މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އެކުގައި މަސައްކަތް ކޮށްދެއްވުމަށް ރައީސް ސޯލިޙުގެ އެދިވަޑައިގެން އާދޭސްފުޅު ކުރައްވާތީ ކޯލިޝަން ހެދިދާނެ ފޮމިއުލާއެއް އޮތްތޯ އަދިވެސް ބައްލަވަން ކުރީގެ ރައީސް މައުމޫނު މާދަމާގެ ވަގުތެއްގައި ރައީސް ސޯލިޙްއާއި ބަދައްލު ކުރަންވާނެކަމަށް އެމް.އާރ.އެމް އިން ބުނެފިއެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާގެ ސޯލިޙް ފެކްޝަންއާއި ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެ ޕާޓީގެ ރިޔާަސީ ކެންޑިޑޭޓް ރައީސް ޞާލިޙް ވަނީ އެމްއާރްއެމްއަށް ސިޓީއެއް ފޮނުއްވައި އެތަކެއް ފަހަރަކު ގުޅުއްވާފައެވެ. ނަމަވެސް ރައީސް މައުމޫނު ރާއްޖެއިން ބޭރުގައި ހުންނެވުމުން ޕާސަނަލީ ބައްދަލުނުކުރެވި ލަސްވީކަމަށެެވެ.
އެ ސިޓީއާ ގުޅިގެން ޕާޓީއިން ކުރިން ބުނެފައިވަނީ އިއްތިހާދު ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ފާއިތުވެދިޔަ އަހަރުތަކުގައި އެ ޕާޓީއަށް ކުރެވުނު ތަޖުރިބާތަކާއި މެދު އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާމެދު މަޝްވަރާކުރުމަށް ރައީސް ޞާލިޙާ ބައްދަލު ކުރަން އެ ޕާޓީން ވެސް ބޭނުންވާ ކަމަށެވެ.
ދެ މަސްދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މި މަހުގެ 15 ދުވަހު ރައީސް މައުމޫން ވަނީ ރާއްޖެ ވަޑައިގެންފައެވެ. ފެބްރުއަރީ އެކެއްގެ ޙުކުން ފަރުމާކުރެވި ތަންފީޒް ކުރެވުނީވެސް ރައީސް މައުމޫނު ދެމަސްދުވަހަށްވުރެ ގިނައިން ރާއްޖެއިން ބޭރުގައި ހުންވާފައި މާލެވަޑައިގެންތާ މަދު ދުވަސްކޮޅަކުން ކަމުގައި ފާހަގަކޮށްލެވުނެވެ.

ޕާޓީގެ ކުރީސަފުގެ މެމްބަރެއް ބުނިގޮތުގައި ޕާޓީން ބޭނުންވަނީ ރައީސް މައުމޫނުގެ ދަރިފުޅު ފާތިޝް މައުމޫނު ޓެސްޓްކޮށްލުމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ނެރުމަށެވެ. އެހެނީ ރައީސް މައުމޫނުގެ ސަޕޯޓަރުން ފާރިޝްއަށް ވޯޓް ދޭނެތީކަމަށް އޭނާ ބުންޏެވެ
3 Responses
4 ޕާޓީގައި 4 ދަރީން. މައުމޫނަށް ދެރަވާނެ އެއްގޮތެއްވެސް ނެތް.
އަސްލުވެސް މައުމޫނަށް ދެރަގޮތެއް ނުވާގޮތަށް ވިސްނުންތެރިކަމާއި އެކު އެވަނީ ކުޅުއްވާފައެވެ.
4 ކުދިން 4 ޕާޓީގައެވެ.
ގާސިމަކީ އެގޭގައި ގެންގުޅެ ބޮޑުކުރި ކުއްޖެކެވެ. އަދި އިލްޔާސް އިބރާހިމްގެ ބިޒިނަސް ޕާޓްނަރު މެއެވެ.
ތިބުނީ ދެމަސްދުވަހު ބޭރުގައި ހުންނަވައިފިނަމަ ކޮންމެވެސް ބޮޑުކަމެއްފައިނަލް ކުރައްވާނޭދޯ. 1 ފެބްރުއަރީ ސްޕްރިން ކޯޓުން ޔާމިން އިންދާލުމުގެ މުގުލަކި މައުމޫނުއެވެ. ފަންޑުކުރީ ގާސިމާއި އޭނާގެ ބައިވެރީންކަން ވަނީ އެނގިފަ އެވެ. ވީމާ މިމީހުން ދެންވެސް ކުޅެފާނެ މުޑުދާރު ކުޅިއަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ :