އޮމިކްރޮން ވޭރިއެންޓް ފެތުރޭ ބާރުމިން ހިސާބުކުރެވިފައި ވަނީ ނުބައިކޮށް: ސީޑީސީ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ސެންޓާ ފޯ ޑީސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އޮމިކްރޮން ވޭރިއެންޓް ފެތުރިފައިވާ އިންސައްތަ އެމީހުންނަށް ރިޕޯޓް ކުރެވިފައިވަނީ އަސްލު އޮތް ވަރަށް ވުރެ 3 ގުނަ އިތުރަށްކަމަށް ބުނެފިއެވެ. މިކަމާ ގުޅިގެން އެމީހުންވަނީ ކުރިން ނެރުނު ކޮވިޑް-19 އާ ބެހޭ ރިޕޯޓަށް އިސްލާހުތަކެއް ގެނަސްފައެވެ.

ކުރިން ރިޕޯޓް ކުރެވިފައިވާ %73.2 ގެ ބަދަލުގައި ޑިސެމްބަރު 18 އާ ހަމައަށް ރެކޯޑް ކުރެވުނު ކޮވިޑް-19 ކޭސް ތަކުގެ ތެރެއިން އޮމިކްރޮން ކޭސްތަކުގެ އިންސައްތައަކީ ހަމައެކަނި %22.5 ކަމަށް ސީޑީސީއިން ވަނީ ހާމަ ކޮށްފައެވެ. ފަހުން ނެރެފައިވާ ރިޕޯޓްގައި ވާގޮތުގައި ޑިސެމްބަރު 25 އާ ހަމައަށް ރެކޯޑް ކުރެވުނު ކޭސްތަކުގެ ތެރެއިން %58.6 އަކީ އޮމިކްރޮން ވޭރިއެންޓް ކަމަށާއި ބާކީ %41.4 އަކީ ޑެލްޓާ ވޭރިއެންޓްކަންވަނީ ހާމަކޮށްފައެވެ.

ސީޑީސީން ކުރިން ނެރުނު ރިޕޯޓްގައި އެހާ ބޮޑު ތަފާތެއް އައިސްފައި ވަނީ މިހާރު އައު ޑާޓާ ލިބުމުން ކަމަށް ސީޑީސީން ވަނީ ފާހަގަ ކޮށްފައެވެ. ސީޑީސީގެ އެ ރިޕޯޓާ ގުޅިގެން ގިނަ އަދަދެއްގެ ނޫސްތަކުންވަނީ އޮމިކްރޮން ވޭރިއެންޓް ފެތުރޭ ހަލުވިމިނާ ބެހޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

”އަހަރުމެންނަށް މި ހަފުތާގައި ކުރިޔަށްވުރެ ގިނަ ރިޕޯޓްތައް ވަނީ ލިބިފައި. އަދި ފަހުން ލިބުނު ރިޕޯޓް ތަކުގައި ބޮޑެތި ބަދަލުތަކެއް ހުރިކަން ވަނީ ފާހަގަ ކުރެވިފައި.“ ސީޑީސީގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ވިދާޅުވިއެވެ. އޮމިކްރޮންގެ ކޭސްތައް އަދިވެސް އިތުރުވަމުން އަންނަކަން ހަނދާނުގައި ބަހައްޓަން ޖެހޭނެކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފައުޗީ: ޕާޓީތަކަށް ނުދިއުމަށް ނަސޭހަތްތެރިވެވަޑައިގަތް
ފައުޗީ: ޕާޓީތަކަށް ނުދިއުމަށް ނަސޭހަތްތެރިވެވަޑައިގަތް

ސީޑީސީން ޑިސެމްބަރު 20ގައި ނެރެފައިވާ ރިޕޯޓް ނެރެފައި ވަނީ ރައީސް ބައިޑެން ވެކްސިން ނުޖަހާ ރައްޔިތުން އައު ވޭރިއެންޓްގެ ސަބަބުން ބަލިވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ ވާހަކަދެއްކެވިތާ އެއްދުވަސް ކުރިންނެވެ. ބައިޑެންގެ ވާހަކަފުޅުގައި އޭނާ ވަނީ ކޮވިޑް-19 ޖެހި މަރުވެފައިވާ 400،000އަށް ވުރެގިނަ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން ކަން ފާހަގަ ކުރައްވާފައެވެ.

އޮމިކްރޮން ވޭރިއެންޓްގެ ސަބަބުން ފެތުރިފައިވާ ނުތަނަވަސްކަމާ ގުޅިގެން ބައިޑެންގެ ސަރުކާރުން ވަނީ ދެކުނު އެފްރިކާގެ 8 ގައުމަކުން އެމެރިކާއަށް ދަތުރު ކުރުން ޑިސެމްބަރު 31ވަނަ ދުވަހާ ހަމައަށް މަނާކޮށްފައެވެ. މި 8 ގައުމަކީ އޮމިކްރޮން ވޭރިއެންޓް އެންމެ ބޮޑަށް ފެތުރިފައިވާ 8 ގައުމެވެ. ބައިޑެންވަނީ ވެކްސިން ނުޖަހާ ފަރާތްތަކަށް ކުރިޔަށް އޮތީ ދަތި ނުތަނަވަސް ފިނި މޫސުމެއް ކަމަށް ވިދާޅުވެފައެވެ.

ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ވައިޓް ހައިސްގެ މެޑިކަލް އެޑްވައިސަރ އެންތަނީ ފައުޗީ ވަނީ ވެކްސިން ނުޖަހާ ފަރާތްތަކުން އައު އަހަރު ފާހަގަ ކުރާ ބޮޑެތި ޕާޓީތަކަށް ނުދިޔުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

”އާ އަހަރު ފާހަގަ ކުރަން ޕާޓީ ކުރެވޭނެ އެހެން އަހަރުތައް އަންނާނެ. މި އަހަރު ފާހަގަ ނުކުރޭ.“ އޭނާ ވިދާޅުވެފައި ވެއެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް