ނަރީޝް ހައްޔަރުކުރީ އޭނާގެ އަޑުކަނޑުވައިލަން, އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް: ސިޓީ ކައުންސިލް

Loading

Facebook
Twitter
WhatsApp

އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހައްޔަރު ކުރުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން, ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤުގެ ތެރެއިން އަޑުއުފުލުމަށާއި, ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޝުޢޫރު ފާޅުކުރަމުން ދަނިކޮށް ނަރީޝް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއީ ޤާނޫނު އަސާސީން ލިބިދީފައިވާ ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް, މާލޭ ސިޓީގެ ރައްޔިތުން އެ މީހުންގެ މަންދޫބެއްގެ ގޮތުގައި ހޮއްވަވާފައި ހުންނެވި ކައުންސިލަރުގެ އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެއީ ދިމިގުރާތީ ވެށްޓެއްގައި ކަންވެގެން ދާންޖެހޭ ގޮތެއް ނޫން ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ވަނީ ނަރީޝް ވަގުތުން ދޫކޮށްލަން ވެސް ގޮވައިލާފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވެވުމާ ދިމާކޮށް އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގައި 17 މީހަކު ހައްޔަރުކުރިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް