ކިނޮޅަހު ނެރުނު ބެދުނު މައްސަލަ ހައްލުކޮށް އާ ބަނދަރެއް އަޅަނީ

Loading

Facebook
Twitter
WhatsApp

 

ރ.ކިނޮޅަހު ބަނދަރަށް ވެލިވަދެ ނެރު ބެދުނު މައްސަލަ ހައްލުކޮށް އެރަށުގައި އާބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ކިނޮޅަހު ބަނދަރަށް ވެލި ވަދެ ޒަރޫރީ ބޭނުންތަކަށް ވެސް އެ ރަށުން ފައިބަން އުދަގޫވެގެން ރަށުގެ ރައްޔިތުން ވަނީ މިދިޔަ އޮކްޓޫބަރު މަހު މުޒާހަރާ ވެސް ކޮށްފައެވެ.

ކިނޮޅަހު ބަނދަރަށް ވެލި ވަދެ ދޭތެރެ ދޭތެރެއިން ބަންދުވާ މައްސަލަ އަކީ 2011 ވަނަ އަހަރުން ފެށިގެން އެ ރަށަށް ދިމާވަމުންދާ މައްސަލައެއް ކަމަށް ވެއެވެ. އެރަށު ކައުންސިލުން ބުނީ އެރަށަށް އާ ބަނދަރެއް މި ލިބެނީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެކި އެކި ސަރުކާރުގައި އާދޭސް ދަންނަވާތާވެސް 10 ވަރަކަށް އަހަރު ފަހުން ކަމަށެވެ.

ރަށުކައުންސިލުން ބުނީ ގިނަ ދުވަސްތަކަކަށް ފަހު ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ފަށާފައިވާ ކަމަށާ މިހާރުގެ ބަދަރާ ގުޅުވައިލާ 360 ފޫޓް ބޮޑުކޮށް ބަނަރަށް އަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މިހާރު ކުރިއަށްދަނީ ބަނދަރުގެ އިރުމަތީ ފަރާތުގައި އެއްގަމަށް ލާފައިއޮތް ތޮށިގަނޑު ތަޅާލާ ނެގުމުގެ މަސައްކަތް ކަމަށެވެ.

މިމަސައްކަތުގެ ދަށުން ކަނޑުތޮށީގައި ޖަހާފައިއޮތް ރިވެޓްމަންޓް އުސްކޮށް އިތުރު ނެރެއް ކެޑުމަށް ހަމަޖެހިފައިވއެވެ.

ކިނޮޅަހުގެ ބަނދަރު ހެދީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑުން ބައެއް ނެގުމަށް ފަހު ބަނދަރާއި ދޮންވެލިގަނޑު ވަކިކުރަން ދެމެދުގައި އިންފާރެއްގެ ގޮތުގައި ހިލަ ޖެހުމަށް ފަހު އެވެ. އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން އެ އިންފާރު ހަލާކުވެ، ފަޅަށް ވެލި ވަންނަން ފެށި އެވެ. އަދި  އޭގެ ފަހުން ކޮންމެ ހުޅަނގު މޫސުމެއްގައި އެ ބަނދަރަށް ވަރަށް ގިނައިން ވެލި އަރާ އެތަށް ތަކުލީފެއް ރައްޔިތުން އުފުލަމުން އާދެއެވެ.  އާބާދީގައި 700 މީހުން ދިރިއުޅޭ ކިނޮޅަހުގެ ލަފާ ފުރުމުގެ ދަތި ކަމަށް ހައްލު ހޯދުމަށް ރަށުގެ ކުދި ބޮޑު އެތައް ރައްޔިތުންގެ އާދޭހަށް ހަވަސް ހައްލެއް ލިބުމަށް ރައްޔިތުން ދަނީ އެދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް