“ ފެކްޝަނަށް 50,000 މެންބަރުން ހަމަކުރެއްވުމެވެ. ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރައްވާ ކެންޑިޑޭޓެއް ހާމަކުރައްވާނީ ފަހުން ކަމަށް ވިދާޅުވެފައިވެއެވެ.
ފޮޓޯ: ވަން އޮންލައިން
3 Responses
Laadheenee fikuruge baigande thiyaee. thiya baigandugai nethey sahalu ekathi ves
ރައީސް ނަޝީދު ފެކްޝަނުގައި މިތިބެނީ މުޅިންވެސް ހިނދުކޮޅެއް އަމުރު ކަހަލަ ހިނދުކޮޅެއް އަންނަ މީހުންނެވެ..
Laa dhee nee fikuru ge bai gande thiya ee thiya bai gandu nethey sahalu ekathi ves