މާލޭގައި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ޗާންދަނީ މަގުގައި ހުންނަ “ރެޑްބީ“ ފިހާރައިގައި ކަމަށެވެ.
އެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 09:30 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާދިސާއާބެހޭ އިތުރު މަޢުލޫމާތެއް އަދި ސާފެއް ނުވެއެވެ.
މާލޭގައި މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް