ހުޅުމާލޭ މަސްވެރީންގެ ޖެޓީ އިން ޚާއްޞަރޭޓެއްގައި ތެޔޮގަންނަން ލިބޭނޭ އިންތިޒާމް ފިއުލް ސަޕްލައި މޯލްޑިވުސްއިން ހަމަޖައްސައިފިއެވެ. މިބަދަލާއެކު މާލޭ ސަރަޙަދުން މަސްވެތިން ގަންނަތެލުގެ އަގުވެސް ހެޔޮވެގެން ދާނޭ ކަމަށް އެފް.އެސް.އެމުން ހާމަކުރައްވައެވެ.
ހުޅުމާލޭ މަސްވެރީންގެ ޖެޓީން މިހާތަނަށް މަސްވެރީންނަށް ތެޔޮ ފޯރުކޮށްދެމުން އައިސްފައި ވަނީ އެންސިސް ފިޝަރީޒުގެ ފަރާތުންނެވެ. ހުޅުމާލޭގައި ހުންނަ އެންސިސްގެ ތެޔޮމަރުކަޒު ހިންގުން މިހާރުވަނީ އެފް އެސް އެމް.އާއި ހަވާލު ވެފައެވެ. ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ ތެޔޮމަރުކަޒު ހިންގުމާއި ފިއުލްސަޕްލައި މޯލްޑިވުސް އާއި ޙަވާލު ކުރެވިފައިވަނީ އެންސިސް ފިޝަރީޒާއި އެފް އެސް އެމާއި ދެމެދު ވެފައިވާ އެއްބަސް ވުމެއްގެ ދަށުންނެވެ. މި އެއްބަސް ވުމުގައި އެންސިސް ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން މުޙައްމަދު ވަސީމެވެ. އެފް އެސް އެމްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނެޖިންގޑިރެކްޓަރ މުޙައްމަދު ގަސަމް އެވެ.
ހުޅުމާލޭގައި ހުންނަ އެންސިސްގެ ތެޔޮމަރުކަޒާއި ޙަވާލުވުމުގެ އެއްބަސް ވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ފިއުލްސަޕްލައި މޯލްޑިވްސްގެ މެނެޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ވިދާޅުވީ މިއެއްބަސް ވުމާއެކު މީގެގަފުން ހުޅުމާލޭ މަސްވެރީންގެ ޖެޓީއިން މަސްވެރިންނަށް ތެލުގެ ޚިދުމަތް ފޯރުކޮށް ދެމުން ގެންދާނީ ފިއުލްސަޕްލައި މޯލްޑިވްސްގެ ފަރާތުން ކަމުގައެވެ.
އަދި މަސްދޯނި ފަހަރުތަކަށް ހުޅުމާލޭ މަސްވެރީންގެ ޖެޓީއިން ތެޔޮ ވިއްކަމުން ގެންދާނީ މިފްކޯއިން ތެޔޮވިއްކާ އަގުން ކަމަށެވެ. މިފްކޯއިން ޑީސަލް ލީޓަރެއް ވިއްކަނީ17.63(ސަތާރަ ރުފިޔާ ފަސްދޮޅަސް ތިންލާރި )އަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަސަމް ވިދާޅުވީ މިދެންނެވި އަގުގައި ތެޔޮގަންނަން ލިބޭނީ ހަމައެކަނި މަސްވެރިކަމަށް ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދު ފަހަރަށް ކަމުގައެވެ.