ކަނޑުގައި ދާ އަޅައި ފުރާނާލައިފި, މަމެންގެ ބިންތައް ވިއްކާލައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އިޤްތިސާދު އެކުގައިހެން މިވަނީ ފެއިލްވެފައެވެ. ކަނޑު އެވަނީ ދާ އަޅައި ފުރާނައިލާފައެވެ. ދިވެހީންގެ ބިންތައް ދަނީ ވިއްކައި ހުސްކުރަމުންނެވެ.

އެންމެނަށްވެސް އެނގޭ ޙަގީގަތަކީ ގުދުރަތީ ގޮތުން ބަލާނަމަ، މަސްވެރިކަމުގެ ސިނާއަތަކީ ދިވެހީންގެ އެންމެ ބޮޑު ސިނާޢަތުކަމެވެ. އެ ގޮވާހެން ކަނޑުވެސް ހަމަފެލާލައިފިއެވެ.

ރައްޔިތުންގެ ޖީބުގެ ފޫ ކަނޑާލައި އެމްޑީޕީގެ މި ސަރުކާރުން ވަނީ ގިތެލެއް އޮބި އެޅިހެން މަމެން އޮބިއަޅާ ފެލާލައިފައެވެ. ހިންމަފުށީގައި ކޮލެޓީ ސީފުޑް ޔެލޯފިން ޓޫނާ މަސް ފެކްޓްރީ ބަންދުކޮށްފިކަން އެ މީހުންނަށް އެނގެއެވެ. އެންސިސްއިން މަސް ގަންނަ މިންވަރު ދަށްކޮށްފިއެވެ. 

މަސް ބަންދުކުރާ ބާޖުތަކުން މަސްގަންނަ މިންވަރު ދަށްކޮށްފިއެވެ. މުވައްޒަފުންމަދުކުރަން ފަށައިފިއެވެ. ކުރުކޮށް ބުނާނަމަ މަސް އެކްސްޕޯޓް ކުރުންވެސްމިވަނީ ފެއިލްވެފައެވެ. ނުވަތަ އެނގިތިބެ ފެލާލައިފައެވެ. ޔައުނީ ފެއިލްކޮށްލާފައެވެ. މިހެންވުމުން ދިވެހިންނަށް ވަނީ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

މިހެން ދިމާވާން ޖެހުނު ސަބަބަށް ބަލާލަން ޖެހޭތާއެވެ؟ އެހެނީ ކަންކަން ކުރެވިފައިވާ ގޮތްތަކައް ބަލައި އެނގުމަކީ ލިބޭ ހެޔޮ ފުރުސަތެއްގައި ކަމެއް ރަނގަޅު ކޮށްލަން ލިބޭ ފިލާވަޅަކަށް ހަމަ ޔަގީނުން ވެސް ވެދާނެތީއެވެ.

އެމްޑީޕީގެ މިއުފެދުނު ސަރުކާރާއި، ހައްދު ފަހަނައަޅައިފާވާ އިންޑިއާގެ ބީޖޭޕީ ސަރުކާރާއި ދެމެދު ވެފައިވާ ގޮތްނޭނގޭ ގިނަ އެއްބަސްވުމުގެ ތެރެއިން (ކޯސްޓްގާޑް) އެއްބަސްމުގައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު، 50 އަހަރުގެ މުއްދަތަށް ބެލެހެއްޓުން (ރާއްޖޭގެ އިރުމައްޗާއި، ސީޝެލް ވީފަރާތާއި، ޗާގޯސްއާ އަތޮޅު ވީ ފަޅިއާއި) ހަމައަށް އިންޑިއާގެ (ކޯސްޓްގާޑް) ބެލުމުގެ ދަށަށްދޫކޮށްލީއެވެ. މި ދޫކޮށްލުމާއި ގުޅިގެން، އިންޑިއާގެ ގިނަ އަދަދެއްގެ މަސްވެރިން، ދިވެހީންގެ ކަނޑުތަކުގައި ދާއަޅައި ފުރާނާލައިގެން މަސްތައް ނަގަނީއެވެ.

މިއީ ދިވެހި މަސްވެރީން ލޮލުންދެކެ އަތުން ހިފައި އަދި މި ސަރުކާރަށް ތަކުރާރުކޮށް ކުރަމުންގެންދާ ޝަކުވާއެކެވެ. މި ގޮތަށް މަސްނަގައި އިންޑިއާއިން ގިނައަދަދެއްގެ މަސް ޔޫރަޕްގެ މާކެޓަށް ބޭރުކުރަން ފެށުމުގެ ސަބަބުން، ޔޫރަޕް މާކެޓުގައި މަހުގެ އަގު ވެއްޓުން ހިމެނެއެވެ.

ރާއްޖެއިން ޔޫރަޕަށް މަސްގަންނަ އަގަށް ވުރެ މިހާރު ޔޫރަޕްގެ މާކެޓުން ލިބޭ އަގު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ރާއްޖޭގައި ދޮށިންނާއި ކަންވާރުން (އަތުން ދަމާ) މަސް ބާނާއިގެން ޔޫރަޕަށް މަސް ބޭރުކުރުން ދަތި އުނދަގޫ ފޫނުބެދޭ ކަމަކަށްވާން ފެށުމުގެ ނަތީޖާއަށްވާނީ މަހުގެ އަގު ދަށަށް ދިއުމެވެ. އެހެން ނުވާނީ ކީއްވެގެންތޯއެވެ؟

ރާއްޖެއަށް އެއްދުވަހު ދިވެހި މަސްވެރީން ބާނާ މަސް އިންޑިއާގެ އެއްމެ ވަގު ބޯޓަކުން ދާއަޅައިގެން އެދަނީ ނަގަމުންނެވެ. އިންޑިއާގެ ބޯޓުފަހަރު ރާއްޖޭގެ ގޮނޑުދޮށުން ފެށިގެން 7 މޭލާ ހިސާބައްވެސް ކައިރި ކުރެއެވެ. 

އެމީހުން ވަނީ މިކަމުގައި އެމްޑީޕީ ބަހުރުވައިންނަމަ “ބިރު ފަހަނައަޅައި“ ގޮސްފައެވެ. އެހެންނުވާންވީ ކިއްވެގެންތޯއެވެ؟ ދައުލަތް ހިންގުމާއި ޙަވާލުވެތިބި އިންޑިޔާގެ ޕަޕެޓު މި ސަރުކާރަށް ފެންނަ ލޮލެއް، އަޅާލާނެ މީހެއް ނެތުމުން ދެން ކަންތައްވާނެ ގޮތަށް މިދަނީ ވަމުންނެވެ. 

ރާއްޖޭގެ ކޯސްޓްގާޑަކަށް އަޅައިލެވޭކަށް ނެތެވެ. އެމީހުންނަށްވެސް ވަނީ އެ ސިއްރު އެގްރީމެންޓުތަކާއި ހުރެ މަތިން ތިރިއަށް އަންނަ ހޫނު އަމުރުތަކުގެ ސަބަބުން ކަނު ބީރު މަންމަން ބަޔަކަށްވެގެން އަނބިދަރީންގެ ޙާލާއިމެދު ވިސްނައި ވަޒީފާގެ ބިރަށްޓަކައި ޗުއްޕު ކިޔައިގެން ތިބެން ޖެހިފައެވެ.

އިންޑިޔާއިން ރާއްޖޭގެ 11 ސަރަޙައްދެއްގައި ބަހައްޓާފައި ހުރި 11 ރާޑަރު ސިސްޓަމްގެ ކޮންޓްރޯލް އޮތީ އިންޑިއާގެ އަޙްމަދު އާބާދުގައި ހުންނަށް އިންޑިއާގެ ކަނޑުގެ ނޭވީ ކޮމާންޑިންގ ސެންޓަރުގައިކަން ނޭނގޭ އޮފިޝަލަކު ނޫޅެއެވެ.

ރާއްޖޭގެ މަސްވެރިކަން އިންޑިއާގެ ކޮންޓްރޯލްގެ ދަށަށް ގޮސް މިވަނީ ނިމިފައެވެ. ދިވެހީންނާއި އިންޑިޔާއާއި އެއްވެސް މިފަދަ އަޅުވެތި މައްސަލަތަކެއް ނެތި ދެ ގައުމުގެ ވިޔާފާރިވެރީން ވެސް ހަމަޖެހިގެން ގުޅިގެން އުޅެމުން ދަނިކޮށް ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީގެ މި ކޯލިޝަން ސަރުކާރުން އިންޑިޔާގެ ޑިޕްލޮމޭޓުންނާއި އިންޑިޔާގެ ރޯ ބޭނުންކޮށްގެން 2018 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމުން ގައުމަށް ލިބޭނެ ނިކަމެތިކަން މިވަނީ އިންތިހާޔަށް ލިބިފައެވެ.

އިންޑިޔާގެ ވެރީންނަށް މިސަރުކާރުގެ ވެރީން މިވަނީ އަޅުވެތިވާން މަޖުބޫރުވެފައިކަން މިހާރު އެނގި ކަށަވަރު ވެއްޖެއެވެ. 

އެހެނީ ދިވެހީންގެ ހުރިހާ ކަމަކާއި އިންޑިޔާ ބަސްބުނެ ތަންމިނަށް ބެހެމުންދަނީ ސިއްރިޔާތުގައެއް ވެސް ނޫނެވެ. އެހެންވުމާއިއެކު ރާއްޖޭގެ އިގްތިސޯދުގެ ހުރިހާ ދިމާއަކަށް އިންޑިޔާ ވެރިވެގެންފިއެވެ. ކަންމަތީ ފިހާރަތަކާއި ކޯނަރ ކޯނަރގައި ހުޅުވަމުން ގެންދާ ސޮސޭޖް ކޯނަރ ތަކުންނާއިއެވެ. ހަމަ އެހެންމެ ރާއްޖޭގޭ ރިސޯޓުތަކުގެ ފުޑްސަޕްލައި އިންޑިއާގެ ވިޔަފާރިވެރިންގެ ކޮންޓްރޯލް ދަށަށް ގޮސް މިވަނީ ނިމިފައެވެެ.


ނުވިތާކަށް ތަރުކާރީ، މޭވާގެ ބާވަތްތަށްވެސް މިހާރު ކޮންޓްރޯލް ކުރަނީ އިންޑިއާގެ މިއަދުގެ ވޯރާ (ވިޔަފާރިވެރިން) އިންނެވެ. ރައީސް އިބްރާހީމަށްވެސް ރަނގަޅަށް މި ހުރިހާ ކަމެއް އެނގިވަޑައި ގަންނަވާނެއެވެ. ހަމަ އެހެންމެމިހެން ކަންތައްތައް ފާލުން ނެއްޓުނީމާ ރާއްޖޭގެ މަސްވެރިންނަށް ހަމައަގުނުދެވޭނެކަން ވެސް އެނގިވަޑައި ގަންނަވާނެއެވެ.

އެހެނީ މި ކަންކަމީ ރައީސް އިބްރާހިމާއި ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ހިންގަވާއިފާވާ ނުރައްކާތެރި ކަންކަމެވެ. ދިވެހީން އަޅުވެތި ކުރުމެވެ. 

މި ދެބޭފުޅުންކުރެ އެއްވެސް ބޭފުޅަކަށް މިކަމުން ބޯދަމައިގަނެވޭކަށް ނެތެވެ. 

ޕްރައިމަރީ ގޮނޑީގެ މައްސަލާގައި، ދެބޯގެރި ދުއްވުމަކީ ތަފާތު މައްސަލައެކެވެ. ގައުމު މިގޮތަށް އިންޑިޔާއާއި ޙަވާލުކުރުމުގައި ދެބޭފުޅުންގެ ބައިވެރިވުން އޮތްކަންމިހާރު ޔަގީނެވެ. 

މި ދެބޭފުޅުންގެ ވެސް ގައުމުގެ ވަޙްދަތާއި ގައުމިއްޔަތު ބަދަލު ކޮށްލުމުގައި އޮތީ ހަމަ އެއް ފިކުރެކެވެ. ނުވަތަ އެއް ފަކުރެކެވެ. އެ ވިސްނުމާއި ފިކުރަކީ އެމްޑީޕީގެ އަސާސީ ގަވަޢިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާ ފިކުރު، ނުވަތަ މިހާރު ޕްރޮމޯޓް ޖައްސަވައިގެން އުޅުއްވާ  ”ފިކުރެއްގެ ދިރުން“ މިއެވެ. 

ގިނަ ރައްޔަތުން މިއަދު ކިޔަނީ ”ފަކުރެއްގެ ދިރުން“ މިހެންނެވެ. މި ފިކުރަށް އެބޭފުޅުން މަސައްކަތް ކުރާތާ  17 އަށްވުރެ ގިނަ ވެއްޖެކަމެވެ. އެއް ގޮތަކުން ނުވިއްޔާ، އަނެތް ގޮތަކުންނެވެ. މީގެ އާ މަރުޙަލާއެއް މިހާރު އަލުން މިވަނީ ފެށިފައެވެ.


ދެންފަހެ، މިފަހަރު ވެރިކަން ލިބުމުން ދިވެހީންގެ އެންމެބޮޑު އެއް އެސެޓް، ގްރޭޓަރ މާލޭ އޭރިޔާ އަގުމަގު ކުރުމެއްނެތި ރައީސް ނަޝީދުގެ އެޗް.ޑީ.ސީ އަށް ރެޖިސްޓްރީ ކޮށްދެއްވައި ތިލަފުށިން ވިޔަފާރިއަށް ނުވަތަ މިލްކުވާ ގޮތަށް ބިންދޫކޮށް ގިނަަދަދެއްގެ އިންޑިއާ މީހުން އެތެރެކޮށް މިތާނގައި އާބާދުކުރެވިދާއިރު، އެމީހުން އަޅުކަން ކުރާނެ ބިނާ ނެތުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްގަކަށްވެ ރާއްޖޭގައި ފައްޅި އަޅަންޖެހޭނެކަމަށް ބުނާއިރު ދިވެހީން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

މިކަންކަމީ ރޭވިގެން ޕޮރޮގްރާމް ވެގެން މަދުބައެއްގެ ދުނިޔެވީ މުއްސަނދި ކަމަށްޓަކައި ހިންގާ ޖަރީމާއެކެވެ. އިންޑިއާ ސަރުކާރާއި އިންޑިއާ އެމްބަސީއާއި އިންޑިއާގެ ވިޔަފާރިވެރިން މިކަމުގައި މަޝްވަރާ ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ނަޝީދަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެެއެވެ.

ގްރޭޓަރ މާލޭ އޭރިޔާ އެޗް.ޑީ.ސީއަށް އަގުމަގު ކުރުމެއްނެތި ރެޖިސްޓްރީ ކުރީގަބޫލުކުރަން ޖެހޭގޮތުގައި ދެމީހުން ސައްލާކުރުމަށްފަހު ވެރިކަން ހޯދުމުގައި އިންޑިޔާގެ އެހީ ތަންމިނަށް ލިބިދީފައި ވުމުންކަމީ މިހާރު ސިއްރެއް ވެސް ނޫނެވެ. ނަޝީދު ވަނީ 2018ގެ އިންތިޚާބުގައި އިންޑިޔާގެ ޑިޕްލޮމެޓުން ކުޅުނު ހުޝިޔާރު ރޯލުގެ ވާހަކަ މީޑިޔާއަށް ތިލަކޮށްފައެވެ. އަދި އޭގެ ފަހުން އެކަން އެގޮތަށް ހިންގިކަމަށް ބައިސާ ކަނޑުއްވައި ވާހަކަފުޅު ވެސް ދައްކަވައިފައެވެ.

2008 ގައި ނަޝީދު ފުރަތަމަ ދަމައިގަތީ ހުޅުމާލެއެވެ. އެއީ އަގުމަގުކުރުމެއް ނެތި ދައުލަތުގެ އެބޮދު އެސެޓް ކުންފުންޏެއް ހައްދަވައި އެ ކުންފުންޏަށް ރެޖިސްޓްރީ ކޮއްދިނުމެވެ. 

ދެން 2018 ގައި އިންޑިޔާގެ މަދަދުގައި މިލިބުނު ޗާންސްގައި ގުރޭޓަރ މާލޭ އެރިޔާ މިގޮތަށް ދަމައިގަތުމުގެ ބޭނުމަކީ ސީދާ ކަނޑައެޅިގެން އިންޑިއާގެ ކުންފުނިތަކަށް ބިން ވިއްކުމަށް އެތަންތަނުން ކުޑަ އަގުގައި ބިން ދިނުމާއި އެމީހުންގެ ބާރުގެ ދަށަށް ދިވެހީން އަޅުވެތި ކުރުމުގެ އެޖެންޑާގެ ދަށުން ހިންގި ބޮޑު ޖަރީމާއެކެވެ.

ރާއްޖޭގައި ހަރަކާތް ތެރިވާ، އިންޑިއަން ،އަންޑަކަވަރ ، އޮޕަރޭޝަންސް :

އަންޑަކަވަރ، އޮޕަރޭޝަން 1 އިންޑިއަން މިލިޓްރީ .

އަންޑަކަރ އޮޕަރޭޝަން، 2 ރާއްޖޭގެ ދާހިލީ ކަންކަމުގެ މައްޗަށް ބާރުހިންގުން. 

އަންޑަކަވަރ، އޮޕަރޭޝަން، 3 ރާއްޖޭގެ ފޮރިން ސިޔާސަތު ކޮންޓްރޯލް ކުރުން . 

އަންޑަކަވަރ ، އޮޕަރޭޝަން، 4 ރާއްޖޭގެ އިގްތިސާދާއި، ވިޔަފާރި ކޮންޓްރޯލް ކުރުން. 

މި ހަތަރު ދާއިރާގެ މައްޗަށް ނަންބޯޑު ޖެހިގެން، ދިދައެއް ނުނެގި ނަމަވެސް، މި ހަތަރު ދާއިރާ ހިންގަނީ، މިއިން ކޮންމެ ދާއިރާއަކަށް، އިންޑިއާގެ ޑިރެކްޓަރަކު ހުރެގެން, އިމާރާތްތަށް ހުރެގެން، އޮފީސް ސެޓަޕް ހެދިގެން، ޝެޑިއުލް ކުރެވިގެން، މި އިން ކޮންމެ ކަމަކާ ގުޅުން ހުރި، އިންޑިއާގެ ނިއުދިއްލީން، ކޮންޓްރޯލް ކުރާ، ތަނެއްގެ ގޮތުގައެވެ. ބުނެވިދިޔަ ހަތަރު ވުޒާރާގެ، އެންމެ އިސް ފަރާތެއްގެ ގޮތުގައި، ރާއްޖޭގައި ހަރަކާތް ތެރިވަނީ، އިންޑިއާ އެންބަސީ، (އިންޑިއަން ހައިކޮމިޝަނަރ) އެވެ. މި ވެސް ސިޔާސީ އެންމެންނަށް އެނގޭ ކަންކަމެވެ.

އަނެއް ކޮޅުން، އިންޑިއާގެ މަސްވެރިން ރާއްޖޭގެ ސަރަޙައްދުން ގިނަ އަދަދެއްގެ މަސް ، ދާއަަޅައިގެން ނަގައި، ޔޫރަޕަށް ބޭރުކުރާއިރު، ދޮށީގައި، ނުވަތަ ކަންވާރުން، (އަތުން ދަމާ) ބާނާ ކުރާ މަސްވެރިކަމުން ރާއްޖޭގެ މަސްވެރިންނަށް، އެވަރުގެ ކޮންޓިޓީއެއް ނުއުފެއްދުމާއި، ޑީސަލުގެ އަގު ބޮޑުކަމާއެކު، ރާއްޖޭގައި ޕޮރެސެސްކުރާ މަސް ޔޫރަޕަށް ބޭރުކޮށްގެން ދެންވާނީ ގެއްލުންކަން ކަށަވަރުވުމެވެ.

ރައީސް ނަޝީދު އެ ވިދާޅުވާ ހަމައަގުވެސް އަދި ރައީސް ސޯލިޙް އެ ވިދާޅުވާ ހަމައަގު ދެވިފަކައެއް ނެތެވެ. އަދި ދެވޭނެ ގޮތެއް ނޯންނާނެއެވެ. އެ ބޭފުޅުން އަދިވެސް އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެވެ. އަބަދުވެސް ވޯޓް ހޯދަން ޖައްސަވާ މަޅިފައްޗެވެ. އަދިވެސް ވޯޓްގެ ވަގުރު ކައިރިވީ ވަރަކަށް އޮޅުވާލުމައި ހުވަފެނީ ވަޢުދުތައް މެކުހަށް ޖައްސަވާނެއެވެ. ސަބަބު ބަޔާންވެ ހިނގައްޖެއެވެ


އަނެއް ސަބަބަކީ އިންޑިއާގެ އެއްބަސްވުންތައް ރައީސް ސޯލިޙްވެސް، އަދި ރައީސް ނަޝީދުވެސް ދަމަހައްޓާނެ ކަން ކަށަވަރުވާތީއެވެ. ނަޝީދަކީ ވެސް ޤައުމު ވިއްކައިލުމަށް ނުހަނު ޝައުުގު ވެރިވާ ބޭފުޅެކެވެ. ރައީސް ސޯލިޙަކީ އެކަމުގައި  އަރާހުރި މާ ކުޅަދާނަ ބޭފުޅެއްކަން ބަހާއި ޢަމަލުން މިވަނީ ދައްކުވައި ދެއްވާފައެވެ. ނަޝީދަށްވެސް އެދެއްވީ ދޯކާއެވެ. ނަޝީދަށްވުރެވެސް ރައިސް އިބޫ ދެކުޅި މިއޮތީ ކުރިޔަށް ކުޅުއްވާފައެވެ. އެހެނަސް ނަޝީދު ވިދާޅުވަނީ ބެދޭ މަޅިއެއް އިބޫ އަކަށް ފެނިވަޑައެއް ނުގަންނަވާނެ ކަމަށެވެ.

ދޮގުވަޢުދު ތަކާއި މި ބަޔާން ކުރެވިދިޔަ ނަތީޖާގެ މައްޗަށް ބަލައި ރާއްޖޭގެ ވެރިކަން ރީބްރޭންޑް ނުކުރެވިއްޖެނަމަ އަދި އިންޑިއާއެކު ހުރި ގިނަ އެއްބަސްވުންތަކެއް ބާޠިލު ނުކުރެވިއްޖެނަމަ، ރައްޔިތުން ނާށިގަނޑު ހިފައިގެން ސަލާން ޖަހަންޖެހޭ ހިސާބަށް ދާނެއެވެ.

އިންޑިޔާގެ ބާރުގެ ދަށަށް ސްއްކިމް ގެނެވިފާ އެވަނީ މިފަދަ ނުބައި ރޭވުމެއްގެ ދަށުންކަން ނަޝީދާއި އިބޫ އަށްވެސް ރަނގަޅަށް އެނގޭނެއެވެ.

Loading

One Response

  1. ސިއްކިމް އަށް ހަދާލިހެން ރާއްޖެއަށްވާނެ މިވެރިކަން ބަދަލުނުވެ ދެމިގޮއްސިނަމަ. ވަރަށް ދެރަ. މިވާހަކަތަކަކީ މިހާރު ވަރަށްގިނަ މީހުނަށް އެނގޭވާހަކަތަކެވެ. ވީމާ ލަފާކުރެވެނީ މިވެރިކަން ރައްޔަތުންގެ ވޯޓުން ބަދަލުކޮށްލާނެ ހެނެވެ. މިދިޔަ 3 ފަހަރުވެސް ވޯޓް ދީފައިވަނީ ބަދަލަކަށެވެ. އެހެނީ ވެރިކަމަށް އެއުމަށް ދޮގު ހުވަފެންދައްކައިގެން ދޮގު މެނިފެސްޓޯ ޕްރޮމިސްދީގެން އައުމަށްފަހު އެކަންތައްތައް ނުކުރުމާއި ރައްޔަތުމީހާގެ ދިރިއުޅުމުގެ ޚަރަދު ބަރަދު ބޮޑުވެ ބޮޑުން ބޭނުންވަރަކަށް ބޭނުންގޮތަކަށް ދައުލަތް ލޫޓްވާތީއެވެ. ބަލަމާ ހިގާށެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް