ބ.އަތޮޅު ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެ ހަވީރު 16:38 ގައި ކަމަށެވެ.
އެނގިފައިވާ ގޮތުން ފުލުހުން އެ ރަށަށް އެރިއިރު އެ މީހުން ތިބީ ވެލާތަކެއް ފަޅައިގެން ކައްކާށެވެ. އެ ތަނުގައި ތިބީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން ބުނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ މައްސަލަ ރިޕޯޓުކޮށްފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއިން ވެސް އެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެއެވެ.
މި މައްސަލައާ ގުޅިގެން އީޕީއޭގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.