ކުޑަކުއްޖަކު ރަހީނު ކުރުމަށްފަހު މަރާލާފަ އެއްލާލާފަ އޮއްވާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

 

އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނު ކުރުމަށްފަހު މަރާލާއި އެއްލާލާފައި އޮއްވާ ހުޅުމާލެ އިން ފެނިއްޖެ އެވެ.

 

ފުލުހުން ބުނީ މި ކުއްޖާ ފެނުނީ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހި ސަރަހައްދުންކަމަށެވެ.

 

ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅުގެން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން 27 އަހަރުގެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ފެނުނީ މަރާލުމަށް ފަހު މޫދަށް އެއްލާލާފައި އޮއްވަ އެވެ.

ކުޑަކުއްޖާގެ ހަށިގަނޑު މިހާރު ވަނީއައިޖީއެމްއެޗްގަ ގެންގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި މި ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އެކުއްޖާގެ ހަށިގަނޑު ފެންނަން ހުއްޓެވެ.

ފުލުހުން ބުނީމި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތހުގީގު ކުރަމުން ދާކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް