ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް ފޯކައިދޫން ހޯދައިފި

237

ށ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި އެ އަތޮޅު ފޯކައިދޫން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސާމާނު ހޯދައި، އެތަކެތި  ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްސިއެވެ.

ފުލުހުން ބުނިގޮތުގައި އެރަށުގައި ބަނގުރާ އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހު 28 ގައި އެކަން ކުރަމުންދާކަމަށް ޝައްކުުރެވޭ ގެއެއް ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެހި ހުރި ބޮޑު ތެއްޔަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެންނުނެވެ. އެއީ 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ.

މީގެ އިތުރުން އެއަތޮޅު ބިލެތްފަހިން މަސްތުވާތަކެތި ކަމަށް ބެލެވޭ ކުޑަ ތިން ރަބަރުޕެކެޓާއެކު އިއްޔެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެއްސެއްކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ