ހުޅުމާލެ ފޭސް 2 ގެ ޓަވަރުތަކުން ފެނާއި ކަރަންޓް ކެނޑި އެޕާޓްމެން ތަކުގެތެރޭގައި ދިރިއުޅޭ މީހުން ބޭރަށް ނުދެވި ހެނދުނު 11 ޖެހީއްސުރެ ތާށިވެއްޖެއެވެ. އެޕާޓްމެންޓްތަކުގެ ރައްޔިތުންގެ ތެރެއިން ހެނދުނު ވަޒީފާތަކަށްދިޔަމ ީހުންވަޒީފާ ނިމިގެން އެބުރި އައިސް އެޕާޓް މަންޓްތަކަށް ނޭރި ތިބީ މަގުމަތީގައެވެ.
ސްޓެލްކޯއިން ބުނީ ހޫޅުމާލެ ފޭސް 2 ކަށް ލާފައިވާ މައި ކަރަންޓް ކޭބަލް ބުރިވެފައިވާތީ އެކޭބަލްއެޅުމުގެ މަސައްކަތްމިހާރު ކުރަމުންދާ ކަމުގައެވެ. އަދި މިކަމަށްހޭދަވާނެ ވަގުތުވެސް ބުނަން ނޭނގޭ ކަމުގައެވެ. ކަރަންޓް ކޭބަލް ބުރިވެފައި ވަނީ އެޗްޑީސީއިން މަގުމަތި ކޮނުމުގެ ހުއްދަދީފައިވާ ފަރާތަކުން ބަލަންވާވަރަށް ނުބަލާ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށްވެއެވެ.
އެގޮތުން އެމަސައްކަތް ކުރަމުން ދިޔައިރު އެ ސަރަޙައްދަށް ފެން ފޯރުކޮށް ދިނުމަށް އަޅާފައިވާ ފެންހޮޅިވެސް ބުރިވެ ފުނޑިފައިވާ ކަމަށެވެ. އެޕާޓްމެންޓް ތަކުގައި ފެންނެތުމުގެ ސަބަބުން އެތެރޭގައިތިބި މީހުން ތިބީ ނަޖިހުން ތާހިރުނުވެސް ނުވެވި ނިކަމެތި ޙާލެއްގައެވެ.
އިމަންޖެންސީ ސިޑިތަކުން ފޭބޭނީވެސް ތިންހަތަރު ބުރިއަށް އެޓަވަރުތަށް ހުރިނަމަތާއޭ، މުސްކުޅިފުރާގެ މީހަކު ވަރަށް ދެރަވެފައި ބުންޏެވެ. 25 ބުރިއަށް ހަދާފައިވާ މި ފުލެޓް ތަކުގައި އެތަށްސަތޭކަ ރައްޔިތުން އެތިބީ ހާލުގައިޖެހިފައެވެ. މިފަދަ އުސް ޢިކާރާތްތައް ހެދެމުންދާއިރު މިފަދަ އިމާރޖެންސީއެއް ދިމާވެދާނެކަމަށް ބަލާ ކަންތައްތައް ފުރިހަމަކުރުން ވަރަށް މުހިންމެވެ.
އެންމެފަހުގެ ޚަބަރު ބުނާގޮތުން މިހާރު ފުލެޓްތަކަށް ކަރަންޓުވަނީ ލިބިފައެވެ.
One Response
އާއްމު ރައްޔިތުން ދިރިހުއްޓާ މެރުން