މިސްކިތަށް ކުޑަކަމު ދިޔަ މީހާ އަށް އެއްމަހާއި 19 ދުވަހުގެ ޖަލު ހުކުމެއް

Loading

Facebook
Twitter
WhatsApp

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަހައްދަށާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރި މަށްޗަށް ކުޑަކަމު ދިޔަ މީހާގެ މައްޗަށް އެއްމަހާއި 19 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

މިމައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ މ. ޝޭޑޯހީމް ހަސަން ޒިޔާދެވެ.

އޭނާގެ މަށްޗަށް ހުކުމް ކުރީ މިދިޔަ އޮކްޓޯބަރު ތިންވަނަ ދުވަހުގެ އެކި ވަގުތުތަކުގައި އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތާއި ރައީސް އޮފީހުގެ ދޮރުމައްޗާއި އަދި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މައްސަލާގައި ދައުލަތުން އުފުލި  ދައުވާއާއި ގުޅިގެންގެންނެވެ.

ހަސަން ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލީ އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ.

އެ ދެ ދައުވާއަށް ވެސް އޭނާ އެއްބަސްވެ، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދޭން އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ އަމަލަކީ ހުތުރުކަން ބޮޑު އަމަލަކަށް ވުމުގެ އިތުރުން އޭނާ އެ އަމަލު ހިންގާފައިވަނީ އިސްލާމްދީނާއި ރާއްޖޭގެ ގައުމިއްޔަތާ ގުޅުންހުރި ތަންތަނުގައި ކަމަށްވާތީ އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ނުކުރެވޭނެކަމަށް ނިންމާފައެވެ. އަދި އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބު ކަމަށްވާ އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބު އެއްކޮށްލުމުން، ޖުމްލަ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.

އެކަމަކު ޒިޔާދު އެންމެ ފަހުން ހައްޔަރުކުރި ގޮތަށް ބަންދުގައި ބަހައްޓާފައި ހުރުމުގެ ސަބަބުން އެ ދުވަސްތަކަށް ކެނޑުމަށްފަހު ހުކުމްގައިވާ އަދަބުގެ ގޮތުގައި އޭނާ ތަންފީޒު ކުރާނީ އެއް މަހާއި 19 ދުވަހެވެ.

ކުޑަކަމު ދިއުމުގެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުން އިބްރާހިމީ މިސްކިތަށް ވަދެ މިސްކިތުގައި އޮތް ހަތިމަކަށް ރަތްކުޅު ޖެހި މައްސަލާގައި ވެސް ފުލުހުން އޭނާ ހައްޔަރުކުރި އެވެ.

މި މައްސަލާގައި ވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެކަމަކު އަދި ހުކުމެއް ކޮށްފައެއް ނުވެ އެވެ.

ކުޑަކަމު ދިޔަ މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކުރުމަށް ފަހު ފުރަތަމަ ބުނީ އޭނާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ބަންދުގެ މަޖިލީހެއްގައި ފުލުހުން ބުނީ އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބަލަމުންދާ ކަމަށާއި ޒިޔާދުގެ އާއިލާ އިން އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ. ޖެންޑާ މިނިސްޓްރީން ހެދި ޓެސްޓްތަކުން ޒިޔާދަކީ ނަފްސާނީ ބައްޔެއް ހުރި މީހެއް ނޫން ކަން ވަނީ އެނގިފަ އެވެ.

Loading

One Response

  1. މިސްކިތުގެ ހުރުމަތް ކެޑުމުން 01 މަސް ދުވަހުގެ ޖަލު ހުކުމެއް ކޯޓުގެ ހުރުމަތް ކެޑުމުން 04 މަހާއި 06 މަހުގެ ޖަލު ހުކުމެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް