މިސް ޔުނިވާސް ހަރުނާޒާ ދެކޮޅަށް ދައުވާ ކުރަނީ 

Loading

Facebook
Twitter
WhatsApp

މިދިޔަ އަހަރު މިސް ޔުނިވާސްގެ މަގާމަށް ހޮވުނު ހަރުނާޒު ސަންދޫ އާ ދެކޮޅަށް މިދިޔަ ބުރާސްފަތިދުވަހު ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ހިންދީ ފިލްމީ ދުނިޔޭގައި ބަޠަލާއެއްގެ ގޮތުގައި އަދި ހެއްވާބައި ކުޅޭ މީހެއްގެ އިތުރަށް ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅޭތާ 30 އަހަރުވެފައިވާ އުޕާސަނާސިންގު ބުނި ގޮތުގައި އޭނާ މިސް ޔުނިވާސް ހަރުނާޒު ސިންދޫއާ ދެކޮޅަށް ކޯޓަށް ދިޔައީ އޭނާ އުފައްދާ ފިލްމު ”ބާއީ ޖީ ކުއްޓަންގޭ“ގައި މަސައްކަތްކުރަން އެއްބަސްވުމަށް ފަހު ދޮގާއި މަކަރު ހެދުމުންނެވެ.

”އޭނާ އެހެން ހަދާފާނޭކަމަށް އަހަރެން ހީއެއް ނުކުރަން“އުޕާސަނާ ސިންގު ބުންޏެވެ. ”ފިލްމު ޕްރޮމޯޓުކޮށް ދިނުމަށް 25 ދުވަހު މަސައްކަތް ކޮށްދޭނޭކަމަށް އޭނާ ވަނީ ބުނެފައި.ނަމަވެސް މިސް ޔުނިވާސްގެ މަގާމަށް އޭނާ ހޮވުމުން އޭނާގެ ޚިޔާލު ބަދަލުވީ.“

ހަރުނާޒު ފިލްމުގައި މަސައްކަތް ކޮށްދިނުމަށް އެއްބަސްވެފައިވަނީ މިސްޔުނިވާސްގެ މަގާމަށް އޭނާ ހޮވުމުގެ ކުރިންނެވެ.

”ވަރަށް ދަތި ދުވަސްވަރެއްގައި އަހަރެން އޭނާއަށް ފުރުސަތު ދިނީ. އެދުވަސްވަރު އޭނާ އުޅެމުން އައީ އަހަރުމެންނާއެކު ބޮމްބޭގައި.“ އުޕާސަނާ ބުންޏެވެ. ”އަހަރެން އޭނާ ގެންގުޅުނީ އަމިއްލަ ދަރިއެއްފަދައިން. ފިލްމު ކުޅޭނޭގޮތް އޭނާއަށް ދަސްކޮށްދީ ތަމްރީނުކުރީ އަހަރެން.“

އުޕާސަނާ ބުނިގޮތުގައި މިހާރު ހަރުނާޒު ޕަންޖާބީ ފިލްމީ ދުނިޔެއަށް ބަލާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ކަޅި ހުއްޓިފައި ވަނީ ބޮލީވުޑަށާއި ހޮލީވުޑަށެވެ.

ފިލްމުގައި މަސައްކަތްކޮށްދޭނޭކަމަށް ވައުދު ވުމަށްފަހު ހަރުނާޒު ވަނީ މަކަރާއި ހީލަތް ހަދާފައި. އެކަމުގެ ސަބަބުން މާލީގޮތުން ބޮޑު ގެއްލުމެއް ވަނީ ލިބިފައި.“ އޭނާ ބުންޏެވެ. ”ދައުވާކުރަނީ ގެއްލުމުގެ ބަދަލު ހޯދަން. އެއްކުރޯޑު ރުޕީސްގެ ބަދަލު ހޯދުމަށް މަސައްކަތް ކުރަމުން މި ދަނީ.“

އުޕާސަނާ ބުނި ގޮތުގައި މި އަހަރުގެ މޭ މަހުގައި އަޅުވަން ކުރިން ހަމަޖެހިފައި އޮތް ފިލްމު މިހާރު ދައްކަން ފެށޭނީ މި އޮގަސްޓު މަހުގެ 19ގައެވެ. 

Loading

One Response

  1. މިހެން ހައްދާލާފަ ތިބޭ އިރު ވަރަށް ރީތި. ދިވެހި އަންހެންކުދިންވެސް މިހާރު ވަރަށް ލޯބިވެފާ ރީތި. މިގޮތަށް ހައްދާލައިފިއްޔަ އަދި މާ ރީތިވާނެކަމަށް ފެނެއެވެ. ހަމަ ބުނެލީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް