ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް އިތުރު ބަދަލްތަކަކާއި އެކު އަންނަ އަހަރު އަލުން ފެށުމަށް ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބެޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ހުރިހާ ކުދިންނަކީ ވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކުދިންނަށް ހެދުމަށް މި ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، އިތުރަށް ހަރުދަނާކޮޢް ހެޔޮ ބަދަލްތަކަކާއި އެކު އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ބައިވެރިކުރަން ފަށާފައި ވަނީ 2019ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ތެރޭގައެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް، ދަރިވަރުންގެ އަމިއްލަ ފަސްގަނޑުގައި ތިބެގެން ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް 4.1 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.