މަޝްހޫރު އިހުސާން ފިހާރައިން ޝޭވަރެއް ވަގަށް ނެގި މީހަކ8،600ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނަކަށެވެ.
ދައުލަތުން އޭނާގެ މަށްޗަށް އުފުލާފައިވަނި ވައްކަން ކުރުމުގެ ދައުވާ އެވެ.
އިއްޔެ ކޯޓުން އޭނާގެ މަށްޗަށް ޖޫރިމަނާ ކުރަން ހުކުމް ކުރީ 2018 އަހަރުގެ ސެޕްޓެމްބަރު މަހުގައި ގައި އިހްސާން ފިހާރަ އަށް ވަދެ ފިޔާތޮށި ކުލައިގެ، ކެމީ ބްރޭންޑްގެ ޝޭވަރެއް ވަގަށް ނެގި މައްސައިގައެވެ.
ޝަރީއަތުގެ މަޖިލީހުގައި އެ މީހާ ބުނެފައިވަނީ އޭނާ އަކީ އާއިލާގެ އެންމެ ދޮށީ މީހާއަށް ވެފައި މުސްކުޅި މަންމަ ވެސް ބަލަހައްޓަންޖެހޭނީ އޭނާ އަށް ކަމަށެވެ. އެހެންވެ ޖަލު ހުކުމެއް ޖޫރިމަނާގެ އަދަބަކަށް ކަނޑައަޅައިދ ދިނުމަށެވެ.
އޭނާ އަކީ ދުވާލަކު 600ރ. ލިބޭ މަސައްކަތެއް ކުރާ މީހެއް ކަމަށާއި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިފި ނަމަ ފައިސާ ދެއްކޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މަސައްކަތް ކުރެވޭނީ ވެސް ޖޫރިމަނާގެ އަދަބެއް ދިނުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ އެދުނު ގޮތަށް ގާޒީ މުހައްމަދު މިސްބާހު ނިންމެވީ، ޖަލުހުކުމުގެ އަދަބުގެ ބަދަލުގައި 8،600ރ. ގެ ޖޫރިމަނާއެއް ކުރުމަށެވެ.
އެއީ ތަހުގީގުގެ މަރުހަލާގައި އޭނާ ޖަލުގައި ހޭދަކޮށްފައި ވުމުގެ އިތުރުން އޭނާގެ މަށްޗަށް ކަނޑައެޅޭ އަދަބު ވީހާވެސް ލުއިކޮށްދިނުމަށް އެދިފައިވާތީއާއި މި މައްސަލައަކީ ޖިނާއީ ބޮޑުކުށަކަށް ދައުވާ ކުރާ މައްސަލަ އަކަށް ނުވާތީ އާއި މިފަދ ކުށްތަކަށް ޖަލަށް ލުމަށް އަނދަބު ކަނޑަ އެޅުމުން ދައުލަތުގެ މަށްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރަ އަކަށާއި ދައުވާ ލިބޭ ފަރާތް ކުށުގެ ވެށިން ދުރުވުމަށް ބާރު އެޅޭ މިންވަރެއް ރިއާޔަތްކުރާއިރު ޖަލުގެ އަދަބު ކަނޑަ އެޅުމުގެ މަސްލަހަތަށްވުރެ އެނޫން އަދަބެއް ކަނޑއެޅުމުގެ މަސްލަހަތު ބޮޑުކަން އެގެން އޮންނާތީ ކަމަށް ގާޒީ ބަޔާންކޮށްފައި ވެއެވެ.