ޕާކިސްތާނުގެ ނިއުކްލިއަރ ހަކަތައިގެ މަޢުލޫމާތު އިންޑިއާއިއެކު ހިއްސާކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޕާކިސްތާނުގައި ހުރި ނިއުކްލިއަރ ގާބިލުކަމާއި ނިއުކްލިއަރ ހަކަތައިގެ މަޢުލޫމާތު ޕާކިސްތާނުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް މިއަދުޙަވާލު ކޮށްފިކަމަށް ރޮއިޓާރސް ޚަބަރުދީފިއެވެ. 

މިކަން ހިނގާދިޔައީ ޕާކިސްތާނުގެ ޚާރިޖީ އޮފީހުގެ ތެރޭގައެވެ. ހަމައެފދައިން އިންޑިއާގައި ހުރި ނިކއުކްލިއަރ ގާބިލުކަމާއި ހަކަތައިގެ މަޢުލޫމާތު ނިއުދިއްލީ ގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނަށް ވަނީޙަވާލު ކޮށްފައެވެ. އެހެންނަމަވެސް އިތުރަށް މަޢުލޫމާތު ސާފުކުރަން އެދުމުން މިހާތަނަށް އިންޑިޔާގެ ޚާރިޖިއްޔާއިން ޖަވާބެއް ނުދޭކަމަށް ބުނެއެވެ. 

1992 ވަނައަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު މި ދެ އަވަށްޓެރިންގެ ނިއުކްލިއަރ ހަކަތައިގެ މަޢުލޫމާތު ގެންދަނީ ޙިއްސާކުރަމުންނެވެ.  މި ދެ އަވަށްޓެރިންގެ މެދުގައި ތިންފަހަރަށް ހަނގުރާމަ ހިނގާފައިވާއިރު މިހާރުވެސް ދޭތެރެ ދޭތެރޭން ރުޅިގަނޑު ހިއްލާލައެވެ. 

މިދިޔަ އަހަރު އިންޑިއާގެ މިސައިލެއް ޕާކިސްތާނުގެ ސަރަޙައްދަށް “ އޮޅުމަކުން ”ޖެހިގަތުމާއެކު މުޅިދުނިޔެއަށް އިންޒާރުގެ ރަނގަބީލުގެ ޖެހިގެން ދިޔަ އަޑުވެސްއިވިގެން ދިޔައެވެ.          

ޕާކިސްތާނުގައި އިލެކްޓްރިސިޓީ ބޭނުންކުރާ މިންވަރު މާބޮޑަށް އިތުރުވަމުންދިއުމއިާއެކު ޗައިނާގެ އެހީތެރިކަމއިާއެކު ޕާކިސްތާނުގައި ނިއުކްލިއަރ ހަކަތަ އުފެއްދުން ވަނީ އިތުރު ކޮށްފައެވެ.  ޕާކިސްތާނުން އެންމ ފުރަތަމަ ފަހަރު ރަސްމީގޮތުން ނިއުކްލިއަރ ހަތިޔާރު ޓެސްޓުކުރީ 1998 ވަނަ އަހަރުގައެވެ. އަދި އިންޑިއާއެކޭ އެއްފަދައިން ގިނައަދަދެއްގެ ނިއުކްލިއަރ މިސައިލް ވަނީ މިހާރުއުފައްދާފައެވެ.                              

ޕާކިސްތާނުގެ ޚާރިޖިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ދެ ގައުމުގެ ޖަލުތަކުގައި ހިފޭއްޓިފައިތިބި މީހުންގެ މަޢުލޫމާތުވެސް މިއަދު ޙަވާލުކުރެވުނެވެ. ޕާކިސްތާނުގެ ޖަލުގައި އިންޑިއާގެ 654 މަސްވެރިންނާއި އާންމުރައްޔިތުން 51 މީހުން އެބަތިބިކަމަށް ޚަބަރު ލިބެއެވެ. އަދި އިންޑިއާގެ ޖަލުތަކުގައި ޕާކިސްތާނުގެ 339 އާންމު ރައްޔިތުންނާއި  95 މަސްވެރިން އެބަ ތިބިކަމަށް ވެއެވެ.                             

ޙުކުމް ތަންފީޒުކޮށް ނިމިފާތިބި ޕާކިސްތާނުގެ 94 މަސްވެރިންނާއި އަދި އާންމު ރައްޔިތުންގެ 51 މީހުން އަވަހަށް ފޮނުވާދިނުން އެދި އިންޑިއާ ސަރުކާރުގައި ޕާކިސްތާނުން ވަނީ އެދިފައެވެ. އަދި ހަމަ އެއާއެކު އިންޑިއާގައި ހައްޔަރު ކޮށްފައިތިބި ޕާކިސްތާނުގެ އާންމު ރައްޔިތުންގެ 56 މީހަކާ ހައިކޮމިޝަންގެ ފަރާތުން ބައްދުލުކުރެވޭނެ ގޮތް ތަނަވަސް ކޮށްދިނުމަށްވެސް ޕާކިސްތާނުން ވަނީ އެދިފައެވެ. ނަމަވެސް މިކަންތައްތަކަށް އެދިފައިމިވަނީ ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއް ގައިކަން ފާހަގަކުރެވެއެވެ.                          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް