ބިންތައް “ތިޔަހެނެއް ނުވިއްކޭނެ“ ކަމަށް ބުނެ އިދިކޮޅުން ހުކުރު ދުވަހު މަގުތަކަށް ނުކުންނަނީ

Loading

February 20, 2023
profile
Facebook
Twitter
WhatsApp

ތިލަފުށިން ސިނާޢީ ބޭނުމަށް ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހު “ތިޔަހެނެއް ނުވިއްކޭނެ“ މި ނަމުގައި އިހުތިޖާޖު ކުރަން ނިންމައިފިއެވެ.

ޤާނޫނާ ޚިލާފަށް ރާއްޖެއިން ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ މި އިހުތިޖާޖު ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހުއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ތިލަފުށީގެ ބިން ބޭރުގެ ކުންފުނިތަކަށް ޢުމުރު ދުވަހަށް ނުއަގުގައި ވިއްކައިލުމަކީ  ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އަންނަ ހުކުރު ދުވަހު ހަވީރު 15:45 ގައި ޕީޕީއެމް އޮޮފީސް ކުރިމަތިން, “ތިޔަހެނެއް ނުވިއްކޭނެ“ މި ނަމުގައި ކުރިއަށްގެންދަން ނިންމާފައިވާ އިހުތިޖާޖު ފަށާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ތިލަފުށިން ސިނާޢީ ބޭނުންތަކަށް ބިން ދޫކުރުމަށް ހުޅުވައިލާފައިވާއިރު, ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ ބިން ދޫކުރަން ނިންމާފައިވަނީ 99 އަހަރަށް ކުއްޔަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް