ހިންދޫގެ ބައްދަލުވުމެއްގައި މުސްލިމުން މެރުމަށް ގޮވާލުމުން ހަމަނުޖެހުން އުފެދިއްޖެ

Loading

Facebook
Twitter
WhatsApp

ފާއިތުވި ހަފުތާގައި އުތުރު އުއްތަރުކާންޑް ސްޓޭޓްގެ ހަރިދްވާރުގައި ބޭއްވި ބައްދަލުވުމެއްގައި ހިންދޫންގެ ސިޔާސީ ވެރިންތަކެއް މުސްލިމުން މަރައި މުސްލިމް ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގުމަށް ގޮވާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމާ ގުޅިގެން ހަމަނުޖެހުންތައް ގިނަވެ އިންޑިއާގެ ގިނަ ބަޔަކު އެކަމާމެދު ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުންނެވެ.

މިބައްދަލުވުމުގައި ދެކެވިފައިވާ ވާހަކަތަކާ ގުޅިގެން ތަހުގީގު ހިންގަމުން ދާކަމަށް ހުކުރު ދުވަހު އިންޑިއާގެ ފުލުހުން ވަނީ ބުނެފައެވެ. އެ ބައްދަލުވުމުގައި މުސްލިމުންނާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރުމަށާއި، މުސްލިމުން މެރުމަށް ވަނީ ގޮވާލާފައެވެ. އަދި ވައިރަލް ވެފައިވާ އެ ވީޑިއޯގައި ވާހަކަ ދެއްކި ފަރާތަކުން މުސްލިމުން މެރުމުން ޖަލައްދާން ނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

”އަހަރުމެންގެ ތެރެއިން އެންމެ ސަތޭކަ މީހުން ފުލުހުންނަށް ވެގެން 2 މިލިއަން މުސްލިމުން މެރުމުން އަހަރުމެންނަށް ކާމިޔާބު ވާނެ. އޭރުން އަހަރުމެންނަށް ’ސަނަތަނަ ދާރމާ‘ ރައްކާތެރި ކުރެވޭނީ.“ ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ. ސަނަތަނަ ދާރމާ އަކީ ހިންދޫ ދީނުގައި އެންމެން އަމަލު ކުރަން ޖެހޭކަމަށް އެމީހުން ޤަބޫލުކުރާ ކަންތައްތަކެވެ.

ވައިރަލް ވެފައިވާ އެ ވީޑިއޯއިން ފެންނަ އެއްވުމުގައި ޕްރައިމް މިނިސްޓަރ މޯދީގެ ޕާޓީ، ބީޖޭޕީއަށް ނިސްބަތްވާ ސިޔާސީވެރިއަކު ބައިވެރި ވެފައިވެއެވެ. މިކަމާ ގުޅިގެން އެ ޕާޓީން މުސްލިމުންނާއި، އެހެން ނަސްލުތަކުގެ މީހުން މެރުމަށް ގޮވާލާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ބީޖޭޕީން ވަނީ އެތުހުމަތުތައް ދޮގު ކޮށްފައެވެ.

މި ވީޑިއޯއިން ސާފުކޮށް ފެނިގެން ދަނީ ”ނަސްލު ނައްތާލުމުގެ ޙަރަކާތްތަކަށް“ ހިތްވަރުދޭން މަސައްކަތް ކުރާތަން ކަމަށް އިންޑިއާގައި މަޤްބޫލު މުސްލިމް އެމްޕީއެއް ކަމަށްވާ އަސަސުއްދީން އޮވައިސީ ވަނީ ވިދާޅުވެފައެވެ. މި ހާދިސާއާ މެދު މޯދީގެ ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

 

Loading

3 Responses

  1. ސަންދާނު ނޫހަކީ ޕީ.ޕީ.އެމް ގެ ގޮތްޕެއްތާ….
    ވަގުން ވާނީ ހަމަ ވަގުންނައް….ޔާމިނުގެ ސިޔާސީ ދުވަސް މިހާރު މާޒީވެ ނިމިއްޖެ.. ދެން ރަށުތެރެއިން ކޮންމެވެސް އެހެންކަމަކާ އުޅުން ބުއްދި ވާނެހެން ހީވޭ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް