ޒިޔަދަމްގެ މަރު: ހުރިހާ ވާރިސުން އެދެނީ މަރަށް މަރު

Loading

February 19, 2023
profile
Facebook
Twitter
WhatsApp

ލ.މުންޑޫ/ނޫވިލު, ޢަލީ ޒިޔަދަމްގެ ގާތިލަށް މަރުގެ އަދަބު ދިނުމަށް އޭނާގެ ހުރިހާ ވާރިސުން މިއަދު ޝަރީޢަތުގެ މަޖިލީހުގައި އެދިއްޖެއެވެ.

2015 ވަނަ އަހަރު މާޗުމަހުގެ 20 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް މަސް ކަނޑަން ބޭނުންކުރާ ވަޅިއަކުން ޒިޔަދަމަށް ހަމަލާދިން މައްސަލައިގައި ދެ މީހަކަށް ދަޢުވާ އުފުލިއެވެ.

ދަޢުވާ އުފުލީ މުންޑޫ/ބީޗުވިލާ ޢަލީ ސިފާމްއާއި, އެ ރަށު ހީނާވިލާ މުޙައްމަދު ޝަނޫންގެ މައްޗަށެވެ.

ޝަނޫންގެ މައްޗަށް ވަނީ ގަސްދުގައި ޒިޔަދަމް މަރައިލިކަމުގެ ކުށް ސާބިތުވެފައެވެ. ސިފާމްގެ މައްޗަށް ވަނީ ޒިޔަދަމް މަރައިލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދަޢުވާ ސާބިތުވެފައެވެ.

ގަސްދުގައި މީހަކު މެރި މައްސަލައަކަށްވާތީ އަދަބު ކަނޑައެޅޭނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމަށްފަހު ކަމަށްވާތީ ޝަރީޢަތުގެ މަޖިލީހުން މިއަދު ވަނީ ޒިޔަދަމްގެ ވާރިސުންގެ ބަސް ހޯދައިފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޒިޔަދަމްގެ ބައްޕައާއި ދެން ތިބި 08 ވާރިސުން ވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.

އެހެންކަމުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ޙުކުމް ކުރުމުގެ އަޑުއެހުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް