ނިހާނުގެ މައްޗަށް ކުރާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

Loading

February 11, 2023
profile
Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރުކަން ކުރެއްވި ނިހާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 09:00 ގައެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:

ރިޝްވަތު ހިފުމުގެ ކުށުގެ 3 ދަޢުވާ.

މަނީ ލޯންޑްރިންގެ ކުށުގެ 1 ދަޢުވާ.

ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ. (ފަހުން ވަނީ އެއް ދަޢުވާ އަނބުރާ ގެންގޮސްފައި)

ނިހާނުގެ މައްޗަށް ދަޢުވާ އުފުލީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަތުން އެކި ފަހަރު މަތިން ފައިސާ ހޯއްދަވާފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.

ނިހާނު މީގެކުރިން ވިދާޅުވެފައިވަނީ, ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ އެއްވެސް މެންބަރަކު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ނުގެންދާކަން ތަކުރާރުކޮށް ވެސް އޭނާއަށް ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށެވެ. އަދި އޭރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ އެއްވެސް މެންބަރަކު ނުޙައްޤު ފައިސާއެއް އަދި ރިޝްވަތުގައިި ޖެހިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Loading

One Response

  1. އެބޭފުޅުން ދަސްކުރެއްވި ފިލާވަޅުގައި އޮންނަކަމަށްވަނީ ރަނގަޅު އަދަދެއްގެ ފައިސާ ގެޔަށް ގެނެއްސިނަމަ އެ ހޯދިގޮތަކާބެހޭގޮތުން އަނބިމީހާވެސް ސުވާލު ނުކުރާނެކަމަށެވެ. ހަރާން ހަލާލު އޮޅުންފިލުވާދީފައެއް ނޯވެއެވެ

Leave a Reply

ފަހުގެ އަޕްޑޭޓް