ހެންވޭރު ސަހަރާގައި ވަޅުލާފައި ހުއްޓާ ނެގީ ސިހުރު ހަދާފައިވާ އެއްޗެހިތަކެއް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ހެންވޭރު ސަހަރާ ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ޢާންމުވެފައިވާއިރު, ތުހުމަތުކޮށްފައިވަނީ ސަހަރާ ކޮނެގެން މިނިކަށި ނަގާ ކަމަށެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ ސަހަރާ ކޮނެގެން ނެގީ މިނިކަށިތަކެއް ނޫން ކަމަށެވެ. އަދި އެއީ ސިހުރު ހަދާފައި ވަޅުލާފައި ހުރި ފިލާކޮޅުތަކެއް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމުގައި އުޅުނު އެ އިދާރާގެ މުވައްޒަފަށް ފިޔަވަޅު އަޅަން ހަވާލުކުރެވިފައިވާ ކަމަށެވެ.