ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅުންހުރި މައުލޫމާތުތަކެއް އެރަށު ކައުންސިލް ރައީސް މުހައްމަދު އާސިފްގެ މަށްޗަށް ކޮށް އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސިއެވެ.
ފުލުހުން ބުނީ ދާންދޫގައި ފުލުހުންގެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން އެރަށުގެ ހަތަރު މީހެއްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލް ފުލހުން ހާމަކޮށްފައި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަލައި ފާސްކުރަންނިންމީ
ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ އާއިލީ މީހެއްގެ ގެ އެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ހޯދުމަށް ބޭނުންވި އެއްވެސް އެއްޗެއް ފެނިފައި ނުވާއިރު އެކަން އެހެންވީ ފުލުހުން އެ އޮޕަރޭޝަންގެ މައުލޫމާތު އާސިފް ބަޔަކަށް ދިނުމުންކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
One Response
Mikahala meehunlaigen bondi batheh nukehkeyne.