ރާއްޖޭގެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ އަވަހާރަވި ގޮތާއި ގުޅިގެން އިންސާފު ހޯދުމަށްޓަކައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލައިގަނެފިއެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ ރައީސް އަމީން ދީދީގެ އަވާހަރަވި ގޮތާއި ގުޅިގެން އަކަމުގެ އިންސާފް ހޯދުމަށް އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
އަދި އެ މައްސަލައަކީ އާންމު މަސްލަހަތާއި ގުޅުންހުރި މައްސަލައެއްކަމަށްވުމާ އެކު ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައަކަށްވުމުން، އެކަމާ ގުޅުންހުރި ފަރާތްތަކުގެ ހައްގުތަކާއި ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ހޯދުމަށްފަހު ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މިމައްސަލަ އޮމްބަޑްސް ޕާސަން އޮފީހަށް ހުށަހަޅައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ގޮތެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ބުނެއެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މީހެއްގެ އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާކަމަށް ވެސް ބުނެފައި ވެއެވެ.
ހަމައެއާއެކު ރައީސް އަމީނަކީ ހާއިނެއްކަމަށް ބުނެ ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ވެސް އެ މައްސަލައިގައި ވެއެވެ.
ރާއްޖޭގެ ވެރިކަން އަށް މަސް ދުވަހުގެ މުއްދަތަށް 1953 ގައި ކޮށްފައިވާ ރައީސް މުހައްމަދު އަމީން އަކީ ރާއްޖެ ރާއްޖޭގެ ކުރިމަގަށް ވަރަށް ވަރަށް ފާހަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ތައުލީމީ ދާއިރާ އާއި ރަށްރަށުގެ ތަރަށްގީއަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަމީން އަވަހާރަވުމުގައި ގޮތްނޭގޭ ގިނަ ކަންތައްތަކއް ވާކަން ގިނަ ފަރާތްތަކަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެމަނިކުފާނު އަވަހާރަވީ ލިބިވަޑައިގެންނެވި ޒަހަމްތަކަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ އައިލެންޑް ރިސޯޓެވެ.
އޮމްބަޑްސް ޕާސަން އޮފީހުން ބަލައި ގަންނާނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ މައްސަލަތަކެވެ.
One Response
Mi aa eku uthuru gadubadu ragalhah thugeekuranjehey, uthuru gadubadu ge balanee akah kiyaa mohamed ah kaleyfaanu lagabu libunu gothaa, eynayah thasheega photo print kuran laari libunu gothaa, eynage dharin bodethi magaamuthakuga eygefahun gengulhugothaa, eynayah Haa Alif Atoll ah eygefahun daan jehilunvi sababu ves hoadan jehey