އަމީނީމަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މީގެ ކުރިން ބުނި ތާރީޚަށް ނުނިމޭނެކަން ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
އަސްލަމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޙަސަން ލަޠީފް ސުވާލުކުރެެއްވީ އަމީނީމަގުގެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރައްވާ ތާރީޚަކީ ކޮބައިތޯއެވެ.
އަމީނީމަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ ޖުލައިމަހުގެ ތިންވަނަ ދުވަހުއެވެ. މަސައްކަތް ނިންމަން އެ ކުންފުންޏަށް ދިނީ 210 ދުވަހެވެ. އެ މުއްދަތު މި މަހަށް ހަމަވާނެއެވެ.
އެކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ފެބްރުއަރީ ނިމެންވާއިރަށް މަސައްކަތް ނިންމަން އާރްޑީސީއާއެކު ސޮއިކުރި ނަމަވެސް, މަގުހެދުމުގައި ހުރި ދަތިތަކަށް ބެލުމަށްފަހު އާ ތާރީޚެއް ކަނޑައަޅާފައިވާ ކަމަށެވެ. އާ ތާރީޚަކަށް ދެއްވީ 2033 ސެޕްޓެމްބަރު 27 އެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރި 84،414،546.83 ރުފިޔާއަށެވެ. އެ މަސައްކަތް ފަށާފައިވާއިރު އަދި މާ ބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
One Response
އަސްލަމަށް ކުރެވުނުހާވެސް ކަމަކީ މާލޭ މީހުނަށް ގޯތިދޭން އެމްޑީޕީއިން ވީ ވަޢުދު ފުއްދާކަށް ނުޖެހެއޭ ބުނެ ވަޢުދު ފުނޑާލުމެވެ. ދެ ދައުރުގައި ހައުސިން މިނިސްޓްރީ ޙަވާލު ކުރީމާ ކުރިކަމެއް ދައްކަބަލާށެވެ. ކިޔަވައިގެން ހުރި މީހެއް!