އަދީބުގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާ ކޮށްފި

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމާއެކު މިނިވަންވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ މިރޭ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޖިނާއީކުށްތަކާއި ގުޅޭގޮތުން ކްރިމަނަލް ކޯޓުގައި އުފުލިފައިވާ ދައުވާތައް މިއަދު ބާތިލުކުރުމުން އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމަށްޓަކައި އެމައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ފުރުން މަނާ އަމުރެެއް ނެރެދިނުމަށް ފުލުހުން އެދުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމައްސަލަތަކާއި ގުޅިގެން އަހުމަދު އަދީބު ރާއްޖެއިން ފުރުން މަނާ ކޮށް އަމުރެއް މިރޭ ނެރެދެއްވާފައި ކަމަށެވެ.

އަދީބުގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކުއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވުދާޅުވެ ވާހަކަ ދައްކަވާފައެވެ.

ޝަމީމް ވިދާޅުވީ، ގާޒީ އިސްމާއިލް ރަޝީދުގެ އެ ނިންމުމަކީ، ގާނޫނީ ހަމަތަކުން ނިންމި ނިންމުމެއް ކަމާމެދު ސުވާލު އުފޭދޭ ކަމަށާއި، އެ ނިންމުން ނިންމާފައިވަނީ ގަޒީގެ އަމިއްލަ ހިޔާލަށް ބިނާކޮށްކަމަށެވެ. އަދި އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް