އަމީނީ މަގުގެ 2ވަނަ ސެގްމަންޓްގެ މަސައްކަތް ފަށްޓައިފިއެވެ

Loading

Facebook
Twitter
WhatsApp

މާލޭ އަމީނީމަގު ޒަމާނީފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ތެރެއިން އެމަގުގެ 2 ވަނަ ސެގްމަންޓްގެ މަސައްކަތް ހޮނިހިރު ދުވަހު ފަށްޓައިފިއެވެ.

    ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލު ކުރެވިގެން ކުރިއަށް ގެންދާ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ތެރެއިން މުޅި މަސައްކަތް ފަރުމާ ކުރެވިފައި ވަނީ 13 ސެގްމަންޓެއްގެ މައްޗަށް ބަހާލައިގެންނެވެ. އެގޮތުން ފުރަރަމަ ސެގްމަންޓުގެ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ.

    މިސެގްމަންޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ސަރަޙައްދުން ފެށިގެ ބޮޑުތަކުރުފާނުމަގާއި އަމީނީ މަގު ގުޅޭހިސާބުން ފެށިގެން އިރުދޭމާހިނގުމާ ހަމައަށެވެ. އެއީ ގާތްގަނޑަކަށް 105މީޓަރުގެ ސަރަހައްދެކެވެ.

     މި މަޝްރޫޢުގެ ދަށުން ފުރަތަމަ ސެގްމަޓް ގައި އަމީނީމަގުގެ ދެފަރާތުގައި ޖަހަން ބޭނުންވާ ”ކާވްސްޓޯން“ އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލް ޓްރޭ އެޅުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. އަދި ސްޓޯމް ވޯޓަރސިސްޓަމް ގާއިމްކުރުމާއި ތާރުއެޅުމުގެ ކުރިން ވާންޖެހޭ އެންމެހައި ތައްޔާރީތަށް އާރުޑީސީއިން ވަނީ ވެފައެވެ.

   އަމީނީ މަގުގެ 2ވަނަ ސެގްމަންޓްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާހިނގުމާ މާލޭގެ އަމީނީ މަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާއި އަމީނީ މަގު ގުޅޭ ކަންމައްޗާ ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136މީޓަރުގެ ސަރަޙައްދު ކަމުގައި އެކުންފުނިން ބުނެއެވެ.

     އަމީނީ މަގުގެ ދެވަނަ ސެގްމަންޓް ފެށުމުގެ ގޮތުން އެސަރަޙައްދުގައި ހުރި ގާތަށް ނެގުމާއި އަދި މަގު ކޮނުމުގެ މަސައްކަތް އާރުޑީސީއިން ކުރިއަށް ގެންދާނެކަމަށް ބުންޏެވެ.

    އާރުޑީސީއިން ހާމަކުރާ ގޮތުގައި ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ކުރިއަށް ގެންދާނީ ތާރު އެޚުން ފިޔަވާ، އެސަރަޙައްދެއްގެ މަގުގެ ބިންގަނޑު ލެވެލް ކުރުމަށްފަހު އެސަރަޙައްދެއް ޢާމުންނަށް ހުޅުވާލާގޮތަށެވެ. ތާރު އަޅާނީ ބިލަބޮންގ އާހަމައަށް މަގު ލެވެލްކޮށް ނިންމުމަށްފަހުގައެވެ.

    އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގާ މިމަޝްރޫޢުގައި 1.79ކިލޯމީޓަރުގެ މަގު ހިމެނިގެން ދާނެއެވެ.

07މަސްދުވަހުގެ ތެރޭގައި މުޅިމަޝްރޫޢު ނިންމާގޮތަށް އާރުޑީސީއާއި ޣަވާކުރެވިފައިވާ މި މަޝްރޫޢަށް 84 މިލިއަން ރުފިޔާ ޛަރަދުވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް