ހުކުރުން ފައިބައިގެން ހިޔާ ޓަވަރުގެ އެޕާޓް މެންޓަކަށް އަރާލަން ދިއައިމާ ފެނުނީ ޙައިރާން ކުރުވަނިވި މަންޒަރެކެވެ.

Loading

Facebook
Twitter
WhatsApp


އިއްޔެ  ހުކުރުން ފައިބައިގެން ހިޔާ ޓަވަރުގެ އެޕާޓް މެންޓަކަށް އަރާލަން ދިއައިމެވެ. ފެނުނީ ޙައިރާން ކުރުވަނިވި މަންޒަރެކެވެ. ހިޔާ ޓަވަރުގެ އެޕާޓްމަންޓް ތަކަށް އަރާފައިބަން ހުންނަނީ 4 ލިފްޓެވެ. މި ލިފްޓް ތަކުގެ ތެރޭގައި ބައެއް އެޕާޓްމަންޓް ތަކަށް ދަތުރުނުކުރާ ލިފްޓްތަށްވެސް ހުރުމާއިއެކު ވަކި ލިފްޓެއް ލިބެބްދެން ޖެހޭނީ މަޑުކުރާށެވެ.

   24 ބުރީގެމަށްޗަށް އެކުލެވިފައިވާ ހިޔާޓަވަރެއްގައި ގާތްގަނޑަކަށް 2500 މީހުން ދިރިއުޅެއެވެ. އެހެން ކަމުން ހުކުރުން ފައިބައިގެން އަންނަމީހުން އެޕާރޓްމަންޓް ތަކަށް އެރުމަށްޓަކާ ބޮޑު ކިޔޫއެއްހަދަން ޖެހެއެވެ. އެގޮތުން ކިޔޫގައި 15މިނިޓާއި 20 މިނިޓާއި ދެމެދުގެ ވަގުތެއް ހޭދަ ކުރަން ޖެހެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަރަށް ބޮޑު ވޭންދެނެވި ތަކުލީފެކެވެ. އެހެނީ މަދުންނަމަވެސް ބައެއް މީހުންނަކީ އަމިއްލައަށް ގިނައިރު ނުހުރެވޭވަރުގެ ބަލިމީހުންެނެވެ.

     އެންމެ ކަން ބޮޑުވި އެއްކަމަކީ މިއިން ޓަވަރެއްގައި އަލިފާނުގެ ޚާރިސާއެއް ހިނގައިގެން ޓަވަރު ތަކުން މީހުން ފައިބަން އުޅޭނެ ބިރުވެރި ގޮތް ހިތަށް އެރުމުންނެވެ. 

ހުކުރަށްދަނީ ފިރިހެނުން ކަމަށް ވާއިރު އަލިފާނުގެ ކާރިސާއެއް މެދުވެރި ވެއްޖެނަމަ ފުރާނަސަލާމަތް ކުރަންޖެހޭ ކުޑަކުދީންނާއި މުސްކުޅިންނާ ޒުވާނުންނާ އަންހެނުން ހިމެނޭއިރު މިދެންނެވި ފަދަ ކާރިސާ އެއް މެދުވެރި ވެއްޖެ ނަމަ ދެން އުޅޭނެ ނުރައްކާތެރި ދަތިޙާލާމެދު ވިސްނާލުމުން ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. 

މިތަންތާގެ ސެކިއުރިޓީ ބަލަހަށްޓަން ސަރުކާރުން ވިސްނާވަޑައި ގެންފައިވަނީ ކޮން ގޮތަކަށް ކަމާމެދު ޚިޔާލުކޮށްލާކަށްވެސް ނޭންގުނެވެ. އެހެނީ ހަމަގައިމުވެސް މިފަދަ ޢިމާރާތްތަކުގައި މީހުން ދިރިއުޅޭނީ ކޮންމެވެސް ވަރަކަށް ކަމާބެހޭފަރާތްތަކުން ޗެކް ޖެހުމަށްފަހު ފިޓްނަސް ސަރޓިފިކެޓެއް އިޝިއުކޮށްގެން ކަމަށްވާތީއެވެ.

އެޗްޑީސީއަކީ ސަރުކާރުގެ ބާރުދައްކާ ދައުލަތުގެ ކުންފުންޏެއް ނަމަވެސް ސަރުކާރުން މިފަދަ ބިރުވެރި ޚާލު މިފަދަ ތަންތަނުގައި މިދުވެރިވެދާނޭކަމަށް ބަލާ ފިޓްނަސް ސެޓްފިކެޓް މިތަނަށް ދޫކުރެވުނު ގޮތެއް އެބަ ބަލަން ޖެހެއެވެ. އެނޫނީ އަނެއްކާވެސް ބޮޑު ކާރިސާއެއް ހިނގާ އެތައް ބަޔަކު އަދާ އަޅިއަށްވެދާނޭ ބިރުހީވާތީ ހަމަ މީޑިއާ މެދުވެރިކޮށް ބުނެލީއެވެ.

Loading

3 Responses

  1. ދިވެހިން ތިބޭނީ ކާރިސާއަށް ހެނިފާ. މަރުވީމަ މަރުވީ.. މަރާލީމާވެސް މަރުވީ. އަލިފާން ރޯވީމާ އެނދީ. ދެން އޯކޭވާނެ. ވެރިން އުޅޭނީ ރައްޔަތުން ގެ ޓެކްސް ބޮޑުކޮށްގެންވެސް ފައިސާ ޗާޕްކޮށްގެންވެސް ހަމަ އުފަލުގައި. މަރުވީމާ ދެރަވެއްޖޭ ބުނެ ޓްވިޓެއް ފޮނުވާލީމާ ވެސް އޯކޭވާނެ. ފަހަލަ މާ ކަންކަމާ ބޭހޭތީ ކަންބޮޑުވަނީތި. އޯކޭވާނެ. އަލިފާން ރޯގެއްޖެއްޔާ 25 ވަނަ ބުރިން ފުންމާލާނެއްނު. ދެން މަރުވިޔަސް އަލިފާނުން ސަލާމަތްވީނު. ދެންވެސް އޯކޭނު. ތިހުރިހާކަމަކާ ބޯގޮއްވާނުލާ ދެވަނަ ދައުރަކަށް އިބޫއަށް ވޯޓް ކަރަށަވަރުކޮށްދީ. އޭރުން ބޮޑު އިނާމެއް ލިބޭނެ. އެވެސް އަހަރެމެންގެ ޓެކްސް ފައިސާއިން ނޫނީ ޗާޕްކުރި ފައިސާއިން. އޯކޭނު ބްރޯ!

  2. މިއޮށް ޒަމާނުގަ ދެފައިމަށްޗަށް ކޮޅަށްޖެހި ކިއޫ ނެހެދިއަސް މިހާރު ޑިޖިޓަކުކޮށް ކިއުގަ އެބަޖެހެވޭ އެހެންވީމަ ހުކުރުން ސލަމްދިނުމާއެކު ލިފުޓުކިއޫ ކިއުބީ ކަހަލަ އެއްޗަކުން ޖެހިލާފަ މިސްކިތުގަ ޒިކުރުކުރަން އިނީމަ އެއޮތީ ނިމިފަ
    އެމީހެއްގެ ނަމްބަރާކައިރިވީމަ ވައިސޫރިއެއްހެން ދުއްވާފަގޮސް ލިފުޓަށް އަރައިގެން ދާންވީ
    އެގަތަށޭ ޔާމީނު ތިއަތަން ޑިޒައިންކޮށްފަ ތިހިރީ

  3. އަހަރެމެން އާންމުގޮތެއްގައި މަޝްރޫއުތައް ރާވަނީ ކުރިއަށް ލާފާކޮށްގެންނެވެ. އޭގެ ފަހުން ދުވަސްތައް ދިގުލައިގެންގޮސް މަޝްރޫއު ރޭވުމުގައި ލަފާކުރި މުއްދަތު ފަހަނަޅައި ދަނީއެވެ. ދެން އިތުރަށް ކުރެވޭނެ ކަމެއް ނޯވެއެވެ. ދުވަސްކޮޅަކުން މާމޮޅު ވިސްނުމެއްގައި ޓަވަރުތަކުގެ ބޭރުން އިތުރު ލިފްޓް ތަކެއްވެސް ބަހައްޓާފާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް