ސްޓިކާ ނުޖެހުންވެސް އެއީ ޙައްލެއްނޫން

Loading

Facebook
Twitter
WhatsApp

ގޯޅިގޯޅީގެ ކަންމަތީގައި ކާރާވޭން ޕާކުކުރުމުގެ ސަބަބުން  ނުރައްކާތެރި އެކްސީޑެންޓް ހިނގުމުގެ ފުރުޞަތު  ވަރަށްބޮޑެވެ. ފަރުދީ ޒިންމާ ނަގަން ދަސްކުރާނީ ކޮންމެވެސް ވަރެއްގެ ގެއްލުމެއް އެމީހާވެސް ތަޙައްމަލު ކުރަން ދަސްކޮށްދީގެނެވެ. 

 ހުޅުމާލެއަކީ އާބާދީބޮޑު ގިނަޢަދަދެއްގެ ވެހިކަލް ހަމައެއް ލަމައެއްނެތި އެޖެހުނުތަނެއްގައި ޕާކުކުރަމުންއަންނަ ތަނަކަށް ވެއްޖެއެވެ. ބައިސްލް ޕާކިންގައި ދިހަބާރަ ދުވަސްވަންދެން ކާރުތަކެއް ޕާކު ކޮށްފައި ހުންނަތަން އެބަފެނެއެވެ.

އެހެނަސް މިކަންކަން ފެންނަން ޖެހޭ މުސާރަދީފާ ތިބޭ ބަޔަކަށް މިތަންތަން ފެންނަ ކަމަކަށް ނުވެއެވެ.  

އަޅާލާނެ ބަޔަކު ނެތި މާލޭގައި ވީހެން އެމީހަކާއި އެމީހަކު އުޅެން ދޫކޮށްލެވިފާވުމުން ވެހިކަލް ދުއްވާ ފަރާތްތަކުންވެސް ގާނޫނާއި ގަވާޢިދު ތަންފީޒު ކުރުމުގެ އެއްވެސް ވިސްނުމެއް ނުހުރެއެވެ.

ހުޅުމާލޭގައި ވެހިކަލް ދުއްވާ ބައެއްމީހުންގެ މި ނުރައްކާތެރި ޢަމަލުގެ ސަބަބުން ނުރައްކާތެރި އެތަކެއް އެކްސިޑެންޓް ހިނގަން މެދުވެރި ވެފާވެސް ވެއެވެ. ޚާއްޞަކޮށް ޓެކްސީސެންޓަރުތައް ހިމެނޭ ސަރަޙައްދު ތަކުގައި ޕާކުކުރުމުގެ ހަމައެއް ލަމައެއް ހަމަ އެއްގޮތަކަށްވެސް ނެތީއެވެ.

     ރައްޔިތުން ކާންބޯންދީ ޔުނީފޯމާއި ކާރާއި ސައިކަލްދީ ބޮޑެތި ޚަރަދު ކޮށްގެން މިކަންކަން ބަލަހައްޓަން ގާނޫތަކުން މަތިކޮށްފައިވާ ފަރާތްތަކުން ވާޖިބު އަދާކުރާ ތަނެެއް ނުފެނެއެވެ. ޙަވާލުކޮށްފައިވާ ވަޒީފާ ޒިންމާދާރުކޮށް ކުރޭތޯ ބެލޭނެ ސިސްޓަމެއް ނެތްކަން ވަރަށް ރަނގަޅަށް އެބެއެނގެއެވެ.

ހުޅުމާލެ ޕްލޭން ކުރެވިފައިވަނީ އެއްމަގުން އަނެެއްމަގަށް އަޅަން އަންނަވެހިކަލް އެކްސިޑެންޓް ނުވެ ލަނބާލެވޭގޮތަށް މަގުތަކުގެ ކަންމަތި ފެންނަގޮތަށެވެ. އެހެނަސް ގޯޅިގޯޅި ކަންމަތީގައި ވެހިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ގޯޅިއަޅަން އަންނަވެހިކަލަށް އެނެއްމަގުން ގޯޅިއަޅަން އަންނަ ވެހިކަލް ނުފެނި އެކްސިޑެންޓް ވާތަން އެބަފެނެއެވެ.

ކިތަންމެ ރަގަޅަށް ޕްލޭންކޮށް ރައްކާތެރިކުރަން ބަޔަކު ކިތަންމެ ވަރަކަށް އުޅުނަސް ވެހިކަލް ދުއްވާމީހުންގެ ކިބައިގާ އެސިފަ އަށަގެންފައި ނުވުމުގެ ސަބަބުން ހުރިހާގެއްލުމެއް ތަޙަންމަލް ކުރަންޖެހިފައި އެވަނީ ރައްޔިތުމީހާއެވެ.

     ޓްރެފިކް ފުލުހުންގެ މަސައްކަތަކީ ހަވީރު ފިންޏަށް ސައިކަލް ދުއްވާ ދެޖިންސްގެ ޒުވާނުން ހިފަހައްޓާ ރުޅިއެރުވުމެވެ. ގާނޫނާއި ގަވާޢިދަކީ ހަމައެކަނި ފޮތުގައި ކަޅާހުދުން ލިޔެފައިއޮންނަ ބޭކާރު އެއްޗެއްކަމަށް އެފަރާތްތަކުގެ ޢަމަލުން ސާބިތުކޮށްދެއެވެ. ދެން އެހެން އުޅިފާ އެއްދުވަހަކު ހަބޭހަށް ސްޓީކާ ޖަހާލަފާނެއެވެ. އެދެން ޙައްލެއްވެސް ނޫނެވެ. މީހުން ކުށައް އަރައިގަތަ ނުދިނުމަށް ސަރުކާރުން ދަސްކޮށްދީ ޒިންމާދާރު ކުރުވަން ޖެހޭނެއެވެ.

    ޓްރެފިކްޕޮލިހުންގެވެސް އެއްވެސް ކޮލިޓީ އެއްނެތެވެ. މަގުތަކުގައި ދެދަޅައަށް ބަރާބަރާބަރައް ދުއްވައެވެ. އެހެނަސް މިދެންނެވިފަދަ ތަންތަން އެބޭފުޅުންނަށް ފެންނަކަމަކަށް ނުވެއެވެ. ފެނުނަސް ފެންނާނީ ކުރިން ދެންނެވިހެނެވެ.

ވީމާ ސްޓިކާ ނުޖެހުމަކީވެސް ޙައްލެއް ނޫނެވެ. ހަމަ އެހެންމެ ރައްޔަތުމީހާ ގަވާއިދަށް އަހުލުވެރިކުރުމަށް ކޮންޓިނިއުސްކޮށް މަގުދައްކުވަން ޖެހޭނެވެސް މެއެވެ.

  

Loading

One Response

  1. ޓްރެފިކްގެ ގަވައިދާ ޚިލާފްވުމުން އަދަބު ލިބެންޖެހޭނެއެވެ. ޖުރިމަނާކުރިއަސް ޖަލަށްލިއަސް ގާނޫނުގައި އޮންނަ އަދަބެއް ލިބެންޖެހޭނެއެވެ. އެކަމަކު އޭގެކުރިން ޕާކު ކުރެވޭނެ ތަންނަނާއި ނުކުރެވޭނެ ތަންތަން އެނގެންޖެހޭނެއެވެ. ހުރިހާ މަގެއްގައި ޕާކު ނުކުރެވޭގޮތަށް ދެރޮނގުދަމާފައި ރޮނގު ނުދަމާހުރިތަންތަނަކީ ޒޯންބޭރު ކަމަށް ކަނޑައަޅާފައި ޖުރިމަނާކުރުމަކީވެސް ހައްލެއްނޫނެވެ. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސާދޭން ޖެހޭނެއެވެ. އަގުނަގާފައިވިޔަސް އަގުނުނަގާ ވިޔަސް ވަރިހަމައެވެ. ރައްޔިތުންގެ ތެރެއިން ހަމައެކަނި ވަކިބަޔަކަށް ޕާކިން ހަމަޖައްސާދިނުމަކުން ނުފުދެއެވެ. ހަމައެފަދައިން ކޮންމެ އިމާރާތެއްގެ ތިރި ޕާކިންއަށް ޚާއްސަކުރަން ބުނުމަކުންވެސް ނުފުދެއެވެ. އެ ދުވަސް މިހާރު ފާއިތުވެގެން ހިނގައްޖެއެވެ. ހަމައެކަނި ކަމާބެހޭ ދާއިރާތަކުނެ އިސް ބޭފުޅުންގެ ވިސްނުމާއެއްގޮތަށް ޕާކިންގެ ކަންތައް ނިންމާލުމަށްވުރެން ކަމުވޮށިގެންވާ ރައްޔިތުންނާވެސް ވާހަކަދައްކައިގެން ގޮތެއް ނިންމީމާ ޝަކުވާކުރާނެ ޖާގަވެސް ކުޑަވާނެއެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް