ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި މެލޭޝިއަން ރިންގިޓްގެ އަގު އިމްތިހާއަށް ދަށްވެގެން ދާނެކަމަށް އިލްމުވެރިން ވަނީ ލަފާކޮށްފައެވެ. އިލްމުވެރިން ބުނެފައިވާ ގޮތުގައި 1$ އަކީ 5 މެލޭޝިއަން ރިންގިޓް ހާ ވަރަށް ދަށްވާނެކަމަށް ލަފާ ކުރެވެއެވެ. އެއީ ފަހުގެ ތާރީހެއްގައި އެ ފައިސާގެ އަގު އެންމެ ބޮޑު ދަށަށްގޮސްފައިވާ މިންވަރަށް ވުރެ ވެސް ދަށް މިންވަރެކެވެ.
މެލޭޝިއަން ރިންގިޓްގެ އަގު ދަށްވާނެ އެންމެ ބޮޑު ސަބަބެއްކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އެމެރިކާގެ ފައިސާގެ އަގު މައްޗަށް ދިއުމާއި، ދުނިޔޭގެ މަސްލަހަތު ގޯސްވެ، އިންފްލޭޝަން އިމްތިހާއަށް އިތުރުވުމެވެ.
މީގެ އިތުރުން މެލޭޝިއަން ރިންގިޓްގެ އަގު ސިންގަޕޯރ ޑޮލަރަށް ވުރެ ކުޑަ ތަންކޮޅެއް ދައްވާނެ ކަމަށް އިލްމުވެރިން ވަނީ ލަފާ ކޮށްފައެވެ. ސިންގަޕޯރ ޑޮލަރުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓިއްޖެ ނަމަ 1 ސިންގަޕޯރ ޑަލަރަކީ 3.35 ނުވަތަ 3.45 މެލޭޝީއަން ރިންގިޓައް ވުމުގެ ފުރުސަތު ބޮޑު ކަމަށް އިލްމުވެރިން ވަނީ ލަފާ ކޮށްފައެވެ.
އޭޝިއާ ސަރަހައްދުގެ އެހެނިހެން ގައުމުތަކުގެ ފައިސާތަކާ އަޅާ ބަލާއިރު ސިންގަޕޯރ ޑޮލަރު ވަނީ ފުދޭ ވަރކަަށް ކުރިއެރުން ހޯދާފަ ކަމަށް އިލްމުވެރިއެއް ކަމަށްވާ ޑރ.ސަކްތިަންދީ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި މި ކުރިއެރުން ސިނަގަޕޫރުން ހޯދާފައިވަނީ ފައިސާ އާ ބެހޭ ގާނޫނުތައް ފާއިތުވި 12 މަސް ތެރޭގައި 5 ގުނަ ހަރިކަށި ކޮށްގެނެވެ. މީގެ އިތުރުން ސިންގަޕޯރގެ 1.40 ނުވަތަ 1.41 ޑޮލަރު އެމެރިކާގެ 1$އާ 2022 ވަނަ އަހަރު ނިމޭ އިރު އެއްވަރު ވާނެކަމަށް ޑރ.ސަކްތިއަންދީ ވަނީ ލަފާ ކޮށްފައެވެ.
އެމއެރިކާގެ ޑޮލަރަށް ވުރެ ސިންގަޕޯރ ޑޮލަރުގެ އަގު ފާއިތުވިި އަހަރުގެ ތެރޭގައި 4.7% ދަށައް ދިވަ ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ސިންގަޕޯރ ޑޮލަރު ވަނީ އަގު ބޮޑުވެފައެވެ.