ޓޮންގާގެ ރަންވޭ ސާފުކޮށް އެހީ ފޯރުކޮށްދޭ ފްލައިޓްތަކަށް ޖެއްސޭގޮތް ހަދައިފި

Loading

Facebook
Twitter
WhatsApp

ޓޮންގާއިން އެ ގައުމުގެ ބައިނަލްއަގުވާމީ ރަންވޭއެއް ސާފުކޮށް އެހީ ފޮރުކޮށްދޭ ފްލައިޓްތަކަށް ބޭނުންކުރެވޭގޮތް ހަދައިފިއެވެ.

އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ޓޮންގާގެ ވެރިރަށަށް ފޭބި އަޅިތަކުގެ ސަބަބުން އެ ގައުމުގެ ގިނަ ރަންވޭތައް ހުރީ ބޭނުން ނުކުރެވޭފަދަ ހާލަތެއްގައެވެ.

ޔޫއެންގެ ކްރައިސިސް ކޯޑިނޭޓަރު ޖޮނޮތަން ވެއިޗް ބުނި ގޮތުގައި ޓޮންގާގެ ވެރިރަށުގައި ހުރި ބައިނަލްއަގުވާމީ ރަންވޭއަކުން ވަނީ 10 ސެންޓިމީޓަރުގެ އަޅި ސާފުކޮށް ބޭނުންކުރެވޭ ހާލަތަކަށް ގެނެސްފައެވެ. ރަންވޭ ސާފުކުރެވުނު ނަމަވެސް، އަދި އެ ރަންވޭ ބޭނުންކުރަން ނުފަށާކަމަށްވެސް ޖޮނޮތަން ވަނީ ބުނެފައެވެ.

ފަރުބަދަ ގޮވުމުގެ ފަހުން އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑުން ވަނީ ޓޮންގޯއަށް އެހީ ފޮރުކޮށްދޭން ސީ-150 ގެ މަތިންދާބޯއްޓުތަކެއް ތައްޔާރު ކޮށްފައެވެ. ނަމަވެސް ޖައްވުގައި ހުރި އަޅިތަކުގެ ސަބަބުން މަތިންދާބޯއްޓުތަކަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ސަބަބުން އެހީ އަދި ފޯރުކޮށްދެވިފައެއް ނުވެއެވެ.

ޓޮންގާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފަރުބަދަ ގޮވުމާ ގުޅިގެން އަރާފައިވާ ސުނާމީ ރާޅުތަކުގައި ކުދި ބައެއް ރަށްރަށް އެއްކޮށްހެން ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން ލޮނުފެނާއި އަޅީގެ ސަބަބުން އެތައް ހާސް ރައްޔިތުންގެ ބޯ ފެން ވަނީ ތަޣައްޔަރުވެފައެވެ. މީގެ ސަބަބުން ކޮލެރާ އަދި ބޭރަށް ހިނގުން ފަދަ ބަލިތައް އާއްމުވުމުގެ ފުރުސަތު ބޮޑުކަމަށް ރެޑްކްރޮސްއިން ވަނީ ހާމަކޮށްފައެވެ.

ފެން ސަޕްލައި ހިފައިގެން ނިއުޒީލޭންޑްގެ 2 ނޭވީ ބޯއްޓެއް އަންނަ ހުކުރުދުވަހު ޓޮންގާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. ޔޫއެންގެ އިތުރުން ބައެއް ދަރުމަވެރި ޖަމާއަތްތަކުންވެސް ވަނީ މަތިންދާބޯއްޓު މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް