އާ އަހަރުގެ އަޒުމަކަށް ހަދަންވީ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީއަށް އަމަލީ ގޮތުން ބައިވެރިވުން: ރައީސުލް ޖުމުހޫރިއްޔާ

Loading

Facebook
Twitter
WhatsApp

 

މިފެށުނު އާ އަހަރުގެ އެންމެ މަތިވެރި އަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަހުނިޔާގެ ހިތާބުގައެވެ. ރައީސްގެ ހިތާބުގައި ވިދާޅުވީ ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، ތަރައްގީީގެ ދަތުރުގައި ދިވެހިން ހާސިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަންނާނެ ކަމަށާ އަޒުމަކަށް ވާންވީ ގައުމުގެ ތަރައްގީގައި އަމލީ ގޮތުން ބައިވެރިވުން ކަމަށެވެ.

“ މި ފެށުނު އާ އަހަރުގެ އެންމެ މަތިވެރި އަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވުން.  ދެ ޖިންސުގެ ދިވެހި ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވިވަރަކަށް، ތަރައްގީގެ ދަތުރުގައި އަޅުގަނޑުމެން ހާސިިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަން ޔަގީން“ ރައީސުލް ޖުުހޫރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅޫ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ  ވަޒީފާއެއް އަދާނުކޮށް ނުވަތަ މަސައްކަތެއް ނުކޮށް އުޅޭ ކޮންމެ ފަރުދަކުވެސް، ކިތަންމެ އާދައިގެ ކަމަކުންވިޔަސް، ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މަސައްކަތެއް ކުރުމަކީ، ގައުމީ ތަރައްގީއަށް އިތުރު ދިރުމެއް އަންނާނެ ކަމެކެވެ.

އެމަނިކުފާނުގެ ހިތާބުގައި ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ގައުމު ގެންދެވުނު އަހަރެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މުޅި ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަހައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ރައީސް ސާލިހު ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

”މުޅި ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަހައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން“ ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާ އަހަރަކަށް މަރުހަބާ ކިޔާއިރު، ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތސާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުންކަމަށެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފެށުނު އާ އަހަރަކީ، ތަރައްގީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށް ވުރެ އެތައް ގުނައަކަށް ހާސިލްކުރެވޭނެ އަހަރެއްކަމުގައި ވާނެކަމަށެވެ.

އަދި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަހްރޫމްވެފައި ތިބި އަސާސީ ހިދުމަތްތައް، އެ ރަށްރަށުގައި ގާއިމުކުރުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށާއި، އެފަދަ ކިތަންމެ އާ މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

 

Loading

One Response

  1. Boa sakaraaiy vaahaka. Tharaggee gaives baiveri kuruvanvee fenfoah gas kandaalevey varuge meehun. Ventilator vagunnaai MMPRC he hissaadhaarun. Boahalaaku vaakahala vaahaka

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް