އޭސީސީގެ މެންބަރުން ވަކިކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.

 

އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އެވެ.

ހަސަންގެ  އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރުން އަހްމަދު ހަލީމް އެވެ.

ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި ހަތް މެންބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.

 

އޭސީސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް މިމަހުގެ ދެވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އެ ކޮމިޝަނުގައި މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުއްލާ އެވެ.

 

މި ބޭފުޅުންގެ މަގާމާއި ހަވާލުވީ 2019 ވަނަ އަހަރުއެވެ.

 

އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ އެކޮމިޝަނުގެ މަސައްކަތް އެންމެ އެކަށީގެންވާ ވަރަށް ނުކުރާކަމަށް ބުނެ އެކިފަހަރުމަތިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކުރުމަށްފަހުއެވެ. އަދި މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓެއްވެސް ވަނީ ކޮށްފައެވެ.

 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް