ހުޅުމާލޭގައި ދޮޅުލައްކައެއްހާ މީހުން ދިރިއުޅެމުން ދާއިރު %80 ޕަސެންޓް މީހުން ވަޒީފާ އަދާކުރަނީ މާލޭގައެވެ.
އަދި މާލެއިން ހުޅުމާލެއަށް ހިޖުރަކޮށްފައިވާ މީހުންގެ ޢާއިލާތަކުގެ ބައެއް މެންބަރު ދިރިއުޅެނީ މާލޭގައެވެ. އެހެންކަމުން އާއިލާގެ ގާތަށް ގޮސް އައިސް އުޅޭ ފަރާތްތަކާއެވަޒީފާ އަށް ގޮސް އައިސް އުޅޭ އެންމެން ދަތުރުކުރަން އޮންނަނީ ހުޅުމާލެއިން ބުރިޖަށް ދާމަގެވެ. މިމަގަކީ ފިހާރަތަކާ ރެސްޓޯރަންތަކާއި ހޮޓާ ކެފޭ ފަދަ ވިޔާފާރި ކުރާ ގިނަ ތަންތަން ހިމެނޭ މަގެކެވެ.
އެހެން ކަމުން މިމަގުގެ ކާރޫބާރު މިހާރު ވަރަށް ބޮޑެވެ. މަގު ހުރަސް ކުރާމީހުން ހުރަރަސް ކުރުމުގައި ޒިބްރާކޮރޮސް ތަކަކަށް ނުބަލައެވެ. އެމީހަކު ހިތަށް އެރި ދިމާލަކުން މަގުހުރަސް ކޮށްލަނީއެވެ. މި މަގުގައި އިންޖީނު ލީ އުޅަނދު ފަހަރު ދުއްވުމަށް ގަވާއިދު ފޮތުގައި ސަޕީޑް ކަނޑައެޅިފައި ވީނަމަވެސް މަގުމަތީގެ އެއްވެސް ދިމާލެއްގައި ސްޕީޑް އަންގައިދޭ ބޯޑުތަށް ހަރުކުރެވިފައި ނެތުމާ ސައިކަލާ ކާރު ދުއްވަނީ އެއްޗެއްގައި ޖެހިއްޖެ ނަމަ މިފަދަ ބާރުބޮޑު މަގެއްގައި އިންސާނުންގެ ފުރާނައަށް ނުރައްކާ ވެދާނޭ ފަދަ ބާރުމިނުގައެވެ.
ބުރިޖަށް ދަތުރު ކުރާ މި މަގުގެ އެއްވެސް ދިމާލެއްގައި ޓްރެފިކް ލައިޓް ގަނޑެއް ވެސް ނުހުރެއެވެ. ހުޅުމާލެއިން އެއަރޕޯޓަށްވެސް ދަތުރުކުރަނީ ހަމަ މިމަގުންނެވެ. މިނީބަހާއި އަދި އެއަށްވުރެ ބޮޑެތި ބަސްތަކާއި ލޯރިފަހަރާއި، ކާރާއި ޕިކަޕް، އަދި މޮޓޯރސައިކަލާއި އޮޓޯސައިކަލާއި، ބައިސްކަލް ފަދަ ތަކެތިން މިމަގު އޮންނަނީ ފުރި ތޮއްޖެހިފައެވެ.
މިއިން އެއްވެސް ބާވަތެއްގެ އުޅަނދު ދުއްވާ އެއްވެސް ފަރާތަކުން މަގުމަތީގެ ގަވާޢިދުތަކަށް ނުބަލައެވެ. ހަމައެހެންމެ ފައިމަގުގައި އުޅޭ މީހުން ވެސް އަމިއްލަ ފުރާނަ އަކަށް ނުވިސްނައެވެ. ޙާލަތު ނުރައްކާތެރި ވެފައިވާ މިމަގު ބަލަހައްޓާނޭ ފަރާތެއްވެސް ނެތެވެ.
މަގުމަތީގެ ކާރުބާރު ނުހަނު ބޮޑުވެފައި ވާއިރު މިހާރަކަށް އައިސް ސައިކަލް ދުއްވާ އަންހެނުން ސައިކަލް ދުއްވާ ފިރިހެނުންނަށް ވުރެ ގިނަވަނީއެވެ. ލައިސަންސް އޮތްނަމަވެސް، ގިނަ އަންހެނުން ދުއްވާތަން ފެންނަނީ ވަރަށް ނުފަރިތަކޮށެވެ. ސިގްނަލް އަށް ސަމާލު ނުވުމާ އޯވަރ ޓޭކް ކުރުންފަދަ ނުރައްކާތެރި ޔޫޓާންވެސް ނަގަމުން ދާކަން ފާހަގަ ކުރަމެވެ. އެހެން ކަމާއެކު އެކްސީ ޑެންޓްތަށްވެސް އަންނަނީ ގިނަވަމުންނެވެ.
އަނެއްކޮޅުން މާލޭގެ ސްކޫލްތަށް ނިމޭ ގަޑިތަކުގައި ކުދިންބަލާ ގޮސް ބެލެނިވެރިންގެ ގޮތުގައި ތިބެނީ ގިނައިން އަންހެނުންނެވެ. އޭގެ ތެރޭގައި ހިމެނޭ ގިނަ އަންހެނުން މިހާރު ދަތުރު ކުރަނީ ސައިކަލް ތަކުގައެވެ. އެހެންކަމާއެކު ސައިކަލް ދުއްވަން ނުފަރިތަ އަންހެނުން ގިނަވެ ސައިކަލުގެ ދެފަރާތަށް ދެފައި ބާލައި ސައިކަލުގައި ހިނގާފައި ދިއުމުގެ ސަބަބުން މަގު ބްލޮކްވެ އެތަކެއްވަގުތު މަގުމަތީގައި ތިބެން ޖެހިދެއެވެ.
މީގެ ތެތޭގައި ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭކަށް ކުދިން އުފުލާ އަންހެނުންވެސް ހަމަ މަދެއް ނޫނެވެ. ބައެއް އަންހެނުންގެ ފަހަތުން ދުއްވާފައި ދިއުމަކީ ބިރުހުރިކަމެކެވެ. އެއްފަރާތަށް ސިގްނަލް ދެމުން ސިގްނަލް ދޭ ފަރާތުގެ މަގަށް ނައަޅާއި ދަނީއެވެ. އަދި ދުއްވަމުން ދާއިރު އަންގާލުމެއް ނެތި ޔޫޓާނެއް ވެސް ނަގަނީއެވެ. އެހެން ކަމުން ބޮޑަށް އަންހެން ވެރީންގެ ސަބަބުން މަގުމަތީގެ ނުރައްކާތެރިކަން އިތުރަށް މިހާރު ބޮޑެވެ.މާލޭގެ ގިނަ ގޯޅިތަކާ މަގުތަކުގައި ދުވާރެއް ނުއޮވެއެވެ. ދުވާރެއް އޮތިއްޔާއި ހުންނަނީ މުދަލާތަކެތި އަތުރާފައެވެ. އެހެންކަމުން ދުއްވާ އެއްޗެއްސާއި ފައިމަގުގައި އުޅޭމީހުނާއިއެއްމަގެއް ބޭނުން ކުރަން ޖެހުމުން މަގުމަތި އަމާން ވާނެ ގޮތެއް އޮންނާނެ ނޫންތޯއެވެ؟
މާލެ ޚަރާބުކޮށް މިހާރު މިވަނީ މުޅި މާލެ ސަރަޙައްދު ވެސް ޚަރާބު ކޮށްފައެވެ. މިކަމަކީ ރާއްޖޭގެ ވެރިކަމަށް ތަސައްވަރު ނުފުދޭ ބޯ ގޯސްވެފައި ތިބި އަމިއްލަ އެދުން ބޮޑު ބަޔަކު ގެނެވިގެން ދިމާވި އިންސާނީ މުޞީބާތެކޭ ބުނުމުން ދޮގަކަށް ވާނެހެއްޔެވެ.
މުޅިރާއްޖެ މާލޭގެ ސަރަޙައްދަށް ޖަމާކޮށް ތޮއްޖައްސާ ގައުމުގެ މިނިވަންކަމާ އަމާންކަން ކިސަޑުގައި ދަމާލީއެވެ. ވެރިކަމުން ބޭލީމާ ކޮންމެ މީހަކުވެސް ފަޚުރުވެރި ކަމާއެކު ދައުވާ ކުރަނީ ތިމަންނާއަކީ ތަރައްގީގެ ބާނީ އަށް ވުމަށެވެ.
ރައްޔަތުން އިސްކުރާ ޚާދިމު ވެރީން ވެރިކަމާއިހެދި ލަދުޙަޔާތެއް ނެތި ހިގައްޖެއެވެ. މަގުމަތީ ތޮއްޖެހިފައިވާ ހަތަރުވަން ގޮޅިއެއްގައި ޓްރެފިކް ލައިޓްއެއް ހަރުކޮށްލަނުދޭއިރު މިހާރުވެސް ކޮންމެ ކާރެއްގައި ކެމެރާއާއި ލިސްނިން ޑިވައިޒް ހަރުނުކުރެވިގެން ހީވަނީ އެހެން ކަމެއްހެނެވެ. ވެރިކަމަށް އާދެވުމުން ކުރި ވަޢުދުތައް ހަނދާންނެތި ރައްޔަތުންގެ ޕްރިއަރރިޓީއަކީ ކޮބައިކަމެއް އެނގިލާކަށް ވަގުތެއް ނެތެވެ.
ރާއްޖޭގެ ރަށްރަށުގައި މިނިވަންކަމާއި އަމާން ކަމާއެކު ރައްޔިތުން އުފައްދަމުން ދިޔަ ފަޚުރުވެރި ޢާއިލާތައް މާލެ ގެންނަން މަޖުބޫރި ކުރުވި އަދި ކުރަވަމުންދާ ޢައްދާރުންގެ މަތިން ހަނދުމަ ނައްތާ ނުލައްވާށެވެ. އަޅުގަނޑު ދެކޭގޮތުގައި އެ އީ ޙަގީގަތުގައިވެސް ޣައްދާރުންނެވެ.
މިރާއްޖޭގެ ރައްޔިތުންގެ ރަށްފުށުގެ ތަރައްގީ މާލޭގެ ސަރަޙައްދަށް ބަދަލުކޮށް ދައުލަތުގެ މާލިއްޔާ ފެންފޮދަކާ ނުލާ ދިރުވާލި ޣައްދާރުންނެވެ.
މިރާއްޖޭގެ ރައްޔިތުންނަށްވުރެ ފުދިގެން އަމިއްލަ ރަށުގެ އަމިއްލަ ވަޒަނުގައި ފަޚުރުވެރިކަމާއިއެކު އުޅެވެން ތިބި އެހެންބަޔަކު މިދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ނުފެންނާނެއެވެ.
އެހެނަސް މިރާއްޖެ މިވަނީ އަމިއްލައެދުން ބޮޑު ޚިޔާނާތްތެރިން ތަކެއް އަހަރެމެންގެ ދިރިއުޅުން ޚަރާބު ކޮށްލާފައެވެ.
އަމިއްލަ ރަށުން ބޮޑު ގޯތި ހިލޭ ލިބެން އޮއްވާ ތޮއްޖެހި އިންސާނީ ބަލާވެރިކަން ފާޅުވެފައިވާ މި މާލޭ ސަރަޙައްދުން ބިން ލިބޭތޯ ސަލާން ޖަހަނީ މޮޔަކަމުން ނޫން ދެން އެހެން ކޮން ކަމެއް ވެގެން ތޯއެވެ؟ އާއެކެވެ! ތަޢުލީމާއި ދިރިއުޅުމަށް ކުރާނެ މަސައްކަތް ޖަޒީރާ މިރައްތަކުގައި އަދި މަދެވެ. ނަމަވެސް މިމުސީބާރުގެ ތެރޭގައި މާލޭ އޭރިޔާގައި ދިރިއުޅެން ޚިޔާރުކުރަން ހެޔޮނުވާނެކަމަށް އަޅުގަނޑު ދެކެމެވެ.
ރަށުގައި ހުރެގެން 10000ރ ރުފިޔާ ލިބޭ ރައްޔިތު މީހާއަކީ މާލޭ އޭރިޔާގައި ހުރެގެން 100000ލައްކަ ރުފިޔާ ލިބޭ މީހާއަށްވުރެ 100 ގުނައަށް ފުދިގެން މިނިވަންކަމާއިއަމާން ކަމާއިއެކު ފަޚުރުވެރި ޢާއިލާއެއް ބިނާކޮށްގެން އުފަލުގައި ހުންނާނޭ ރައްޔިތެއްކަމާއި މެދު ޝައްކެއްނެތެވެ.
2 Responses
ވެރިކަމަށް އާދެވުމުން ދެވަނަ ދައުރެއްގެ ވިސްނުން ދޫކޮށްލާފައި ރައްޔިތުންނަށް ހެޔޮ ގޮތާއި ރައްޔިތުންނަށް މޮޅުގޮތްތަކާމެދު ވިސްނާނެ ވެރިޔަކު ލިބިއްޖެއްޔާ ސައީދު ދިޔަ އުންމީދުކުރައްވާ ކަންތައް ވެދާނެއެވެ. އެކަމަކު އެކަހަލަ ވެރިޔަކު ނުލިބޭނެއެވެ. ޖެހޭނީ ހޯދާށެވެ. ރައްޔިތުންގެ ހިތްވަރެއް ހުރެއްޖެއްޔާ އެއީ ކުރެވިދާނެކަމެކެވެ.
Traffic polihun kuran jehey kamakee sticker jehun baa