އިންތިޚާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގައި: އަދުރޭ

Loading

Facebook
Twitter
WhatsApp

އިންސާފުވެރި އިންތިޚާބަކުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގައިކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ހޯޕް ކޮންފަރެންސް ނިންމުމަށް  “ދުއްޕާން“ ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައި އަދުރޭ ވިދާޅުވީ ވެރިކަން ހޯއްދަވާނެ ފޯމިއުލާ އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ނަމަވެސް, އިންސާފުވެރި އިންތިޚާބަކުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގައި ކަމަށެވެ.

“2023 ގަ ރައީސް ޔާމީނާ ވާދަކޮށްލަން ފޯމިއުލާ ހިފައިގެން ނިކަން ނިކުމެބަލަ. ފޯމިއުލާ ރަނގަޅަށް ދައްކާލާނަން ކަލެއަށް“ އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. 

ޖަލްސާގައި ވާހަކަދެއްކެވި އެހެން ބޭފުޅުން ވެސް ވަނީ ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން ފާހަގަކުރައްވައި އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް