ބިންހެލުމުގެ ސަބަބުން ހާލުގައިޖެހިފައިވާ އަފްޣާނިސްތާނު ރައްޔިތުންނަށް އެކި ގަައުމުތަކުން އެހީ ފޯރުކޮށްދެނީ

Loading

Facebook
Twitter
WhatsApp

މީގެ ދެ ދުވަސް ކުރިން އަފްޣާނިސްތާނުގެ ޚަބުލްއަށް ނުރައްކާތެރި ބިންހެލުމެއް އަރައި އެ ގައުމުގެ ބޮޑު ސަރަހައްދެއް ވަނީ އެއްކޮށް ވީރާނާވެފައެވެ. މިހާތަނަށް މި ހާދިސާގައި މަރުވެފައިވާ މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް އަރާފައިވާ އިރު އަވަށްޓެރި ގައުމުތަކުން ދަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

މިގޮތުން އަވަށްޓެރި އިންޑިޔާއާއި ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދީ އެކަން އިއުލާނުކޮށްފައެވެ. 

އިންޑިޔާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި އެ ގައުމުން ވަނީ 27 ޓަނުގެ އެހީއާ އެކު ދެ މަތިންދާބޯޓު އަފްޣާނިސްތާނަށް ފޮނުވާފައެވެ.

އަދި އަފްޣާނިސްތާނަށް ދިމާވެފައިމިވާ ހިތާމަވެރިކަމުގައި އެ  ގައުމުން ބައިވެރިވާ ކަމަށާއި ދެ ގައުމުގެ ޒަމާންވީ ގުޅުން ދެމެހެއްޓުމުގެ ދޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަސްނުޖެހޭނެކަމަށްވެސް އިންޑިޔާ ސަރުކާރުން ބުންޏެވެ. 

ޕާކިސްތާނުގެ ނެޝަނަލް ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މައުލޫމާތު ދީފައިވާ ގޮތުގައި އެ ގައުމުން ވާނީ އެހީގެ ގޮތުގައި ކާބޯތަކެއްޗާއި، ޓެންޓާއި އެމަޖެންސީ ބޭސްފަރުވާގެ ވަސީލަތްތައް ފަދަ ތަކެތި އަފްޣާނިސްތަނަށް ފޮނުވާފައެވެ.

އަފްޣާނިސްތާނަށް މިދިޔަ ބުދަދުވަހު އެރި މި ބިންހެލުމަކީ 6.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ. ބިންހެލުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޚަބުލް އަށާއި ޕަކްޓިކާ ކައިރި ސަރަހައްދުތަކަށެވެ.

Loading

2 Responses

  1. އިރާދަފުޅުން އަޅުގަނޑުމެން އެ އަޚުންނާއި އުޚުތުނަނަށް އުދަނގޫތައް ލުއިކޮށްދެވައި ރަޙުމަތްލަހަށްޓަވާށިއެވެ. އާމީން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް