އުއިޣޫރު މުސްލިމުން ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް ދައުވާ އުފުލައިފި

Loading

Facebook
Twitter
WhatsApp

ޗައިނާގެ އުއިޣޫރު މުސްލިމުންގެ ބަޔަކު ޗައިނާގެ ބަޔަކާ ދެކޮޅަށް ތުރުކީގެ ޕްރޮސެކިއުޓަރަކަށް ޖިނާޢީ މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުން މެރުމުގެ އިތުރުން އަނިޔާކުރުމާއި ރޭޕްފަދަ އަމަލުތަކުގެ ތުހުމަތު ވަނީ ޗައިނާ އޮފިޝަލުންގެ ބޮލުގައި އަޅުވާފައެވެ.

ތުރުކީގެ ލޯޔަރެއް ކަމަށްވާ ގުލްޑެން ސޮންމެޒް އަންގާރަ ދުވަހު ބުނި ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ފިޔަވަޅު އަޅާފައި ނުވުމުގެ ސަބަބުން މިއީ، ކުރިޔަށް ގެންދަން ޖެހޭ މައްސަލައެކެވެ. ޗައިނާގެ ސަރުކާރުން އަންނަނީ 2016ވަނަ އަހަރުއްސުރެ މިލިއަނެއްހާ އުއިޣޫރު މުސްލިމުންގެ އިތުރަށް ބައި މަދު އެހެން މުސްލިމުންނަށް ވެސް އަނިޔާކުރަމުންނެވެ. ޗައިނާއިން ފުރަތަމަ ވަނީ މިފަދަ ކޭމްޕްތަކެއް ނުހުންނާނެ ކަމަށް ބުނެފައެވެ. ފަހުން ޗައިނާއިން ވަނީ ހައްދުފަހަނަޅައި ދިޔުމާ ދުރުކުރުމަށް ބަޔަކު ލާން ވޮކޭޝަނަލް ސެންޓަރުތަކެއް ހުންނަކަމަށް ބުނެފައެވެ. ނަމަވެސް ޗައިނާއިން ވަނީ މި ކޭމްޕް ތަކުގައި އިންސާނީ ހައްގުތަކަކަށް އަރައިގެންފައި ވާކަމަށް ދެކެވޭ ވާހަކަތަކަށް އިންކާރު ކޮށްފައެވެ.

ތުރުކީންނާ ދީނީ ގޮތުންނާއި ބަހުގެ ގޮތުން ގުޅުން އޮންނަ އުއިޢޫރު މުސްލިމުންގެ 50،000 މީހުން ތުރުކީގައި ވެސް ދިރިއުޅެއެވެ.

ޗައިނާ އޮފިޝަލުންނާއި ދެކޮޅަށް ޖިނާޢީ މައްސަލައެއް ހުށަހަޅާފައިވަނީ އަންގާރަ ދުވަހު އިސްތަންބޯލްގެ ޗީފް ޕްރޮސެކިއުޓަރުގެ އޮފީހަށެވެ.

ތުރުކީގައި ހުންނަ ޗައިނާގެ އެމްބަސީއާ މިކަމާ ބެހޭގޮތުން ސުވާލުކުރެވުމުން އެއްވެސް ބަހެއް ބުނެފައެއްނުވެއެވެ.

”މި މައްސަލަ ބަލަން އަސްލު ޖެހޭނީ އިންޓަނެޝަނަލް ކްރިމިނަލް ކޯޓުން. ނަމަވެސް ޗައިނާއަކީ ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރަކަށް ވުމުގެ ސަބަބުން އެކަން ވުމަކީ ނާދިރު ކަމެއް.“ ސިޓީގެ މައި ކޯޓުގެ ބޭރުގައި ހުރެ ސޮންމެޒް ބުނެފައިވެއެވެ.

ސޮންމެޒްއާ އެކު 50 މީހުންވަނީ ގެއްލިފައިވާ އާއިލާތަކުގެ މެމްބަރުންގެ ފޮޓޯތައް ހިފައިގެން ތިބެ ޗައިނާ އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މި ޖިނާޢީ މައްސަލާގައި ވަނީ ޗައިނާގައި 116 މީހުން ހިފެހެއްޓިފައި ތިބި ކަމަށް ބުނެ 112 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ގޮވާލާފައިވެއެވެ. ދައުވާ ކުރުމަށް ގޮވާލެވިފައިވާ 112 މީހުންގެ ތެރޭގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންގެ އިތުރުން ލޭބާ ކޭމްޕްތަކުގައި މަސައްކަތް ކުރާ ޑައިރެކްޓަރުންނާއި އޮފިސަރުން ހިމެނެއެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް