މުސާރައިގެފައިސާ ހޯދާނެގޮތެއް ވިސްނާފައެއް ނެތް

Loading

Facebook
Twitter
WhatsApp

ސިވިލްސާވިސްގެ ބައެއް މުވައްޒަފުންނަށް ސަރުކާރުން ބޮޑުކޮށްދިން މުސާރައިގެ ފައިސާ ދައުލަތަށް ހޯދާނެ ގޮތެއް ވިސްނާ ވަޑައިގެންފައި ނުވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.އެހެނަސް  މިނިސްޓަރު ވިދާޅުވީ ބޮޑުކުރެއްވި މުސާރަ ދެއްވަނީ ބަޖެޓްގައި ހިމަނައިގެން ކަމަށެވެ.

     މިއަހުރު ނިމޭއިރު ބޮޑުކޮށްދެއްވި މުސާރަ 375 މިލިއަނަށް އަރާނެއެވެ. މިފައިސާ އަކީ ކިހިނެއް ހޯދަން ބަޖެޓަށް އިތުރުކުރި ފައިސާއެއްކަމެއް ވިދާޅެއް ނުވެވުނެވެ.ބަޖެޓްގައި ހިމަނައިގެން ކުރާޚަރަދަކީ އެފައިސާ ދައުލަތުގެ އާމްދަނީގެ ތެރެއަށް ވަންނާނެ މަގެއް ހޯދަން ނުޖެހޭ ފައިސާކަމަށްވެސް ވެދާނެތާއެވެ. 

މިހާރު މާލިއްޔަތުގެ ގާނޫނަށްވެސް ޢަމަލު ނުކޮށް ދައުލަތް ހިންގާދުވަސްވަރަކަށް ވުމުން މިފަދަ ކަންތައްތަކަކީ ފިނޭންސް މިނިސްޓަރ ޖަވާބުދާރި ވާންޖެހޭކަންތައްކަމުގައި ނުދެކެވެނީ ކަމަށް ބެލެވެއެވެ.

      ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިހާރުވެސް އެދަނީ ރައްޔިތުން އަތުން ނަގާ ވާރުތައް އިތުރު ކުރަމުންނެވެ. އެހެންވީމާ އޭގެ ތެރެއިން އަދިވެސް ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރަ އިތުރަށް ބޮޑުކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވަނީ ކަމަށް ބެލެވެއެވެ.

    ރާއީސް ޕޯޑިއަމަކަށް އަރާވަޑައިގެން މުސާރަބޮޑުކޮށް ދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ މާނައަކީ އެކަމެއް ކުރެވޭ މިންވަރަށް ދައުލަތުގެ ތަނަވަސްކަން ހުންނާންވާނެ ކަމަށް ގަބޫލުކުރެވެއެވެ. އެހެންނޫނީ އެފަދަ ޢިއުލާން ކުރެއްވުންތަކަކީ ވަގުތީގޮތުން ބަޔަކު އުފާކޮށްލުމަށް ވިދާޅުވާ ހޮޅިވާހަކަތަކެއް ކަމުގައި ބެލެވޭނެ ޗާންސް ބޮޑެވެ. އެހެނީ ދައުލަތުން ޚަރަދެއްކުރެވޭނީ ދައުލަތައް ވަންނަ ޢާމްދަނީއަކުން ކަމަށްވާތީއެވެ.

  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް