ޒުވާނުން މަސްތުވާ ތަކެތީގެ މަޅީގައި ޖެހެނީ ކީއްވެ!

Loading

Facebook
Twitter
WhatsApp

ޒުވާނުން މަސްތުވާތަކެތީގެ މަޅީގައި ޖެހެނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެދޯހަޅި ކަމުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ ގިނަ ޒުވާނުންނަކީ ނަފުސާނީ ބަލި ހުންނަ ޒުވާނުން ކަމުގައި މިވަނީ ވެފައެވެ.

     މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި ޖަލަށް ލެވޭ ޒުވާނުން މިނިވަންވެ މުޖުތަމަޢަށް ނުކުތުމަށްފަހު ވަޒީފާ ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ.

     އެހެނަސް ޕޮލިސް ރިޕޯޓު ހޯދަން ޖެހުމާއި އަދި އެރިޕޯޓު ލިބޭއިރު އޭގައި ލިޔެފައިވާ ގޮތަކުން އެއްވެސް ތަނަކުން ވަޒީފާއެއް ނުދެއެވެ. ކުރިންވެސް ދެންނެވިފައި ވާފަދައިން ގިނަ ޒުވާނުންގެ ކިބައިގާ ނަފުސާނީ ނިކަމެތިކަން ހުރުމާއެކު ވަޒީފާ ނުލިބި މުޖުތަމަޢުގެ ތެރޭގައި ގިނަދުވަސް ވުމުން މިފަދަ ޒުވާނުން މާޔޫސް ވެ މަސަތުވާތަކެތި ވިއްކާ ވިޔާފާރި ކުރާ ކުރީގެ ރައްޓެހީންނާއި ގުޅެން މިފަދަ ޒުވާނުންގެ ބަލިކަށި ވިސްނުން މަޖުބޫރު ކުރުވައެވެ.

     އަހުރެން މިވާހަކަ މި ލިޔަނީ މިދެންނެވިފަދަ އެތަކެއް ޒުވާނުންނާއިބައްދަލުވެ އެ ޒުވާނުންގެ އަޑު އެހުމަށް ފަހުގައެވެ. މީގެތެރޭގައި ހިމެނޭ ގިނަ ޒުވާނުންގެ އައުލާދު ދިރިއުޅެމުންދަނީ ނިކަމެތި ޙާލުގައި ކަމަށް ވުމުން މިފަދަ ޒުވާނުންގެ އަސާސީ ބޭނުންތަށް ނުފުއްދައި ދެވެއެވެ. 

އެހެން ކަމާއިއެކު މަސްތުވާތަކެތި ބޭނުން ކުރުމާއި ދުރަށް ދިއުމުގެ ވިސްނުން ބަދަލުވުން ދުރެއްނުކުރެވެއެވެ. އަނެއްކޮޅުން މަސްތުވާ ތަކެތީގެ ވިޔާފާރި ކުރާ ޒުވާނުންގެ އެހީތެރިކަން މިދެންނެވި ފަދަ ޒުވާނުންނަށް ލިބެންފެށުމުން ވަރަށް ފަސޭހައިން އެކަމުގެ ތެރެއަށް ވަދެވެއެވެ.

     ކޮފީ ދިނުމާއި ބިޑިސުއްޓާ ސިނގިރޭޓްގެ އެހީތެރިކަން މަސްތުވާ ތަކެތީގެ ވިޔާފާރި ކޮށް ބޭނުންކުރާ ޒުވާނުންގެ ފަރާތުން ލިބޭތީ އަނެއްކާވެސް މިދެންނެވި ޒުވާނުގެ ނަފުސާނީ ވިސްނުން އިދިކޮޅަށް ބަދަލުވެ ދެއެވެ.

     މަސްތުވާ ތަކެތި ބޭނުންކުރުމުގެ ކުށުގައި ޖަލަށް ލެވޭ ޒުވާނުން މުޖުތަމަޢަށް ނުކުންނަނީ މުޅީން މިނިވަން ވެގެން ނޫން ކަމުން އެ އެޅިފައިވާ މަޅިން އެޒުވާނާގެ ބޯދަމައެއް ނުގަނެވެއެވެ. މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނުންގެ މައްޗަށް ކުރެވޭ 3 އަހަރުގެ ޖަލު ޙުކުމުން ސަލާމަތް ވެވެނީ އެފަދަ ކުށެއް ނުކޮށް މުޖުތަމަޢު ގައި 3 އަހަރު އުޅުމުންނެވެ. މި ތިން އަހަރު ގައި އެޒުވާނާ ވަޒީފާއެއް އަދާކުރެވޭނެ ދޮރު ސަރުކާރުންވަނީ ބަންދުކޮށް ފައެވެ. 

އެފަދަ ކުށުގެ ރެކޯޑެއް އޮންނަ އެއްވެސް ޒުވާނަކަށް ވަޒީފާދޭނޭ ފަރާތެއް ނެތުމާއިި އަސާސީ ބޭނުންތައް ނުފުދުމަކީ ނަފުސާނީ ބަލިހުންނަ ޒުވާނުންގެ ވިސްނުން ބަދަލުވާ އެއްސަބަބެވެ. ފަސޭހަގޮތް ފަސޭހަވެއެވެ.

     ރާއްޖޭގެ ޒުވާނުން މަސްތުކޮށް އޭގެތެރެއިން ނުކުމެވޭނެ ހުރިހާ ދޮރުތަށް ސަރުކާރުން އެވަނީ ބަންދު ކޮށްފައެވެ. ވިސްނާ ފިކުރު ހިންގާލުމުން ނޫނީ މިކަންކަން ފުދިފާތިބޭ މީހުންށް ވިސްނައެއް ނުލެވޭނެއެވެ.

     މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުންގެ ތެރޭގައި ނުހަނު މަސައްކަތްތެރި ހުނަރުވެރި ޓެލެންޓެޑު އެތަކެއް ޒުވާނުން ހިމެނޭޢިރު މިފަދަ ޒުވާނުން ޖަލުތަކަށް ލައި މިގައުމުގެ މާދަމާގެ މުސްތަގްބަލް ސަރުކާރުތަކުން އެ ވަނީ ފަނާކޮށްފައެވެ. އަސްލު ދެންނެވޭނީ އެމީހުންގެ ނިކަމެތިކަމަށް ހަމްދަރުދީގެ ލޮލަކުން ދެކެ ޒިންމާނަގައި ރީހެބް ކުރުމުގެ ބަދަލުގައި މިއީ ފައިދާބޮޑު ވިޔާފާރިއަކަށް ހެދީއެވެ.

      މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނުންނަކީ ކުށްވެރީންނެއް ނޫންކަމުގައި ބަލާ ގައުމުތައް މިހާރަކު މަދެއް ނޫނެވެ. އެއީ ނަފުސާނީ ބަލި ޖެހިފައިވާ ޒުވާނުންކަމުގައި ދެކިގެނެވެ. 

ރާއްޖޭގެ ޒުވާން ޖީލު ފަނާކުރުމުގެ ފަލްސަފާއެއް ސަރުކާރުތަކުގެ އެތެރެއިން ކްރިއޭޓްކޮށް އެ އަނިޔާ އާއި ކުޑައިރުންސުރެ ބެލެނިވެރިންގެ ފަރާތުން ލިބެނުން އައި ގެވެށި އަނިޔާ ވެގެން ދިޔައީ ނަފުސާނީ ބަލި އުފައްދާ ވައިރެހަކަށެވެ. ޒުވާނުން މަސަތުވާ ތަކެތީގެ ދޮރުން އެތެރެ ވެފައި އެވަނީ ސަރުކާރާއި ބެލެނިވެރިންގެ އިހުމާލުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ.

     ޒުވާނުންން ހަލާކު ކުރަމުންދާ އަސްލު ވައިރެހަކީ ސަރުކާރުގެ އެތެރެކޮއިލުގެ ތެރެއިން އުފެދިފައިވާ މާފިޔާ ގޭންގެވެ. މިގޭންގް ގުޅިފައިވާ ހިސާބު ހޯދަން މަސައްކަތް ކޮންމެ ޒުވާނަކު ކުރިމަތިލާން ޖެހޭނީ މަރާއެވެ.

      މީ 60 އަހަރުގެ ތަޖުރިބާއާއި ދިރާސާއެވެ. ސަރުކާރުތަކުގެ ކޮންޓްރޯލް ގުޅިފައި ވަނީ މިދެންނެވި މާފިޔާ ފަރާތްތަކާއެވެ. އެއަށް ކާލާ މަންނަވެސް ކިޔާބަޔަކު އުޅެއެވެ. ރާއްޖޭގެ ސަރުކާރުތައް ”އޮލިގާކީ“ ވަނީ މިދެންނެވި ކާލާމަންނަގެ މުށުތެރެ އިން ރެކެވެން ނެތިގެންނެވެ.

      ރާއްޖޭގެ ޒުވާނުން ނަށް ޖަމާއަތުގެ ތެރޭގައި އަބުރުވެރިކޮށް އުޅެވޭނޭ ވެށްޓެއް އުފައްދަން ޖެހެނީ ވެސް މިދެންނެވި ސަބަބުތަކާއި ހުރެއެވެ. އެއީ ނުވާނޭކަމެއް ނޫންކަން އެނގެއެވެ. އެހެނީ ދުނިޔޭގައި މިފަދަ ނަފްސާނީ ކުދީނަށް ވަރަށް ކާމިޔާބުކަމާއި އެކު ރީހެބްކުރެވި މުޖުތަމަޢަށް ނެރެމުން ދާތީއެވެ.

   

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް