ފިރިހެންކުޅި ކުޅުން ގާނޫނީގޮތުން މަނާކުރެވިފާއޮތް އޮތުން ސިންގަޕޯރުންއުވާލައިފި

Loading

Facebook
Twitter
WhatsApp

ސިންގަޕޯރުގައި ފިރިހެންކުޅިކުޅުން އިސްތިއުމާރީންގެ ޒަމާނުއްސުރެން ގާނޫނީ ގޮތުން މަނާކޮށްފައިއޮތް އޮތުން އުވާލައިފިއެވެ. އަދި މިކަމާގުޅޭގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ކައިވެންޏަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރުވެރި ފަރާތަކީ ހަމައެކަނި ޕާރލަމެންޓް ކަމަށާއި އަދި މިހާރު ކައިވެންޏަކީ ހަމައެކަނި ފިރިހެނަކާ އަންހެނަކާ ދެމެދު ކުރެވޭ މުއާމަލާތެއްކަމުގައެވެ.

ބެލެވޭގޮތުގައި ސިންގަޕޯރުން މިހާރު އެ ޚިޔާރުކުރަމުންދާ މަގަކީ އެގައުމަކީ މާލީގޮތުން ސަރަހައްދުގެ މައި މަރުކަޒު ކަމުގައި ހެދުމުގެ ވިސްނުމުގައިއެކަމަށްޓަކައި ބިދޭސީ ތަޖްރިބާކާރުންގެ ޝައުގުވެރިކަން އިތުރު ކުރުމާއި،އެގައުމުގައި މަޒްހަބީ ވިސްނުމާއި ފިކުރުއަށަގެންފައިވާ ޖަމާޢަތްތައް ފަހަތަށް ކޮއްޕާފައި ބޭތިއްބުމާއެކު ތަފާތު ނަސްލުތަކާއި އަދި އެލް. ޖީ. ބީ. ޓީ. ކިޔޫ. ގެ މެމްބަރުންނަށް ގަބޫލުކުރެވޭފަދަ ގޮތަކަށް ގާނޫނުތައް އިސްލާހް ކުރުމެވެ.                     

އިޝްތިރާކީންގެ ޒަމާނުގައި ފިރިހެންކުޅި މަނާކުރި ގާނޫނު ( ގާނޫނު ނަންބަރު 377 އޭ ) އުވާލަން މިދިޔަ މަހުގެ ތެރޭގައި ޕާލަމެންޓަށް ހުށައެޅީ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މީގެ ކުރިން ބޮޑުވަޒީރު ލީ ސިއެން ލޫންގް ދައްކަވާފައިވާ ވާހަކަ ފުޅުތަކަކާ ގުޅިގެންނެވެ. ސިންގަޕޯރުގައިވެސް ވެރިކަން ކުރާ ޕާރޓީއަށް ޕާލަމެންޓުގެ ފުރިހަމަ އަޣްލަބިއްޔަތު އޮތުމާއިއެކު އިއްޔެ އެ މާއްދާ އުވާލަން ފާސްކުރާނެކަން ކުރިންވެސް އެނގެއެވެ.  

ޕާލަމެންޓުގައި ބަހުސްކުރެވުނު ދެދުވަހުގައި ގާނޫނާބެހޭ ވަޒީރު ކޭ. ޝަންމުގަމް ވިދާޅުވަމުންގެންދެވީ އެ ގާނުނުގެ ސަބަބުން ރައްޔިތުންތަފާތުކުރެވި އެއްބަޔަކު ނިކަމެތި ކުރެވިގެންދާ ކަމަށެވެ. އަދި ޚާއްސަކޮށް އެ ބައެއްގެ ސަބަބުން އެހެންމީހުންނަށް އެއްވެސް ދުށްތުރާލެއް ނުފޯރާ ފިރިހެންކުޅީގެ މީހުންގެ އިޙުސާސްތަކަށް އިޙުތިރާމް ނުކުރެވުމަކީވެސް ރަނގަޅުގޮތެއް ނޫންކަމުގައެވެ. 

އެމީހުންވެސް ބޭނުންވަނީ ސިންގަޕޯރުގެ އެހެން ރައްޔިތުންނެކޭވެސް އެއްފަދައިން މުޖަތަމާ ބަލައިގަންނަ ބައެއްގެ ގޮތުގައި އަމާންކަމާއެކު ދިރިއުޅުމަށެވެ. އެހެންވީމާ މިއީ އެ މާއްދާ އުވާލުމުގެ ވަގުތު ކަމުގައި ދެނެގަންނަން ޖެހެއެވެ.                       

ސިންގަޕޯރު ސަރުކާރުން ގަބޫލުކުރާގޮތުގައި ކައިވެންޏާއި ދަރިފަސްކޮޅުގެ މައްސަލާގައި ގިނަ ރައްޔިތުންގެ ވިސްނުމަކީ ކައިވެންޏަކީ ފިރިހެނަކާ އަންހެނެއްގެ ދެމެދުގައި ކުރެވޭ މުޢާހަދާއެއްކަމާއި ދަރިފަސްކޮޅު ދެމިގެން ދާތީ އެ އުސޫލުގެ މަތިންނެވެ. އަދި އިއްޔެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ޢާއިލީ ގުޅުންތަކަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާނެކަމަށާއި އަދި ކައިވެންޏަކީ ކޮބައިކަން ކަނޑައެޅުމަކީ ހަމައެކަނި ޕާރލަމެންޓުގެ މަސްއޫލިއްޔަތެއް ކަމަށާއި އުފެދޭ މައްސަލަތައް ބެލުމުގެ އިޙުތިސާސް ޝަރުއީ ކޯޓުތަކަށް މިހާރު ލިބިފައި ނުވާނެކަމަށެވެ. 

މި ގެނެވުނު ބަދަލާއެކު ސިންގަޕޯރުގައި އާއިލާއާއި ބެހޭ ގާނޫނުތައް ހެދުމާއި އެކަމާގުޅޭ މުއައްސަސާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީވެސް ޕާލަމެންޓުގެ މަސްއޫލިއްޔަތެކެވެ. އަދި އިޖްތިމާއީގޮތުން ގެދޮރުވެރިކުރުވުމާއި ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ފޯރު ކޮށްދެވޭ މާލީ އެހީތެރިކަމާބެހޭ އުސޫލުތައްވެސް ކަނޑައަޅާނީ ޕާލަމެންޓުންނެވެ.                                                    

ޕާލަމެންޓުގައި މި މައްސަލައާއިމެދު ބަހުސް ކުރެވެމުން ދިޔައިރު ޑެޕިއުޓީ ބޮޑުވަޒީރު ލޯރެންސް ވޭންގް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ވަރަށް ވިސްނުންތެރި ކަމާއެކު މާއްދާ 377 އޭ އުވާލަން ކަމަށެވެ. އެހެންނަމަވެސް ވެރިކަންކުރާ ޕާރޓީން ނެރެފައިވާ ވިޕް އުވާލުމަށާއި މެމްބަރުންގެ ވިސްނުމާއެއްގޮތަށް ވޯޓުދިނުން އިޚްތިޔާރު ކުރުމުގެ ފުރުސަތު ހަނިނުކުރުމަށް އެދި ބައެއް މަޒްހަބީ ގްރޫޕްތަކުން ބުނަމުން ގެންދިޔަ ނަމަވެސް ސަރުކާރުން ގަސްދުކުރީ ވިޕް އުވާނުލާ އެގޮތަށް ވޯޓަށް އެހުމަށެވެ.                                                 

ފާއިތުވެގެންދިޔަ އަހަރުތަކުގައި އެލް. ޖީ. ބީ. ޓީ. ކިޔޫ. ފިރިހެންކުޅި ގްރޫޕްތަކުން އެމީހުންގެ ޙައްގު ހޯދުމަށްޓަކައި ކޯޓު މަރުޙަލާތަކާއި އެތައްގޮތަކުން ކުރިމަސައްކަތް ނާކާމިޔާބުވެގެން ގޮސްފައިވުމާއިއެކު ގޫނޫނުގެ ތެރޭން މިލިބުނު މިނިވަންކަމަށް އެ ގްރޫޕްތަކުން އުފާފާޅުކޮށް މަރުޙަބާ ކިޔަމުން އެބަ ގެންދެއެވެ.

މީގެ ކުރީގައި އޮންނަގޮތުން ސިންގަޕޯރުގައި ފިރިހެންކުޅި ކުޅުމުގެ އަދަބަކީ ގިނަވެގެން ދެ އަހަރުދުވަހަށް ޖަލަށް ލުމެވެ.                

ސިންގަޕޯރުގެ ގިނަ ރައްޔިތުން ދެކޭގޮތުގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަ ކުރަން ތާއީދެއް ނުކުރެއެވެ. ނަމަވެސް މިދިޔަ އޯގަސްޓް މަހުގެތެރޭގައި ބްލެކްބޮކްސް ރިސާރޗް އިން ކުރި ދިރާސާއެއް ދައްކާގޮތުން 31 އިންސައްތަ މީހުން ދެކޭގޮތުގައި އެއްޖިންސުން ކައިވެނި ކުރުމަކީ އެމީހުން ކަންބޮޑުވާ ކަމަކަށް ނުވެއެވެ.

ސިންގަޕޫރުގައި މުސްލިމިންގެ ބޮޑު އާބާދީއެއްވެސް އޮވެއެވެ. އެމީހުން މިކަމާއި ދެކޮޅުހަދާކަމަށް ބުނެފާވެއެވެ. އެހެނީ އިސްލާމް ދީނުގައި އެއްޖިންސުން ގުޅުން ހިންގުމަކީ މަރުގެ އަދަބު ދެވޭނެ ބޮޑު ފާފައަކަށް ވާތީއެވެ.        

Loading

3 Responses

  1. އަންނި ކޮއްކޮމެން ނާޒޒޒޒިމް ގުރޫޕް ގަދަކުރަނީދޯ؟ ދުނިޔޭގެ ހަލާކު ގާތްވަނީ. އަންހެންވެރީން އެމީހުންގެ ޙައްގު ގެއްލޭތީ ކީއްވެބާ މަގުމަތިން ނުޖައްސަނީ.!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް