އުތެމަ ޖަމިއްޔާ އާއި އަދި ޖިންސީގޯނާކުރާ ފަރާތް ތަކާމެދު ފިޔަވަޅުއެޅުމަށް އަދާލަތުން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

އަންހެނުންނާ ދެކޮޅަށް ކުރެވޭ އެކި ކަހަލަ ތަފާރުކުރުންތައް ނައްތާލާ އަންހެނުންގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރާ ރާއްޖޭގެ މަދަނީ ޖަމިއްޔާ އުތެމަ ޖަމިއްޔާ އާއި އަދި އެކި ގޮތްގޮތުން ޖިންސީ ގޯނާ ކުރާ  ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓިން ނެރުނު ބަޔާނެއްގައި ބުނެފައިވާނީ އިސްލާމްދީނާ ޚިލާފް ކަންތައްތަކަށް ގޮވާލާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ( އެމްޑީއެން)ގެ ރިޕޯޓަށް ތާއިދުކޮށް އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓަކީ އިސްލާމީ ރިވެތި އުސޫލްތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބަޔަކު މީހުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ ކަނތްތައްތަކެއް ކަމަށެވެ.

“ މިކަންކަމަކީ އިއްޔެއަކު އަދި މިއަދަކު ފެށުނު ކަންކަނެމެއްނޫނެވެ. މިއީ އަހަރުތަކެއް ކުރީއްސުރެ ބަޔަކު މީހުން އަޑީގައި ތިބެގެން ވަކި މަގްސަދުތަކެއް ހާސިލް ކުރުމަށް ހިންގަމުން އަންނަ ޖަރީމާ ތަކެކެވެ. “ އެ ބަޔާނުގައި ވެއެވެ.

އަދި ރޭފްކުރުންފަދަ ނުބައި އަމަލުތައް ކުރާ ފަރާތްތަކާއި އެކަންކަމުގައި ޝަމިލްވާ އެއްމެހާ ފަރާތްތަކަށްވެސް ހައްގު އަދަބު ދިނުމަށް އަދާލަތުން ވަނީ ގޮވާލައިފައިވެއެވެ.

މުޖުތަމައުން ފެންނަ ނޭއްގާނީ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އަންހެނުންގެ އިތްފަތްތެރިކަން ފޭރިގަތުން ނުވަތަ ރޭޕްގެ ނުބައިއަމަލު ތައް ހިމެނޭ ކަމަށާއި މިކަންކަމަކީ އިސްލާމްދީނ ް ހަރާމްކުރައްވާފައިވާ ކަންތައް ކަމަށް ވާތީ މިފަދަ އަމަލުތަކުން ދުރުވެ ތިބުމަށް އަދާލަތުޕާޓީން ވަނީ ގޮވާލައްވާފައެވެ.

“ އަދި މިފަދަ މުންކަރާތްތައް ހުއްޓުވައި ދެއްވުމަށް ކަމާއި ބެހޭ ފަރާތްތަކުގައި ދެންނެވުމަކީ ކޮންމެ މުއުމިނެއްގެ މަސްއޫލިއްޔަތެއްކަމުގައިވެސް މި މަޖިލީހުންދެކެމެވެ.“  އަދާލަތުޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު މި ބަޔާނުގައިވެއެވެ.

އަދި މިފަދަ ކަންތައްތަކަކީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމައުއަކުން ފެނިގެން ވާނޭ ކަންތައްތަކެއް ނޫންކަމަށާއި މިކަންތަކަށް އަވަހަށް އިންސާފު ހޯދައި ދިނުމަށް އަދާލަތުން އެދެއެވެ.

“ އިސްލާމްދީނަށް ތައުހީނުކަޮށް އެދީނުގެ އަސްލު އުސޫލުތަކާއި އަދި ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ޚިލާފަށް ކުރެވޭ މިފަދަ އެންމެހާ ނުބައި ހަޑި މުޑުދާރު ކަންކަން ހުއްޓުވައި ދެއްވައި މިކަންކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެންނަވައި، ލަސްނުކުރައްވައި ފިޔަވަޅު އަޅައިދެއްވުމަށް ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކަށް މި މަޖިލީހުގެ ފަރާތުން އިލްތިމާސްކޮށް ދަންނަވަމެވެ. “ އެ ބަޔާނުގައި ވެއެވެ.

އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓްއަކީ ދިވެހި ރާއްޖޭގެ އިޖްތިމާއީ ހާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވަޒަން ކުރުމަށްފަހު، އަންހެނުންނާބެހޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ ގެ ބައިނަލް އަގުވާމީ މުއާހަދާ ( ސީޑޯ) އަށް ހުށަ ހެޅުމަށް އެ ޖަމިއްޔާއިން  އޭޕްރީލް 20 ގައި ފޮނުވާފައިވާ ރިޕޯޓެކެވެ.

މި ރިޕޯޓްގައި ބުނެފައިވަނީ ދީނީގޮތުން ހައްދުފަހަނައަޅައިފައިވާ ބަޔަކު އަންހެނުންނާމެދު ތަފާތުކުރުންތައް ކުރިއަރުވާ އަންހެނުންނަށް އަނިޔާކުރުންފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތައް ޝަރީއާގެ އެކިއެކި ތަރުޖަމާތައް ބޭނުންކޮށްގެން ދެކެވޭ ވާހަކަތަކުގެ އަަސަރު ރާއްޖެއަށް ވެސް ކޮށްފައިވާކަމަށެވެ.

މިރިޕޯޓަކީ އިސްލާމް ދީނާއި ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަވާގޮތަށް ލިޔެފައިވާ ރެޕޯޓެއް ކަމަށް ބުނެ ވަރަށް ގިނަ އިލްމުވެރިންނާއި އާންމުންވެސް ގެންސަވަނީ އެ ޖަމިއްޔާ އާމެދު ފިޔަވަޅު އެޅުމަށް ގޮވަމުންނެވެ.

އަދި ރޭޕްގެ މައްސަލަތަކާއި ޚާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ޝާމިލްވާ މީހުންނަށް އަދަބުދޭން ގިނަ އަދެއްގެ ބަޔަކުދަނީ ގޮވާލަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް