މާފުށި ޖަލުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެނީ

Loading

Facebook
Twitter
WhatsApp

 

 

ގިނަ އަދަދެއްގެ ގައިދީން ތިބޭ މާފުށީ ޖަލުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ.

 

މައުލޫމާތު ލިބިފައިވާގޮތުގައި ގިނަ އަދަދެއްގެ ގައިދީންނަށް ކޮވިޑްޖެހިވާއިރު ޖަލުގައި މިހާރުވެސް ހަލުވިކަމާއެކު ކޮވިޑް ދަނީ ފެތުރެމުންނެވެ.

ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުން 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާ ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި 44 ގައިދީއަކު ހިމެނޭ ކަމަށެވެ.

އަދި ކޮންޓެކްޓުވެފައިވާ މީހުން ހިމެނޭހެން 210 ގައިދީއަކު ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.

މާފުށީ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންގެ ތެރެއިން ހަތް މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ކަރެކްޝަން އިން ބުނީ ޖަލުގައި ކޮވިޑް ފެތުރެމުން އަންނާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް މިހާރު ވަނީ ފިޔަވަޅު އަޅާފައި ކަމަށެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާފުށި ޖަލު އޮތީ ކުއްލި ހާލަތަށް ބަދަލުކޮށްފައި ކަމަށެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ވެސް އޮންލައިންކޮށް ބާއްވަމުން އަންކަމަށްވެސް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް