ދ.އަތޮޅު ރިބުދޫއިން އާދަޔާޚިލާފު ބޮލިވަޅެއް ފެނިއްޖެއެވެ. ރިބުދޫ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި މި ބޮލިވަޅު ފެނުނީ އެރަށުގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށްޓަކާ ހޮޅިވަޅުލުމުގެ މަސައްކަތް ކުރަމުން ދިއުމުގެ ތެރެއިންނެވެ.
މި ބޮލިވަޅު ފެނިފައިވަނީ އެރަށުގެ އިރުމަތީ ފަރާތުގައި ހޮޅިވަޅުލަން ބިން ކޮންނަމުން ދިއުމުގެ ތެރޭގައެވެ. މި ބޮއްޔަކީ ރާއްޖޭގައި ފައިސާގެ ގޮތުގައި ބޮލިގެންގުޅުނު ޒަމާނުގެ ބޮއްޔެވެ.
މިބޮއްޔަކީ މުޅީންވެސް (ކައުރީ ޝެލް) ބޮލިކމަށް ކައުންސިލުން ވިދާޅުވެއެވެ.
ރާއްޖޭގައި ފުރަތަމަ ގައުމީ ތަރިކަ ރައްކާތެރި ކުރުމާއި ބެހޭ ގާނޫނެއް ވުޖޫދު ވެފައި ވަނީ 2019 ވަނައަހަރުގެ ތެރޭގައެވެ.
މިގާނޫނުގެ ދަށުން ރާއްޖޭގެ ގައުމީ ތަރިކަ ރައްކާތެރި ކުރުމާއި ބެހޭ ގައުމީ އިދާރާއަށް މިބޮލިވަޅާއި ބެހޭމަޢުލޫމާތު ފޯރުކޮށްދީ އެމަރުކަޒުގެ ލަފާގެ މަތީން މި ބޮލިތަށް އެރަށުގެ ގައުމީ ތަރިކަ ރައްކާތެރި ކުރުމާއި ބެހޭ މިއުޒިއަމުގައި ބެހައްޓަވާނޭ ކަމަށް ރަށުކައުސިލުން ހާމަކުރެއްވިއެވެ.
ކައުރީ ޝެލް ބޮލި ހިމެނޭ މިބޮލިވަޅަކީ އާދަޔާޚިލާފު ބޮލިވަޅެކެވެ. އެހެންކަމާއެކު މިބޮލިވަޅު ނެގުމުގެ މަސައްކަތް ރާއްޖޭގެ ގައުމީ ތަރިކަ ރައްކާތެރި ކުރުމާއި ބެހޭ ގައުމީ އިދާރާގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރަމުން އެބަގެންދަވާ ކަމަށް ރިނބުދޫ ކައުން ސިލުން މަޢުލޫމާތު ލިބިފައި ވެއެވެ.
މި ބޮލިވަޅު ރައްކާތެރި ކަމާއެކު ނަގާ ސާފުކޮށް ގުނުމުގެ މައްކަތް ކައުންސިލްގެ ފަރާތުން ކުރިއަށް އެބަގެންދާ ކަމަށްވެސް ކައުންސިލްގެ ރައީސް އުގުބާލު ވިދާޅުވިއެވެ.
2 Responses
ބޮލިވަޅުއާދަޔާއިޚިލާފުވިސަބަބު ނޫހުގައިލިޔުނުނަމަ ކިުންތެރިންގެ ޝައުގުވެވާނެ ދޯ! މިހާރުތިޚަބަރުގައެއްވެސްކަހަލައުރައްޕެއްނެތް
ތިއީހާދަހާ ފައިސާއެކެވެ. ކޮންމެޔަސް ތި ރަނގަޅަށް ގުނައިފާ ބަހަށްޓަންވާނީ